މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ކޮރެއަން އިންޓަރނޭޝަނަލް ވިމެން އިންވެންޝަން އެކްސްޕޮޒިޝަން 2017 KIWIE ގައި ބަރިވެރިވުމުގެ ފުރުޞަތު

އިޢުލާން

 

ކޮރެއަން އިންޓަރނޭޝަނަލް ވިމެން އިންވެންޝަން އެކްސްޕޮޒިޝަން 2017 KIWIE ގައި ބަރިވެރިވުމުގެ ފުރުޞަތު

            މި އަހަރުގެ ޖޫން މަހު 8 އިން 11 އަށް ކޮރެޔާގެ ސޯލްގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮރިއަން އިންޓަރނޭޝަނަލް ވިމެން އިންވެންޝަން އެކްސްޕޮޒިޝަން 2017 KIWIE ގައި ބައިވެރިވުމުގެ ފުރުޞަތު ސަބާ މޯލްޑިވްސް އަށް ވަނީ ލިބިފައެވެ.

KIWIE އަކީ އުފެއްދުންތެރި އަންހެނުންގެ ގްލޯބަލް ނެޓްވޯކެއް ޤާއިމްކޮށް، އެ އުފެއްދުންތައް ކުރިއަރުވާނެގޮތްތައް ދަސްކޮށްދިނުމާއި، މާކެޓް ހޯދައިދިނުމާއި، އެ އުފެއްދުންތައް ޙިމާޔަތްކޮށްދިނުމަށް އެހީތެރިވެދޭ ޖަމްޢިއްޔާއެކެވެ.

            މި ފެއަރގގެ ސަބަބުން ސަބާ މޯލްޑިވްސްގެ މެންބަރުންގެ އުފެއްދުންތަކުގެ ފެންވަރު ރަނގަޅުކުރާނެ ގޮތްތައް ދަސްވެ WIKIE އާއި ގުޅުން ބަދަހިކޮށް ތަމްރީން ފުރުޞަތުތައް ހޯދުމަށް މަގުފަހިވެގެންދާނެއެވެ.

            ވިމާ މިފެއަރގައި ބައިވެރިވާން ބޭނުންވާ ސަބާ މޯލްޑިވްސްގެ މެންބަރުން 25 އޭޕްރިލުގެ ކުރިން ނަން ނޯޓުކުރުން އެދެމެވެ.

ނަން ނޯޓުކުރުމަށް ގުޅާނީ 7799388، 3003018 ނަންބަރަށެވެ. ނުވަތަ 7799388 މި ނަންބަރަށް އެސް.އެމް.އެސް ކޮށްގެންވެސް ނަން ނޯޓުކުރެވިދާނެއެވެ.

                  22 ރަޖަބު 1438

19 އޭޕްރިލް 2017
ހޯދާ