ވަށަފަރު މަދަރުސާ
ދިވެހިރާއްޖެ
05 ފާޚާނާގެ ފާޚާނާ ބަރިއެއް އިމާރާތް ކުރުން

ވަށަފަރު ސްކޫލްގެ 05 ފާޚާނާގެ ފާޚާނާ ބަރިއެއް އިމާރާތްކުރުން.

މި ސްކޫލްގައި 05 ފާޚާނާގެ ފާޚާނާ ބަރިއެއް އިމާރާތް ކުރަން ބޭނުން ވެއްޖެއެވެ.

ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި ސްކޫލްގެ އޮފީހަށް ދުރުވެ، މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބައިވެރިވެ ލެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މި ސްކޫލްގެ އޮފީހަށް ދުރުވެދެއްވުން އެދެމެވެ. މިކަމަށް އެދި ހުށައަޅުއްވާ ސިޓީއުރައިގެ ބޭރުގައި "ފާޚާނާ ބަރިއެއް އިމާރާތްކުރުމާ ގުޅޭ"މިހެން ލިޔެފައި އޮންނަން ވާނެއެވެ.

މަޢުލޫމާތު ދިނުމުގެ ސެޝަން

އަންދާސީ ހިސާބް ހުށަހެޅުމާއި ކެނޑުން

25 އޭޕްރިލް 2017   11:00

27 އޭޕްރިލް 2017  11:00

ކުންފުނި، އިންވެސްޓްމެންޓް އަދި ވިޔަފާރި ފަދަ ތަނަކުން މަޢުލޫމާތު ސާފުކުރުމަށާއި ބީލަން ހުށައެޅުމަށް ހާޒިރުވާ ފަރާތްތަކުން އެ ބޭފުޅަކު ތަމްސީލުކުރައްވަނީ ކޮން ކުންފުންޏެއް، އިންވެސްޓްމެންޓެއް އަދި ވިޔަފާރިއެއްކަން އެނގޭނެ ސިޓީއެއް ހުށައަޅުއްވަން ވާނެއެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައާއި، ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ތަމްސީލުކުރެއްވޭނީ އެއްފަރާތެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ދުރުވެ ނުލައްވާ ފަރާތްތަކުން ހުށައަޅުއްވާ ބީލަމާއި، ގަޑިޖެހުމުގެ ފަހުން ހުށައަޅުއްވާ ބީލަން، ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މިކަމާ ގުޅޭގޮތުން އިތުރުމަޢުލޫމާތު ބޭނުންފުޅު ވެލައްވާނަމަ ރަސްމީ ގަޑީގައި މި ސްކޫލްގެ ނަންބަރ 6500538 ފޯނަށް ގުޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މި މަސައްކަތް ކޮށްދިނުމަށްއެދި ބީލަން ހުށައެޅޭނީ ވިޔަފާރި ޤާނޫނު (2014/18) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެވިޔަފާރި، ޤާނޫނު (2014/19) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

16 ރަޖަބު 1438 ހ

13   އޭޕްރީލް  2017މ  

13 އޭޕްރިލް 2017
ހޯދާ