މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ޗައިނާގެ ކުންމިންގ ފެއަރގައި ސަބާ މޯލްޑިވްސްގެ މެންބަރުން ތަކެތި ބައިވެރި ކުރުމުގެ ފުރުޞަތު

އިޢުލާން

 

ޗައިނާގެ ކުންމިންގ ފެއަރގައި ސަބާ މޯލްޑިވްސްގެ މެންބަރުން ތަކެތި ބައިވެރި ކުރުމުގެ ފުރުޞަތު

ޗައިނާގެ ޔުނާން ޕްރޮވިންސްގެ ކުންމިންގގައި 2017 ވަނަ އަހަރު ގެ ޖޫން 12 އިން 18 އަށް ބޭއްވުމަށް ހަމަޖެހިފައިވާ "ޗައިނާ ސައުތު އޭޝިޔާ އެކްސްޕޯ 2017" ގައި ސަބާ މޯލްޑިވްސް އިން ބައިވެރިވުމަށް ގަސްދުކުރަމެވެ.

            މި ފެއަރގައި ސަބާ މޯލްޑިވްސް އިން ބައިވެރިވުމުގެ މަޤުޞަދަކީ، ބޭރުޤައުމުތަކުގެ ވިޔަފާރިވެރިންނާ ގުޅުން ބަދަހިކޮށް ސަބާގެ އުފެއްދުންތަކަށް މާކެޓް ހޯދައިދިނުމާއި ސަބާގެ އާމްދަނީ އިތުރުކުރުމެވެ. މި ފެއަރ އަކީ ޗައިނާގެ އުފެއްދުންތަކުގެ އިތުރުން ސައުތުއޭޝިޔާގެ ގިނަ ޤައުމުތަކެއްގެ އުފެއްދުންތައްވެސް ފެނިގެންދާނެ ފެއަރ އެކެވެ.

            ސަބާ މޯލްޑިވްސް މެންބަރުންގެ ތެރެއިން ދިވެހި އުފެއްދުންތައް އުފައްދާފަރާތްތަކުގެ ތަކެތި ސަބާ މެދުވެރިކޮށް ބައިވެރިކުރަން ބޭނުންވާނަމަ، 11 މެއި 2017 ވަނަ ދުވަހުގެ 12.00 ގެ ކުރިން ސަބާ މޯލްޑިވްސް އޮފީހަށް ސާމްޕަލް ފޮނުވުން އެދެވެ.

            އިތުރު މަޢުލޫމާތު ބޭނުންވާނަމަ، 3003018 ، 7799388 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

22 ރަޖަބު 1438  

 

19 އޭޕްރިލް 2017
ހޯދާ