މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

ވަޒީފާގެ ފުރުޞަތު

 

  •    މަޤާމް:                     އެޑްމިނިސްޓްރޭޓިވް އޮފިސަރ
  •    ބޭނުންވާ އަދަދު:                01
  •    މުސާރަ :                   -/5,610 ރުފިޔާ
  •    ސަރވިސް އެލަވަންސް:           -/2,000 ރުފިޔާ
  •    ނޮން ޕްރެކްޓިސް އެލަވަންސް  :      މުސާރާއިގެ %35
  •    ރިސްކް އެލަވަންސް:             އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/25 ރުފިޔާ
  •    ފޯން އެލަވަންސް:               -/200 ރުފިޔާ
  •    ވަޒީފާއޮތް އޮފީސް:              ތަޢުލީމީ ފަންޑު / މިނިސްޓްރީ އޮފް އެޑިޔުކޭޝަން
  •    ގިންތި:                    ކޮންޓްރެކްޓް (6 މަސް)
  •    ވަޒީފާއަދާކުރާ ސެކްޝަނާއި ތަން :    ތަޢުލީމީ ފަންޑު، މިނިސްޓްރީ އޮފް އެޑިޔުކޭޝަން / މާލެ

 

ވަޒީފާގައި ކުރަންޖެހޭ މައިގަޑު މަސައްކަތްތައް:

- ތަޢުލީމީ ފަންޑުގެ ހުރިހާ މުވައްޒަފުންގެ ހާޟީރީ ބެލެހެއްޓުމާއި މުސާރަ ޝިޓް ތަޢްޔާރުކުރުން

- ތަޢުލީމީ ފަންޑުގެ ހުރިހާ ލިޔެކިޔުންތައް ބެލެހެއްޓުން

- ތަޢުލީމީ ފަންޑުގެ ކޮމެޓީގެ ހުރިހާ މަސައްކަތެއްކުރުން

- ތަޢުލީމީ ފަންޑުގެ އެސެޓްސް ބެލެހެއްޓުން

- ތަޢުލީމީ ފަންޑުން ދެވޭ އެހީތަކާއި ހެދޭ ޤަވައިދާ ބެހޭ އެންމެހާ ކަންތައްތައްކުރުން

- ކޯޓަށް ފޮނުވޭ ހުރިހާ މައްސަލަތަކެއްގެ ލިޔެކިޔުން ބެލެހެއްޓުން

- ރިޕޯރޓްތައް ތައްޔާރުކުރުން

އޮފީހުގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ޙަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.

ޝަރުތު:                                                   

  1. އެޑްމިނިސްޓްރޭޓިވް އޮފިސަރ މަޤާމުގައި މަދުވެގެން 2 އަހަރުދުވަހު އުޅެފައިވުން

  ނުވަތަ

  1. މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

  ނުވަތަ

  1. މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް 

ހ. މިފަދަ ފަންޑެއްގައި މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

ށ. ހާސިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށްބަލައިގެން

ނ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ރ. މީގެ އިތުރުން ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބެލެވޭނެއެވެ.                     

އިންޓަރވިއު ކުރުން.

ހ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މި މިނިސްޓްރީގެ ތަޢުލީމީ ފަންޑުގެ އިދާރާގެ ކައުންޓަރުން (އެދުރުހިޔާ 9 ވަނަ ފަންގިފިލާ އިން) ލިބެން ހުންނާނެއެވެ. އަދި ތަޢުލީމީ ފަންޑުގެ ވަޒީފާއަށް އެދޭ ފޯމް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ވެބްސައިޓް  www.moe.gov.mv  އިން ޑައުންލޯޑު ކުރެވޭނެއެވެ.)

ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (އެކްރެޑިޓްކޮށް އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު)

ރ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއަކާއި (އަސްލާ އެއްގޮތް ކަމަށް ސަރުކާރުގެ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ ކޮޕީގެ އަސްލު)

ކ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

ތަކެތި ހުށަހަޅަންޖެހޭ އޮފީސް

- ތަޢުލީމީ ފަންޑު / މިނިސްޓްރީ އޮފް އެޑިޔުކޭޝަން (އެދުރުހިޔާ 9 ވަނަ ފަންގިފިލާ) ، ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 25 އޭޕްރިލް 2017 ވަނަ ދުވަހުގެ 13:00 ގެ ކުރިން. 

ނޯޓް:  

މި ޢިއުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ގާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައި ދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި މިނިސްޓްރީގެ ނަންބަރ 3341227 ފޯނަށް ގުޅުއްވުން އެދެމެވެ.  

18 އޭޕްރިލް 2017
ހޯދާ