މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
އެޕްލިކޭޝަން ޑިވެލޮޕަރ

މަޤާމް :އެޕްލިކޭޝަން ޑިވެލޮޕަރ
ބޭނުންވާ އަދަދު :1

އެންޑްރޮއިޑް، އައިއޯސް އަދި ވެބް އެޕްލިކޭޝަން އުފައްދައިދޭނެ ކޮންސަލްޓެންޓެއް ހޯދުމާއިބެހޭ

 

ޝައުގުވެރިކަން ފާޅުކުރުމުގެ ދައުވަތު

 

އެޕްލިކޭޝަން ޑިވެލޮޕަރ

 

އެޑެޕްޓޭޝަން ފަންޑް ބޯޑާއި ދިވެހި ސަރުކާރާއި ގުޅިގެން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ (އެމް.އީ.އީ.) އިން ހިންގާ 3 ރަށެއްގައި ރައްކާތެރި ބޯފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢަށް އެޕްލިކޭޝަން ޑިވެލޮޕަރ ހޯދަން ބޭނުންވެއެވެ. މި ކޮންސަލްޓަންޓްގެ މައްސޫލިއްޔަތަކީ، މިނިސްޓްރީން ހިންގާ ފެނާއި ނަރުދަމާގެ މަޝްރޫޢުތަކުގެ މަޢުލޫމާތު އެއްކުރެވޭނެ ޕްލެޓްފޯރމެއް ޤާއިމުކުރުމާއި ހޫނު މޫސުމުގައި ބޯފެނައް ޖެހޭ ރަށްތަކުގެ މަޢުލޫމާތު އެއްކުރެވޭނެ އޮންލައިން ޕްލެޓްފޯރމެއް ޤާއިމުކުރުމެވެ.

ވީމާ މި މަޤާމަށް ޝަޢުޤުވެރިވާ ފަރާތްތައް "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ އިން ހުޅުވައިލަމެވެ.  މިގޮތުން މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތުކުން ތިރީގައިވާ މަޢުލޫމާތުތައް ހުށަހެޅުއްމަށް އެދި ދަންނަވަމެވެ.

 

 މަސައްކަތުގެ މުއްދަތު:

މި މަސައްކަތް ކުރުމަށް ހޮވޭ ފަރާތާއެކު ފުރަތަމަ ސޮއި ކުރެވޭނީ 4 (ހަތަރު) މަސް ދުވަހުގެ ކޮންޓްރެކްޓެއްގައެވެ.

 

ހުށަހަޅަށްޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ (އެކްސްޕްރެޝަން އޮފް އިންޓްރެސްޓް)
  • ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު
  • ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ އެކްރެޑިޓްކުރެވިފައިވާ ކޮޕީ
  • ކުރީގައި ކޮށްފައިވާ މަސައްކަތްތަކުގެ ސާންޕަލް، ޕޯޓްފޯލިއޯ.

 

 

އުޖޫރަ:

މި މަޤާމަށް ހޮވޭ ފަރާތަށް މުސާރައިގެ ގޮތުގައި 150,000.00 ރުފިޔާ ދެމެދު އުޖޫރައެއް ކަނޑައެޅިފައެވެ.

 

ސުންގަޑި

މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން "ޓާރމްސް އޮފް ރިފަރެންސް" ގައި ދެންނެވިފައިވާ ޝަރުޠު ހަމަވާކަން ސާބިތުކޮށްދޭ ވަނަވަރާއެކު 2017 މެއި 4 ވަނަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް "ޕްރޮޕޯސަލް" ހުށަހެޅުއްވުންއެދެމެވެ.

 

 

އިތުރު މަޢުލޫމާތު:

 މި މިސައްކަތުގެ " ޓާރމްސް އޮފް ރިފެރެންސް " މިމިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. މިކަމާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3018329 އަށް ގުޅުއްވުން އެދެމެވެ.

 

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް  އެންޑް އެނަރޖީ

ގްރީން ބިލްޑިންގ، މާފަންނު، ހަނދުވަރީ ހިނގުން

މާލެ، ދިވެހިރާއްޖެ

24 އެޕްރީލް 2017

24 އޭޕްރިލް 2017
ހޯދާ