ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ފާމަސީ އެސިސްޓެންޓެއް ބޭނުންވެއްޖެ

މަޤާމް :ފާމަސީ އެސިސްޓެންޓް
ބޭނުންވާ އަދަދު :1

 

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މިކުންފުނީގެ ނަމްބަރު 60-އޭޑީއެމް/58/2017 އިޢުލާނަށް އެކަށީގެންވާ ވަރަށް ކެނޑިޑޭޓުން ލިބިފައި ނުވާތީ ތިރީގައި މިދަންނަވާ މަޤާމު ތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވައިލަމެވެ.

މަޤާމް: ފާމަސީ އެސިސްޓެންޓް (2 އަހަރު ދުވަހުގެ ކޮންޓުރެކްޓަށް )
ބޭނުންވާ އަދަދު: 01 (އެކެއް)
އަސާސީ މުސާރަ: މަހަކު -/3380 ރުފިޔާ
މަސައްކަތް ކުރަންޖެހޭތަން: އެސްޓީއޯ ހއ.ހޯރަފުށި ފާމަސީ / މެޑިކަލް ޑިޕާޓްމަންޓް

އެހެނިހެން އިނާޔަތްތައް:

  •  އިތުރު އެލަވަންސް: މަހަކު -/1500 ރުފިޔާއާއި -/2450 ރުފިޔާއާ އަދަދެއް ވަޒީފާގެ މަސްއޫލިއްޔަތާ ގުޅޭގޮތައް ހަމަޖައްސައިދެވޭނެ
  •  އިތުރުގަޑީގައްޔާއި، ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާލިބޭނެ
  •  މަތީ ތަޢުލީމު ހާސިލު ކޮށްފައިވާނަމަ ހަމަޖެހިފައިވާ އުސޫލުން ޓެކްނިކަލް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެ
  •  ހަމަޖެހިފައިވާ އުސޫލުން މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް -/100 ރުފިޔާ އެޓެންޑެންސް އެލަވަންސްގެ ގޮތުގައި ލިބޭނެ
  •  މެޑިކަލް އިންޝުއަރެންސް (ޕްރޮބޭޝަނަށްފަހު)

މަޤާމުގެ މަސްއޫލިއްޔަތު:

  •  ކަސްޓަމަރުންނަށް ތަނުންލިބެން ހުންނަ ޚިދުމަތް ފޯރުކޮށްދިނުން
  •  ބިލް ހެދުން
  •  މުއްދަތުހަމަވާ ބޭސްތައް ޗެކުކުރުންް
  •  ރެކްތަކުގައި ބޭސް އެތުރުން
  •  ކްރެޑިޓް ބިލް ޗެކުކުރުން
  •  އާސަންދައިން ދޫކުރާ ބޭސްތަކުގެ ޓްރާންސެކްޝަންތައް ބެލެހެއްޓުން

ތަޢުލީމާއި ތަޖުރިބާ:

  • މައިކްރޯ ސޮފްޓް ވޯރޑާއި، މައިކްރޯ ސޮފްޓް އެކްސެލް ބޭނުން ކުރަން އެނގުން
  • ޖީސީއީ އޯލެވެލް ފުރިހަމަކޮށްފައިވުން

އެހެނިހެން ހުނަރު:

  •  މުއާމަލާތުކުރުމުގެ ހުނަރު ހުރުން
  •  ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މުވައްޒަފެއް ކަމުގައިވުން
  •  ފާމަސީ ކޯސް ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ

ސުންގަޑި:

  • މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 2017 އެޕްރީލް 24 ވަނަ ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމު ތިރީގައިވާ އެޑުރެހަށް ހުށަހެޅުއްވުން އެދެމެވެ.
  • އެޕްލިކޭޝަން ފޯމު، މި ކުންފުނީގެ ހެޑު އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކުންފުނީގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑު ކުރެވެން ވެސް ހުންނާނެއެވެ.

ނޯޓު:

  • ހުށަހަޅުއްވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީގައި އަސްލާއި އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓުފިކެޓުތަކުގެ އަސްލާއެކުގައެވެ.
  • މިމަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓުފިކެޓުތަކާއި، މަސައްކަތު ތަޖުރިބާއާއި، އިންޓަވިއުއަށް ބަލައި އެންމެ މަތިން މާކުސްލިބޭ ފަރާތެކެވެ.
  • މުސާރަ ހަމަޖައްސާނީ ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްތަކަށް ބަލާފައެވެ.
  • އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓުލިސްޓު ކުރެވޭ ފަރާތްތަކަށެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓު / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

 

އެޑުރެސް:

  • ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ، ހެޑު އޮފީސް
  • ބޮޑުތަކުރުފާނުމަގު، މާފަންނު، މާލެ – 20345
  • ފޯން:3344368 3344179/  ފެކުސް: 3344041، ވެބްސައިޓު: www.sto.mv
  • އީމެއިލް އެޑުރެސް: [email protected]


20 އެޕްރީލް 2017

 

20 އޭޕްރިލް 2017
ހޯދާ