ދިވެހިރާއްޖެ
މަޤާމް :ޑްރައިބަރ | |
---|---|
ބޭނުންވާ އަދަދު :1 | |
އިޢުލާން ވަޒީފާގެ ފުރުޞަތު: ތިރީގައި މިވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ. މަޤާމް: ޑްރައިވަރ ބޭނުންވާ އަދަދު:01 (އެކެއް) މުސާރަ: މަހަކު -/5000 ރުފިޔާ ވަޒީފާގެ ބާވަތް: ކޮންޓުރެކްޓް (3 މަސް ދުވަސް) މަސައްކަތް ކުރަންޖެހޭތަން: އެސްޓީއޯ ހުޅުމާލެ ފިހާރަ އެހެނިހެން ޢިނާޔަތްތައް: * އިތުރު އެލަވަންސް: މަހަކު -/1350 ރުފިޔާއާއި -/2400 ރުފިޔާއާ ދެމެދުގެ އަދަދެއް ލިބޭނެއެވެ. * ބޯނަސް: ކުންފުނިން ކަނޑައަޅާފައިވާ އުސޫލުގެ މަތިން އަހަރީ ބޯނަސް ދެވޭނެއެވެ. * އިތުރުގަޑީގައްޔާއި، ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާލިބޭނެއެވެ. * ވަޒީފާއާ ބެހޭ ޤާނޫނުގައި ކަނޑައެޅިފައިވާ އުސޫލުގެ މަތިން ރިޓަޔަރމަންޓް ޕެންޝަން ސްކީމުގައި ބައިވެރި ކުރެވޭނެއެވެ. މަޤާމުގެ މަސްއޫލިއްޔަތު: * ކުންފުނީގެ ބޭނުމަށް ކުރާ އެކިއެކި ދަތުރުތައް އޮފީހުން އަންގާ ގޮތެއްގެ މަތިން ކުރުން * ކުންފުނިން ޙަވާލުކޮށްފައިވާ އެއްވެސް ވެހިކަލަކަށް ގެއްލުމެއް ލިބި ނުވަތަ މަރާމާތެއް ކުރަން ޖެހިއްޖެނަމަ، ހަމަޖެހިފައިވާ ގޮތުގެ މަތިން އެ އުޅަނދު މަރާމާތުކުރުމުގެ ކަންކަން ކަމާބެހޭ އިސް މުވައްޒަފަކާ ގުޅިގެން ކުރުން * ޙަވާލުކުރެވިފައިވާ އުޅަނދު ފޮޅައި ސާފުކޮށް ބެލެހެއްޓުން * ޙަވާލުކޮށްފައިވާ ވެހިކަލްގެ މެއިންޓެނަންސް ބެލެހެއްޓުން * ވެހިކަލް ދުއްވުމަށް ހަމަޖެހިފައިވާ ޤާނޫނާ ގަވާއިދުން ވެހިކަލް ދުއްވުމާއި، ޕާކު ކުރުން ތަޢުލީމާއި ތަޖުރިބާ: * ގްރޭޑް 7 ގެ ފެންވަރު ހުރުން ނުވަތަ އިގިރޭސި ބަހާއި، ދިވެހި ބަސް ލިޔަން ކިޔަން އެނގުން. * V1, Co, C2, C1, B2, B1 އަދި E ކެޓަގަރީގެ ޑްރައިވިންގ ލައިސަންސް އޮތުން. * ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ޞިއްޙަތު ރަނގަޅު މީހެއް ކަމުގައިވުން. ސުންގަޑި: މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 2017 އެޕްރީލް 27 ވާ ބުރާސްފަތި ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމު ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު އެސްޓީއޯގެ ހުޅުމާލެ ފިހާރަ އިންނާއި، އެސްޓިއޯގެ ހެޑް އޮފީހުގެ ކައުންޓަރުން ލިބެން ހުންނާާނެއެވެ. އަދި އެސްޓީއޯގެ ވެބްސައިޓުން ޑައުންލޯޑު ކުރެވެންވެސް ހުންނާނެއެވެ. ނޯޓް: އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. މިމަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓްތަކާއި، މަސައްކަތު ތަޖުރިބާއާއި، އިންޓަވިއުއަށް ބަލައިި އެންމެ މަތިން މާކްސްލިބޭ ފަރާތެކެވެ. ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓު / ކުށުގެ ރިކޯޑަށް ބަލާނެއެވެ. އެޑްރެސް: ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ، ހެޑް އޮފީސް ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345 ފޯން: 3344272 ފެކްސް: 3344041 ނުވަތަ؛ އެސްޓީއޯ 162 ނަންބަރ ފިހާރަ ބަގީޗާހިނގުން ، ކ. ހުޅުމާލެ ފޯން:3012647.
19 އެޕްރީލް 2017
|