ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމް: އެސިސްޓެންޓް އޮފިސަރ (ވަގުތީ)
ޑިޕާޓްމަންޓް: ކްލެއިމްސް ޕްރޮސެސިންގ
މުއްދަތު: 4 މަސް ދުވަސް
މަސައްކަތް ކުރަންޖެހޭގަޑި
އާދިއްތަ އިން ބުރާސްފަތި: 17:00 އިން 22:00
ހޮނިހިރު: 10:00 އިން 15:00
ތަޢުލީމާ ތަޖުރިބާ:
- ޖީ.ސީ.އީ އޯލެވެލް 2 މާއްދާއިން "ސީ" އަށް ވުރެ މަތިން ފާސްވެފައިވުން.
- މައިކްރޯސޮފްޓް އެޕްލިކޭޝަންތައް ބޭނުންކުރަން އެނގުން.
- އިނގިރޭސީންނާއި ދިވެހިން މުޢާމަލާތްކުރުމުގެ ފެންވަރު ހުރުން.
- ޓީމަކާ އެއްކޮށް މަސައްކަތްކުރުމުގެ ޤާބިލުކަން ހުރުން.
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- ކްލެއިމްސް ޕްރޮސެސިންގ ސޮފްޓްވެއަރ މެދުވެރިކޮށް އިންވޮއިސްތައް އެޅުމަަށްފަހު ޕްރޮސެސްކުރުން
- އިންވޮއިސްތަކުގައިވާ މައުލޫމާތަކީ ސައްޚަ މައުލޫމާތުކަން ބަލާ ފާސްކުރުން
- ޕޯޓަލް ބޭނުންކޮށްގެން އިންވޮއިސްތަކުގައިވާ މައުލޫމާތުތަކުގެ ސައްޚަކަން ބެލުން
- ރިޖެކްޓްވާ ކްލެއިމްސް ތަކަށް ނޯޓިސް ދިނުން
- ސުޕަވައިޒަރ ހަވާލުކުރާ އެހެނިހެންކަންތައް ކުރުން
މުސާރަ: -/140 ރުފިޔާ (މަސައްކަތައް ނުކުންނަ ކޮންމެ ދުވަހަކަށް)
ކުރިމަތިލުމުގެ ސުންގަޑި:
2017 އެޕްރީލް 30 ވަނަ ދުވަހު މެންދުރު 14:00 ގެ ކުރިން
މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، ފެން ބިލްޑިންގުގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) އަށް ފޮނުވުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ.
ހުށަހަޅަންޖެހޭ ތަކެތި:
1. ވަޒީފާއަށް އެދޭ ފޯމު.
2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
3. ސީވީ.
4. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
ވަޒީފާއަށް އެދޭ ފޯމު ޑައުންލޯޑްކުރުމަށް:
http://aasandha.mv/wp-content/uploads/2016/04/Job-Application-Form-Aasandha-Dhivehi1.pdf
http://aasandha.mv/wp-content/uploads/2015/09/Job-Application-Form-Aasandha-English.pdf
އިތުރު މަޢުލޫމާތު:
އިތުރު މަޢުލޫމާތު ހޯދުމަށް، މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.