މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ލ.ގަން ރީޖަނަލް ހޮސްޕިޓަލުގައި ދުވާލަކު 20 ޓަނު ފެން އުފެއްދޭ އާރް.އޯ ޕްލާންޓެއް ބަހައްޓައިދޭނެ ފަރާތެއް ބޭނުންވެއްޖެ

މިނިސްޓްރީ އޮފް ހެލްތު

މާލެ ދިވެހިރާއްޖެ

އިޢުލާން

            ލ.ގަން ރީޖަނަލް ހޮސްޕިޓަލުގައި ދުވާލަކު 20 ޓަނު ފެން އުފެއްދޭ އާރް.އޯ ޕްލާންޓެއް ބަހައްޓައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 2017 އޭޕްރިލް 30 ވާ އާދީއްތަ ދުވަހުގެ ހެނދުނު 09:30 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2017 މެއި 08 ވާ ހޯމަ ދުވަހު ހެނދުނު 09:30 އަށް މި މިނިސްޓްރީގެ 7 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

28 ރަޖަބު 1438

25 އޭޕްރިލް 2017
ހޯދާ