ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
މިިއެޖެންސީގެ ދަށުން ޏ.ފުވައްމުލަކުގައި ހިންގާ ޑްރަގް ޓްރީޓްމަންޓް އެންޑް ޑިޓޮކްސިފިކޭޝަން ސެންޓަރުގެ ސެކިއުރިޓީ 2 (ދޭއް) އަހަރު ދުވަހުގެ މުއްދަތަށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

                     

                                   (IUL)434-PRC/1/2017/30 :ނަމްބަރު

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ:

                 މިއެޖެންސީގެ ދަށުން ޏ.ފުވައްމުލަކުގައި ހިންގާ ޑްރަގް ޓްރީޓްމަންޓް އެންޑް ޑިޓޮކްސިފިކޭޝަން ސެންޓަރުގެ ސެކިއުރިޓީ 2 (ދޭއް) އަހަރު ދުވަހުގެ މުއްދަތަށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

                 ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި ޏ.ފުވައްމުލަކު މިސްކިތްމަގު އަވަށުގައި ހުންނަ ޑްރަގް ޓްރީޓްމަންޓް އެންޑް ޑިޓޮކްސިފިކޭޝަން ސެންޓަރަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާތިލްކުރެވޭނެ ވާހަކަ ދެންނެވީމެވެ.

 

ތާރީޙް

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުން

27 އޭޕްރީލް 2017

ބުރާސްފަތި

11:00 (މެންދުރުކުރި)

އަންދާސީހިސާބު ހުށަހެޅުއްވުން

02  މޭ  2017

އަންގާރަ

11:00 (މެންދުރުކުރި)

 

20 އޭޕްރިލް 2017
ހޯދާ