މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން:

މިކޯޕަރޭޝަންގެ އޮފީސް ޢިމާރާތުގެ ގޮތުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ޔޫތު އެކަމަޑޭޝަން ބްލޮކްގެ ފުރަތަމަ ފަންގިފިލާ، މިކޯޕަރޭޝަނުން ހުށަހަޅާ ކުރެހުމާއި، ދެވޭ މަޢުލޫމާތާއި އެއްގޮތަށް ބަދަލުގެނެސް، އަމިއްލަ ތަކެތީގައި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 2017 އޭޕްރީލް 25 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00އަށް ރަސްމީ ބޯޅަ ދަނޑުގައި ހުންނަ މިކޯޕަރޭޝަންގެ ޖަލްސާކުރާ މާލަމަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށް ފަހު 2017 މެއި 4 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00އަށް މިކޯޕަރޭޝަންގެ ޖަލްސާކުރާ މާލަމަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.

އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައި ނުގަންނަވާ ފަރާތްތަކަށް އަގުހުށަހެޅުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ނުވާ ކަމުގައިވެސް ދެންނެވީމެވެ.  

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ (ހެނދުނު 8:00 އިން މެންދުރު ފަހު 3:00އަށް) މިކޯޕަރޭޝަންގެ ނަންބަރ 3336725 ފޯނަށެވެ.

18 އޭޕްރީލް 2017

18 އޭޕްރިލް 2017
ހޯދާ