މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
މާރކެޓިންގ އޮފިސަރ

ވަޒީފާގެ ފުރުޞަތު 

މަޤާމް :

މާރކެޓިންގ އޮފިސަރ

ބޭނުންވާ އަދަދު:

1 ( އެކެއް )

މުސާރައާއި އެލަވަންސް:

 

  1. މުސާރަ: މަހަކު -/5279 ރުފިޔާ ( ހަތަރު ހާސް ހަތަރު ސަތޭކަ އެއް ރުފިޔާ)
  2. ސަރވިސް އެލަވަންސް: މަހަކު -/2730 ރުފިޔާ ( އެއް ހާސް އަށްސަތޭކަ ނުވަދިހަ ރުފިޔާ)
  3. އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

 

އޮފީސް :

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

ޔުނިޓް :

މާރކެޓިންގ ޔުނިޓް

ތަޢުލީމީ ފެންވަރާއި މަޤާމުގެ ޝަރުޠު:

  • މާރކެޓިންގ ނުވަތަ ގުޅޭ ދާއިރާއަކުން ޑިޕްލޮމާއެއް ހާޞިލްކޮށްފައިވުމާއިއެކު ގުޅޭ ދާއިރާއަކުން 1 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން ނުވަތަ
  • އިންފޮރމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން އެޑްވާންސްޑް ސެޓްފިކެޓެއް ހާޞިލްކޮށްފައިވުން ނުވަތަ ގުޅޭ ދާއިރާއަކުން އެޑްވާންސްޑް ސެޓްފިކެޓެއް ހާޞިލްކޮށްފައިވުން.
  • ކަސްޓަމަރުން ބޭނުންވާ ކަންކަން ދެނެގަތުމުގެ ޤާބިލްކަން ހުރުމާއެކު، ތަފާތު މިޒާޖުގެ މީހުންނާ މުޢާމަލާތް ކުރަން އެނގުން
  • އަޑުއެހުމުގެ ޤާބިލްކަން ހުރުން، މުޢާމަލާތް ކުރުމުގެ ހުނަރު ހުރުން، އެހެން މީހުންނަށް އެއްޗެތި ހުށަހެޅުމުގެ ޤާބިލްކަން ހުރުން އަދި އެހެންމީހުންނާ ގުޅިގެން މަސައްކަތް ކުރުމުގެ ޤާބިލުކަން ހުރުން
  • އޮންލައިން ވިޔަފާރިއަށް އަހުލުވެރިވެފައިވުމާއެކު އެކިއެކި ޓެކްނިކަލް މައްސަލަތައް ދެނެގަތުމުގެ ޤާބިލްކަން ހުރުމާއެކު އެކަންކަމާ ގުޅޭ ގޮތުން މުޢާމަލާތް ކުރަން އެނގުން.
  • ޙަވާލު ކުރެވޭ މަސައްކަތްތައް މުސްތަގިއްލުކަމާއެކު ކުރުމުގެ ޤާބިލްކަން ހުރުން
  • ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ޤާބިލްކަން ހުރުން
  • ދިމާވާއެކިއެކި ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ޤާބިލްކަން ހުރުން
  • ކަންކަމުގައިއަމިއްލައަށްއިސްނަގައިގެންމަސައްކަތްކުރެވޭނެފަރާތަކަށްވުން
  • ގިނަވަގުތުމަސައްކަތުގައިއުޅެވޭފަރާތަކަށްވުން
  • ވޭތުވެދިޔަ 05 އަހަރު ޖިނާއީ އެއްވެސް ކުށެއް ސާބިތު ވެފައިވާމީހަކު ކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން
  • އުމުރުން 18 އަހަރު ފުރިފައިވާ މީހަކުކަމުގައި ވުން

ހުށަހަޅަންޖެހޭ ލިޔުންތައް:

  • މަޤާމަށްއެދި ހުށަހަޅާ ސިޓީ (ސިޓީގައި އިއުލާން ނަންބަރާއެކު)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ
  • ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮފީ
  • ވަޒީފާ އަދާކުރާނަމަ ނުވަތަ ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެންމެފަހުން އަދާކުރި ވަޒީފާ އެނގޭނެ ރަސްމީ ލިޔުން
  • ޕޮލިސް ރިޕޯޓް ( ވަޒީފާއަށް ހޮވިއްޖެނަމަ، ހުށަހަޅަން ޖެހޭނެއެވެ.)
  • ގުޅޭނެ ފޯން ނަންބަރު

ސުންގަޑި:

މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 2017 އޭޕްރިލް 27 ވާ ބުރާސްފަތި ދުވަހުގެ  14:00 ގެ ކުރިން، ޕޯސްޓް ބިލްޑިންގުގެ 03 ވަނަ ފަންގިފިލާގައި ހުންނަ ހިއުމަން ރިސޯސަސް ސެކްޝަން ހުށަހެޅުން އެދެމެވެ. ސިޓީ އުރައިގެ ބޭރުގައި " ވަޒީފާއަށް އެދި" މިހެން ޖަހަންވާނެއެވެ.

އިންޓަވިއު:

އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް އެދި ސިޓީ ހުށހަޅާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

ސިޓީ އެޑްރެސްކުރާނެ ގޮތް:

މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

މާލެ، ދިވެހިރާއްޖެ

އިތުރު މަޢުލޫމާތު:

  • މި މަޤާމަށް އެދި ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ސިޓީތަކާއި، ލިޔެކިޔުންތައް ހަމަނުވާ ފަރާތްތަކުގެ ސިޓީތައް ބާޠިލްކުރެވޭނެއެވެ.
  • މި ޢިއުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ 3009271 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. ފެކްސް ނަންބަރަކީ، 3321559 އެވެ.

                     26 ރަޖަބު 1438

                     23 އޭޕްރިލް 2017

         

 

23 އޭޕްރިލް 2017
ހޯދާ