އިޢުލާން
ވަޒީފާގެ ފުރުޞަތު:
ތިރީގައި މިވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.
މަޤާމް: މެކޭނިކަލް އެސިސްޓެންޓް
އަދަދު: 01 (އެކެއް)
އަސާސީ މުސާރަ: މަހަކު -/4690 ރުފިޔާ
ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް (1 އަހަރު ދުވަސް)
މަސައްކަތް ކުރަންޖެހޭތަން: އެސްޓީއޯ ވެހިކަލް ގަރާޖް
އެހެނިހެން ޢިނާޔަތްތައް:
- އިތުރު އެލަވަންސް: މަހަކު -/2000 ރުފިޔާއާއި -/2500 ރުފިޔާއާ ދެމެދުގެ އަދަދެއް ތަޢުލީމީ ފެންވަރަށްބަލައި ހަމަޖައްސައި ދެވޭނެއެވެ.
- އިތުރުގަޑީގައްޔާއި، ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާލިބޭނެއެވެ.
- ހަމަޖެހިފައިވާ އުސޫލުން އެޓެންޑަންސް އެލަވަންސް ލިބޭނެއެވެ.
- ޕްރޮބޭޝަނަށްފަހު ސްޓާފް އިންޝުއަރެންސްގައި ބައިވެރި ކުރެވޭނެއެވެ.
މަޤާމުގެ މަސްއޫލިއްޔަތު
- ވެހިކަލްތައް ބަލައި ތަހުލީލުކޮށް މަރާމާތުކުރުމާއި، ވެހިކަލްތަކުގެ މެއިންޓަނެންސް މަސައްކަތްކުރުން
- އެސްޓީއޯގެ މެޝިނަރީއާއި، އެކަމާ ގުޅުންހުރި ވަސީލަތްތައް މަރާމާތުކޮށް މެއިންޓަނެންސް މަސައްކަތްކުރުން
- އެސްޓީއޯގެ ޕްރޮޖެކްޓް ތަކުގެ ޢަމަލީ މަސައްކަތްތައް ކުރުން
ޝަރުތު:
- މަސައްކަތާ ގުޅުންހުރި ދާއިރާއަކުން އެޑްވާންސް ލެވެލްގެ ކޯހެއް ފުރިހަމަ ކޮށްފައިވުން ނުވަތަ މަސައްކަތުގެ ދާއިރާއިން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައި ހުރި މީހެއް ކަމުގައިވުން
ސުންގަޑި:
- މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 2017 އެޕްރީލް 23 ވާ އާދިއްތަ ދުވަހުގެެ 12:30 ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމު ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.
- އެޕްލިކޭޝަން ފޯމު އެސްޓީއޯގެ ހެޑް އޮފީހުގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އަދި އެސްޓީއޯގެ ވެބްސައިޓުން ޑައުންލޯޑު ކުރެވެންވެސް ހުންނާނެއެވެ.
ނޯޓު:
- އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓުލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
- މިމަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކާއި، މަސައްކަތު ތަޖުރިބާއާއި، އިންޓަރވިއުއަށް ބަލައި އެންމެ މަތިން މާކުސްލިބޭ ފަރާތެކެވެ.
- ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓު / ކުށުގެ ރިކޯޑަށް ބަލާނެއެވެ.
އެޑްރެސް:
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ، ހެޑް އޮފީސް
ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345
ފޯން: 3344264 ވެބްސައިޓް: www.sto.mv އީމެއިލް: [email protected]
16 އެޕްރީލް 2017
|