މޯލްޑިވްސް އިމިގްރޭޝަން
ދިވެހިރާއްޖެ
މިމުއައްސަސާއިން ދެމުންގެންދާ ދިވެހި ޕާސްޕޯރޓްގެ ޚިދުމަތް 9001:2015 ISO ސެޓްފިކޭޝަން އަދި ކޮންސަލްޓޭޝަން ހެދުމަށާއި، 2018 އަދި 2019 ވަނަ އަހަރުގެ ސާވައިލަންސް އޮޑިޓެއް ހެދުމަށް ބޭނުންވެއެވެ.

މިމުއައްސަސާއިން ދެމުންގެންދާ ދިވެހި ޕާސްޕޯރޓްގެ ޚިދުމަތް 9001:2015  ISO  ސެޓްފިކޭޝަން އަދި ކޮންސަލްޓޭޝަން ހެދުމަށާއި، 2018 އަދި 2019 ވަނަ އަހަރުގެ ސާވައިލަންސް އޮޑިޓެއް ހެދުމަށް ބޭނުންވެގެން ކުރި ނަންބަރ: (IUL)94-Q/1/2017/05  އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރަން އައިސްފައިވަނީ އެންމެ ފަރާތަކުން ކަމުގައި ވާތީ މިއިޢުލާނު ބާޠިލުކޮށް، އަލުން މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކުރަމެވެ.   

ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 24 އޭޕްރިލް 2017 ވާ ހޯމަ ދުވަހުގެ 14:00 އަށް މިއޮފީހުގެ ޕްރޮކިއުމަންޓް ސެކްޝަން (ހުރަވީ ބިލްޑިންގް 02 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 26 އޭޕްރިލް 2017 ވާ ބުދަ ދުވަހުގެ 14:00 އަށް މިއޮފީހަށް (ހުރަވީ ބިލްޑިންގް 02 ވަނަ ފަންގިފިލާ) ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނޭ ވާހަކަ ދެންނެވީމެވެ.  

23 އޭޕްރިލް 2017
ހޯދާ