ވަށަފަރު މަދަރުސާ
ދިވެހިރާއްޖެ
ސައިންސް ލެބެއް ހެދުން

މި ސްކޫލްގެ ބައު، ކޮމްޕިއުޓަރ ލެބަށް ބައެއް ބަދަލުތައްގެނެސް އެތަނުގައި ސައިންސް ލެބެއް ހަދަން ބޭނުން ވެއްޖެއެވެ.

ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި ސްކޫލްގެ އޮފީހަށް ދުރުވެ، މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބައިވެރިވެ ލެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މި ސްކޫލްގެ އޮފީހަށް ދުރުވެދެއްވުން އެދެމެވެ. މިކަމަށް އެދި ހުށައަޅުއްވާ ސިޓީއުރައިގެ ބޭރުގައި " ސައިންސް ލެބް ހެދުމާ ގުޅޭ"މިހެން ލިޔެފައި އޮންނަން ވާނެއެވެ.

މަޢުލޫމާތު ދިނުމުގެ ސެޝަން

އަންދާސީ ހިސާބް ހުށަހެޅުމާއި ކެނޑުން

25 އޭޕްރިލް 2017   12:30

27 އޭޕްރިލް 2017  12:30

ކުންފުނި، އިންވެސްޓްމެންޓް އަދި ވިޔަފާރި ފަދަ ތަނަކުން މަޢުލޫމާތު ސާފުކުރުމަށާއި ބީލަން ހުށައެޅުމަށް ހާޒިރުވާ ފަރާތްތަކުން އެ ބޭފުޅަކު ތަމްސީލުކުރައްވަނީ ކޮން ކުންފުންޏެއް، އިންވެސްޓްމެންޓެއް އަދި ވިޔަފާރިއެއްކަން އެނގޭނެ ސިޓީއެއް ހުށައަޅުއްވަން ވާނެއެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައާއި، ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ތަމްސީލުކުރެއްވޭނީ އެއްފަރާތެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ދުރުވެ ނުލައްވާ ފަރާތްތަކުން ހުށައަޅުއްވާ ބީލަމާއި، ގަޑިޖެހުމުގެ ފަހުން ހުށައަޅުއްވާ ބީލަން، ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މިކަމާ ގުޅޭގޮތުން އިތުރުމަޢުލޫމާތު ބޭނުންފުޅު ވެލައްވާނަމަ ރަސްމީ ގަޑީގައި މި ސްކޫލްގެ ނަންބަރ 6500538 ފޯނަށް ގުޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މި މަސައްކަތް ކޮށްދިނުމަށްއެދި ބީލަން ހުށައެޅޭނީ ވިޔަފާރި ޤާނޫނު (2014/18) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެވިޔަފާރި، ޤާނޫނު (2014/19) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ. 

13 އޭޕްރިލް 2017
ހޯދާ