ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

                        

ވަޒީފާގެ ފުރުޞަތު

ތާރީޚް

 

17 އެޕްރީލް 2017

ނަންބަރު

(IUL)168-CA/1/2017/12

ކޯޕަރޭޓް އެފެއާރޒް ޑިޕާޓްމަންޓް

މަޤާމު:

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން:

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް / ކ. މާލެ

މުސާރައާއި ޢިނާޔަތްތައް:

- މުސާރަ: މަހަކު -/11,550 ރުފިޔާ

- ލިވިންގ އެލަވަންސް -/3000 ރުފިޔާ

- ސާރވިސް އެލަވަންސް -/3500 ރުފިޔާ

މީގެ އިތުރުން ބަންދު ދުވަސްތަކާއި ނުރަސްމީގަޑީގައި މަސައްކަތްކޮށްފިނަމަ ކަޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ރަސްމީ ގަޑި

ހެނދުނު 8:00 އިން  މެންދުރުފަހު 15:00 އަށް

ޝަރުޠު:

  1. މަސައްކަތާގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގެންގުޅޭ މިންގަނޑުގެ 7 ވަނަ ސަނަދު) ޙާޞިލްކޮށްފައިވުމާއެކު މަސައްކަތާއި ގުޅޭ ދާއިރާއަކުން 3 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން. ނުވަތަ،
  2. މަސައްކަތާގުޅޭ ދާއިރާއަކުން ޑިޕްލޮމާ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގެންގުޅޭ މިންގަނޑުގެ 5 ވަނަ ސަނަދު) ޙާޞިލުކޮށްފައިވުމާއެކު، މަސައްކަތާއި ގުޅޭ ދާއިރާއަކުން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  3. ކޮމިޝަންގެ އޮފިސަރުގެ މަޤާމުގައި މަދުވެގެން 5 އަހަރުދުވަހު އުޅެ މަސައްކަތު ފެންވަރު ވަޒަންކޮށް އެވްރޭޖް %90 މާކްސް ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު

  1. ކޮމިޝަންގެ އަހަރީ ރިޕޯޓްގެ މަސައްކަތްތައް ރާވާ ހިންގުން.
  2. ކޮމިޝަންގެ އިދާރީ ހިންގުން ހަރުދަނާކުރުމަށް ހަދަންޖެހޭ އިދާރީ އުސޫލްތައް ދެނެގަނެ، އެކަމާއިގުޅިގެން ދޭންޖެހޭ ލަފައާއި އިރުޝާދު ޑިރެކްޓަރަށް ދިނުމާއި، އަދި އިދާރީ އުސޫލްތައް އެކުލަވާލުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  3. އެއްގަމާއި، ކަނޑާއި އަދި ވައިގެ މަގުން އަތޮޅުތެރެއަށް ކޮމިޝަނުން ކުރަންޖެހޭ އަދި ކޮމިޝަނުން ރާއްޖޭން ބޭރަށް ކުރުމަށް ރާވާ ދަތުރުތައް ކޮމިޝަނުން ކަނޑައަޅާ މުއްދަތުގައި ކުރެވޭނޭ ގޮތުގެ އިންތިޒާމު ހަމަޖެއްސުމާއި ދަތުރުތަކުގެ އިދާރީ އިންތިޒާމްތަކާ ގުޅިގެން ކުރަންޖެހޭ އެންމެހާ މުޢާމަލާތްތައް ކުރުން.
  4. ކޮމިޝަންގެ މެއިންޓަނަންސް މަސައްކަތްތައް ބެލެހެއްޓުން.
  5. ކޮމިޝަނަށް އަންނަ އަދި ފޮނުވާ ލިޔެކިޔުންތައް ބެލެހެއްޓުމުގެ ނިޒާމާއި ކޮމިޝަންގެ ރިސެޕްޝަން މަސައްކަތްތައް ހަރުދަނާ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  6. ކޮމިޝަންގެ މަސައްކަތްތަކަށް އެކި ފަރާތްތަކާއެކު ކުރާ އެގްރީމެންޓްތަކާގުޅޭ މަސައްކަތް ކުރުން.
  7. ކޮމިޝަނުގެ އަހަރީ ބަޖެޓް ތައްޔާރުކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
  8. ކޮމިޝަނުގެ މާލީބަޔާން ތައްޔާރުކުރުމުގައި އިސްދައުރެއް އަދާކުރުން.
  9. ބަޖެޓާގުޅޭގޮތުން ތައްޔާރު ކުރަންޖެހޭ އެންމެހާ ރިޕޯޓްތައް ތައްޔާރު ކުރުމުގެ މަސައްކަތް ހިނގާނުހިނގާގޮތްބަލައި، އެކަމާގުޅޭގޮތުން ޑިރެކްޓަރއަށް ލަފާދިނުން.
  10. އިންޓަރނަލް އޮޑިޓް ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
  11. ކޮމިޝަނުން ބޭނުންވެއްޖެ ޙާލަތެއްގައި ކޮމިޝަނުން ރާވާ ދަތުރުތަކުގައި ބައިވެރިވުން.
  12. އަދި މިނޫންވެސް ކޮމިޝަނުން ކުރާ އެހެނިހެން މަސައްކަތްތަކާއި ހިންގާ ޙަރަކާތްތަކުގައި ބައިވެރިވުން.

މަޤާމު:

އެސިސްޓެންޓް ޕްރޮކިއުމަންޓް އޮފިސަރ

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން:

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް / ކ. މާލެ

މުސާރައާއި ޢިނާޔަތްތައް:

- މުސާރަ: މަހަކު -/9,550 ރުފިޔާ

- ލިވިންގ އެލަވަންސް -/3000 ރުފިޔާ

- ސާރވިސް އެލަވަންސް -/3500 ރުފިޔާ

މީގެ އިތުރުން ބަންދު ދުވަސްތަކާއި ނުރަސްމީގަޑީގައި މަސައްކަތްކޮށްފިނަމަ ކަޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ރަސްމީ ގަޑި

ހެނދުނު 8:00 އިން  މެންދުރުފަހު 15:00 އަށް

ޝަރުތު:

  1. މަސައްކަތާ ގުޅޭ ދާއިރާއަކުން ޑިޕްލޮމާ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ގެންގުޅޭ މިންގަޑުގެ 5 ވަނަ  ސަނަދު) ހާސިލް ކޮށްފައިވުމާއެކު މަޤާމާގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ 
  2. މަސައްކަތާ ގުޅޭ ދާއިރާއަކުން އެޑްވާންސް ސެޓްފިކެޓް (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ގެންގުޅޭ މިންގަނޑުގެ 4 ވަނަ ސަނަދު) ހާސިލްކޮށްފައި ވުމާއެކު މަސައްކަތާ ގުޅޭ  ދާއިރާއެއްގައި 5 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ  

ކޮމިޝަންގެ ސެކްރެޓަރީގެ ފެންވަރުގެ މަޤާމެއްގައި މަދުވެގެން 5 އަހަރު އުޅެ މަސައްކަތުގެ ފެންވަރު ވަޒަންކޮށް އެވަރޭޖް %90 މާރކްސް ލިބިފައިވުން.

މަޤާމުގެ މަސްޢޫލިއްޔަތު

  1. ކޮމިޝަނުން ގަންނަންޖެހޭ ތަކެތި ލަސްނުކޮށް ރިކުއެސްޓް ލިބޭތާ ލަސްވެގެން 1 ދުވަހުގެ ތެރޭގައި ގަންނަންޖެހޭ ތަކެތި ގަތުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، ގަންނަ ތަކެތި ލިބުމުން ސްޓޮކް ބަލަހައްޓަ މުވައްޒަފާއި ޙަވާލުކުރުން.
  2. ކޮމިޝަންގެ އެކި ޚިދުމަތްތަކަށް ބޭނުންވާ ޕީއޯއާއެކު ބޭނުންވާ ކޯޓޭޝަން ހަމަވާތާ ލަސްވެގެން 1 ދުވަހުގެ ތެރޭގައި ތައްޔާރުކުރުމުގެ މަސައްކަތް ކުރުމާއި، ޕީއޯތައް ފައިލްކޮށް ބަލަހައްޓައި ބިލް ލިބުމުން ބޭނުންވާ ސަޕޯޓިންގ ޑޮކިއުމަންޓްތަކާއިއެކު ބަޖެޓް މުވައްޒަފުންނަށް ލަސްވެގެން 3 ދުވަހުގެ ތެރޭގައި ޙަވާލުކުރުން.
  3. ކޮމިޝަންގެ ހަރުމުދާ ބަލަހައްޓަނީ އެންމެ އެކަށީގެންވާ ގޮތަށްތޯ ބަލައި އެމަސައްކަތް ޤަވާއިދާއި އެއްގޮތަށް ކުރުން.
  4. ކޮމިޝަނުގެ އެންމެހައި މުވައްޒަފުންނަށް ބޭނުންވާ ފަރުނީޗަރު، ކޮމްޕިއުޓަރ އަދި އެހެނިހެންވެސް ތަކެތި މުވައްޒަފުންގެ މަސައްކަތަށް ދަތިނުވާނެ ގޮތަށް ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތަތައް ޤަވާއިދުންކުރުން.
  5. ހަރުމުދަލުގެ އިންވެންޓްރީ ބެލެހެއްޓުމުގެ ނިޒާމް ހަރުދަނާކޮށް މިނިޒާމްގެ ދަށުން މިތަކެތި ބެލެހެއްޓުން.
  6. ހަރުމުދަލުގެ އިންވެންޓްރީ ކޮންމެ މަހަކު އެއްފަހަރު އަޕްޑޭޓްކޮށް، ޑިރެކްޓަރާއި ހިއްސާކުރުން.
  7. ކޮމިޝަނުން ބާއްވާ އެކިއެކި ޖަލްސާތަކާއި، ވޯކްޝޮޕްތަކާއި، ސެމިނާތަކަށް ތައްޔާރުވުމުގައި ފޯރުކޮށްދޭންޖެހޭ އިދާރީ އިންތިޒާމްތައް ހަމަޖައްސައި މި ޕްރޮގްރާމްތަކަށް ބޭނުންވާތަކެތި ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  8. ކޮމިޝަންގެ އަހަރީ ބަޖެޓް ތައްޔާރުކުރުމުގައި ޢަމަލީގޮތުން ބައިވެރިވެ ދޭންޖެހޭ ލަފަޔާއި އިރުޝާދު ދިނުން.
  9. އަހަރުން އަހަރަށް ހަދަންޖެހޭ ޕްރޮކިއުމަންޓާއި ގުޅުންހުރި ފޮތްތަކާއި ފައިލްތައް ޤަވާއިދުން ހަދައި ބެލެހެއްޓުން.
  10. ކޮމިޝަންގެ މެންބަރުންނާއި މުވައްޒަފުންނަށް ދެވޭ އިންޝުއަރެންސްގެ ކަންކަން ބެލެހެއްޓުމާއި، އިންޝުއަރެންސްގެ ޚިދުމަތް ހަރުދަނާކުރުމަށް ދޭންޖެހޭ ލަފައާއި އިރުޝާދު ދިނުން.
  11. އެމް.އޭ.އޭ އާއެކު ކުރަންޖެހޭ ފައިސާގެ މުޢާމަލާތްތައް ބަޖެޓް މުވައްޒަފުން ނެތް ޙާލަތްތަކުގައި ކުރުން.
  12. ކޮމިޝަނުގެ ފަރާތުން ބޭންކަށް ގޮސް ކުރަންޖެހޭ ފައިސާގެ މުޢާމަލާތުތައް މި މަސައްކަތްކުރާ މުވައްޒަފުން ނެތް ޙާލަތްތަކުގައި ކުރުން.
  13. ކޮމިޝަނުން ބޭނުންވެއްޖެ ޙާލަތެއްގައި ކޮމިޝަނުން ރާވާ ދަތުރުތަކުގައި ބައިވެރިވުން.
  14. އަދި މިނޫންވެސް ކޮމިޝަނުން ކުރާ އެހެނިހެން މަސައްކަތްތަކާއި ހިންގާ ޙަރަކާތްތަކުގައި ބައިވެރިވުން.

މަޤާމު:

ސެކްރެޓަރީ

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން:

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް / ކ. މާލެ

މުސާރައާއި ޢިނާޔަތްތައް:

- މުސާރަ: މަހަކު -/7,600 ރުފިޔާ

- ލިވިންގ އެލަވަންސް -/3000 ރުފިޔާ

- ސާރވިސް އެލަވަންސް -/3500 ރުފިޔާ

މީގެ އިތުރުން ބަންދު ދުވަސްތަކާއި ނުރަސްމީގަޑީގައި މަސައްކަތްކޮށްފިނަމަ ކަޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ރަސްމީ ގަޑި

ހެނދުނު 8:00 އިން  މެންދުރުފަހު 15:00 އަށް

ޝަރުތު:

  1. ޖީސީއީ އޭލެވެލް އިން 2 މާއްދާއިން ފާސްވެފައިވުން

މަޤާމުގެ މަސްއޫލިއްޔަތު

  1. ކޮމިޝަންގެ ސްޓޮކް ބެލެހެއްޓުމާއި ސްޓޮކް ރިޕޯޓް ގަވާއިދުން ކޮންމެ ދުވަހަކު ތައްޔާރުކޮށް، ސްޓޮކް އެންމެ އެކަށީގެންވާ ގޮތަށް ޤަވާޢިދާއި އެއްގޮތަށް ބެލެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައްކޮށް ދޭންޖެހޭ ލަފައާއި އިރުޝާދު ޑިރެކްޓަރަށް ދިނުން.
  2. އަހަރީ ރިޕޯޓް ތައްޔާރު ކުރުމުގައި ދޭންޖެހޭ އިދާރީ އެހީތެރިކަން އެޑްމިން ޔުނިޓަށް ދިނުން.
  3. ކޮމިޝަންގެ އިދާރީ ހިންގުން ހަރުދަނާކުރުމަށް ހަދަންޖެހޭ އިދާރީ އުސޫލްތައް އެކުލަވާލުމުގައި މިމަސައްކަތް ކުރާ މުވައްޒަފާއެކު އަމަލީގޮތުން ބައިވެރިވެ ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  4. އެއްގަމާއި، ކަނޑާއި އަދި ވައިގެ މަގުން ރާއްޖޭގެ އެތެރޭގައި ކޮމިޝަނުން ކުރަންޖެހޭ އަދި ކޮމިޝަނުން ކުރުމަށް ރާވާ ދަތުރުތައް، އެދަތުރުކުރުމަށް ކޮމިޝަނުން ކަނޑައަޅާފައިވާ މުއްދަތުގައި ކުރެވޭނޭ ގޮތުގެ އިންތިޒާމް ހަމަޖެއްސުމާއި، މިކަމާއި ގުޅޭގޮތުން ޙަވާލުކުރެވޭ އެންމެހައި މަސައްކަތްތައް ކުރުން.
  5. ކޮމިޝަންގެ މެއިންޓަނަންސް މަސައްކަތްތައް ބެލެހެއްޓުމާއި ކޮންމެ މަހަކު 1 ފަހަރު ކޮމިޝަންގެ ހުރިހާ ހަރުމުދަލެއް ހުރި ހާލަތު ދެނެގަނެ އެތަކެތި މަރާމާތު ކުރަންޖެހޭނަމަ ނުވަތަ އެނޫންވެސް ކަމެއް ކުރަންޖެހޭނަމަ އެކަމެއް ކުރުވުން އަދި އެތަކެތީގެ ޙާލަތު އެނގޭނެ ފަދަ ރިޕޯޓެއް ތައްޔާރުކުރުން.
  6.  ބިލްތަކަށް ފައިސާ ދެއްކުމުގައި މިމަސައްކަތްކުރާ މުވައްޒަފަށް މިމަސައްކަތުގައި އެހީތެރި ވެދިނުން.
  7. ކޮމިޝަނުން ބާއްވާ އެކިއެކި ޖަލްސާތަކާއި ވޯކްޝޮޕްތަކާއި ސެމިނާރތަކަށް ތައްޔާރުވުމުގައި ފޯރުކޮށްދޭންޖެހޭ އިދާރީ އިންތިޒާމްތައް ހަމަޖައްސައި މި ޕްރޮގްރާމްތަކަށް ބޭނުންވާތަކެއް ހޯދުމަށް ކުރަންޖެހޭ މަސައްކަތުގައި މިމަސައްކަތްކުރާ މުވައްޒަފަށް މިމަސައްކަތުގައި އެހީތެރި ވެދިނުން.
  8. ކޮމިޝަންގެ އަހަރީ ބަޖެޓް ތައްޔާރުކުރުމުގައި އެހީތެރިވުން.
  9. ސެކްރެޓަރީ ޖެނެރަލްއަށް ބޭނުންވާ އިދާރީ އެހީތެރިކަން ފޯރުކޮށްދިނުން.
  10. އެގްޒެކަޓިވް ބައްދަލުވުމުގެ އިންތިޒާމް ހަމަޖެއްސުމާއި، އެގްޒެކަޓިވް ބައްދަލުވުމުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.
  11. ކޮމިޝަނުން ބޭނުންވެއްޖެ ޙާލަތެއްގައި ކޮމިޝަނުން ރާވާ ދަތުރުތަކުގައި ބައިވެރިވުން.
  12. އަދި މިނޫންވެސް ކޮމިޝަނުން ކުރާ އެހެނިހެން މަސައްކަތްތަކާއި ހިންގާ ޙަރަކާތްތަކުގައި ބައިވެރިވުން.
  1. އޮފީސް ހުޅުވާ ލައްޕާ މުވައްޒަފުންގެ ރޯސްޓަރ ތައްޔާރުކުރުމާއި، އޮފީސް ހުޅުވާ ލެއްޕުމާއި ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުން، އަދި އޮފީސް ހުޅުވާ ލައްޕާ ފޮތް / ލޮގް ބެލެހެއްޓުން.
  2. ކޮމިޝަންގެ މެއިން ފައިލިންގ ސިސްޓަމް ބެލެހެއްޓުން އަދި ކަނޑައަޅާފައިވާ އުސޫލާއެއްގޮތަށް ލިޔެކިއުންތައް ފައިލްކޮށް ބެލެހެއްޓުން.
  3.  ކޮމިޝަންގެ ދުވަހު ޔައުމިއްޔާ ލިޔެ އެންމެ ލަސްވެގެން އެ ދުވަހެއްގެ ޔައުމިއްޔާ ޖެހިގެން އަންނަ ދުވަހު ސޮއި ކުރުވުން.
  4. ކޮމިޝަނަށް ލިބޭ ލިޔެކިއުންތައް އެންޓްރީ ކުރާ މުވައްޒަފު ނެތް ހާލަތުގައި އެންޓްރީ ކުރުމުގެ އެންމެހާ މަސައްކަތްތައް ކުރުން، އަދި ރިސެޕްޝަން ބަލަހައްޓާ މުވައްޒަފު ނެތް ޙާލަތެއްގައި ރިސެޕްޝަން ބެލެހެއްޓުން.

އިންވެސްޓިގޭޝަން ޑިޕާޓްމަންޓް

މަޤާމު:

އެސިސްޓެންޓް އިންވެސްޓިގޭޝަން އޮފިސަރ

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން:

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް / ކ. މާލެ

މުސާރައާއި ޢިނާޔަތްތައް:

- މުސާރަ: މަހަކު -/9,550 ރުފިޔާ

- ލިވިންގ އެލަވަންސް -/3000 ރުފިޔާ

- ސާރވިސް އެލަވަންސް -/3500 ރުފިޔާ

މީގެ އިތުރުން ބަންދު ދުވަސްތަކާއި ނުރަސްމީގަޑީގައި މަސައްކަތްކޮށްފިނަމަ ކަޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ރަސްމީ ގަޑި

ހެނދުނު 8:00 އިން  މެންދުރުފަހު 15:00 އަށް

ޝަރުތު:

  1. މަސައްކަތާ ގުޅޭ ދާއިރާއަކުން ޑިޕްލޮމާ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ގެންގުޅޭ މިންގަޑުގެ 5 ވަނަ  ސަނަދު) ހާސިލް ކޮށްފައިވުމާއެކު މަޤާމާގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ 
  2. މަސައްކަތާ ގުޅޭ ދާއިރާއަކުން އެޑްވާންސް ސެޓްފިކެޓް (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ގެންގުޅޭ މިންގަނޑުގެ 4 ވަނަ ސަނަދު) ހާސިލްކޮށްފައި ވުމާއެކު މަސައްކަތާ ގުޅޭ  ދާއިރާއެއްގައި 5 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ  

ކޮމިޝަންގެ ސެކްރެޓަރީގެ ފެންވަރުގެ މަޤާމެއްގައި މަދުވެގެން 5 އަހަރު އުޅެ މަސައްކަތުގެ ފެންވަރު ވަޒަންކޮށް އެވަރޭޖް %90 މާރކްސް ލިބިފައިވުން.

މަސްޢޫލިއްޔަތު:

  1. މިކޮމިޝަނަށް ހުށަހަޅާ މައްސަލަތަކުގެ ތެރެއިން ބެލުމަށް ޙަވާލުކުރާ މައްސަލަތައް، ޑިރެކްޓަރުގެ ލަފާގެ މަތިން ތަޙްޤީޤިކޮށް ބެލުން.
  2. މައްސަލަތައް ބެލުމުގައި ޙާޟިރު ކުރަންޖެހޭ ފަރާތްތައް ޙާޟިރުކުރުމާ ކަމާބެހޭ ދާއިރާތަކަށް ފޮނުވަންޖެހޭ ލިޔުންތައް ފޮނުވުން.
  3. ހުށަހެޅޭ މައްސަލަތަކުގައި މުޢާމަލާތުކުރަންޖެހޭ ފަރާތްތަކާ މުޢާމަލާތުކޮށްގެން މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރުން.
  4. ކޮމިޝަންގެ ޓޯލް-ފްރީ ފޯނަށް އަންނަ ކޯލްތަކަށް ޖަވާބުދިނުމަށްޓަކައި ޑިޕާޓްމަންޓުން ހަމަޖައްސާފައިވާ އުސޫލުގެ ދަށުން ޑިއުޓީ އަދާކުރުން.  
  5. ޑިޕާޓްމަންޓަށް ހުށަހެޅޭ މައްސަލަތަކާގުޅިގެން އެކި ފަރާތްތަކަށް ދޭންޖެހޭ މަޢުލޫމާތު، ކަނޑައެޅިފައިވާ ޤަވާޢިދާއި އުސޫލުތަކާއި އެއްގޮތަށް ދިނުން.
  6. ތަޙްޤީޤުކުރުމާ ގުޅިގެން ކުރަންޖެހޭ އެކިއެކި ދިރާސާތައްކުރުމުގައި ހޯދަންޖެހޭ މަޢުލޫމާތު ހޯދުން.
  7. މައްސަލަތަކާބެހޭގޮތުން ހޯދަންޖެހޭ މަޢުލޫމާތު ޑޮކިއުމެންޓްކުރުމާއި މިފަދަ ޑޮކިއުމަންޓްތައް ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  8. މައްސަލަތައް ބެލުމުގައި މިކަމަށް ކަޑައެޅިފައިވާ ޤަވާއިދާއި އުސޫލުތަކާއި އެއްގޮތަށް ކަންތައްތައް ކުރުން.
  9. ކޮމިޝަނުގެ ފަރާތުން ބައިވެރިވާންޖެހޭ ސެމިނާ، ވަރކްޝޮޕް އަދި ޓްރޭނިންގތަކުގައި   ބައިވެރިވުމާއި، އަދި ކޮމިޝަނުން ހިންގާ އެހެނިހެން ހަރަކާތްތަކުގައި ބައިވެރިވުން.

10. ކޮމިޝަނުން ބޭނުންވެއްޖެ ހާލަތެއްގައި ކޮމިޝަނުން ރާވާ ދަތުރުތަކުގައި ބައިވެރިވުން.

  1. 11.  އަދި މިނޫންވެސް ކޮމިޝަނުން ކުރާ އެހެނިހެން މަސައްކަތްތަކާއި ހިންގާ ހަރަކާތްތަކުގައި ބައިވެރިވުން.

 

އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (އެންޓި-ޓޯޗަރ ސެކްޝަން)

މަޤާމު:

އެސިސްޓެންޓް އިންވެސްޓިގޭޝަން އޮފިސަރ

ބޭނުންވާ ޢަދަދު:

02 (ދޭއް)

މަސައްކަތް ކުރަންޖެހޭ ތަން:

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް / ކ. މާލެ

މުސާރައާއި ޢިނާޔަތްތައް:

- މުސާރަ: މަހަކު -/9,550 ރުފިޔާ

- ލިވިންގ އެލަވަންސް -/3000 ރުފިޔާ

- ސާރވިސް އެލަވަންސް -/3500 ރުފިޔާ

މީގެ އިތުރުން ބަންދު ދުވަސްތަކާއި ނުރަސްމީގަޑީގައި މަސައްކަތްކޮށްފިނަމަ ކަޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ރަސްމީ ގަޑި

ހެނދުނު 8:00 އިން  މެންދުރުފަހު 15:00 އަށް

ޝަރުތު:

  1. މަސައްކަތާ ގުޅޭ ދާއިރާއަކުން ޑިޕްލޮމާ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ގެންގުޅޭ މިންގަޑުގެ 5 ވަނަ  ސަނަދު) ހާސިލް ކޮށްފައިވުމާއެކު މަޤާމާގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ 
  2. މަސައްކަތާ ގުޅޭ ދާއިރާއަކުން އެޑްވާންސް ސެޓްފިކެޓް (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ގެންގުޅޭ މިންގަނޑުގެ 4 ވަނަ ސަނަދު) ހާސިލްކޮށްފައި ވުމާއެކު މަސައްކަތާ ގުޅޭ  ދާއިރާއެއްގައި 5 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ  

ކޮމިޝަންގެ ސެކްރެޓަރީގެ ފެންވަރުގެ މަޤާމެއްގައި މަދުވެގެން 5 އަހަރު އުޅެ މަސައްކަތުގެ ފެންވަރު ވަޒަންކޮށް އެވަރޭޖް %90 މާރކްސް ލިބިފައިވުން.

މަސްޢޫލިއްޔަތު:

  1. ޤާނޫނު ނަންބަރ 2013/13 (އެންޓިޓޯޗަރޤާނޫނު)ގެ ދަށުން ކޮމިޝަނަށް ހުށަހެޅޭ މައްސަލަތައް، އެމައްސަލައެއް ހުށަހަޅާ ތާރީޚުން ފެށިގެން 03 މަސް ތެރޭގައި މައްސަލަ ބަލައި ނިންމުން
  2. މައްސަލައާ ގުޅިގެން މަޢުލޫމާތު ހޯދުމަށް ކުރާ ޒިޔާރަތްތަކުގައި ބައިވެރިވުން
  3. މައްސަލައާ ގުޅިގެން ހާޒިރުކުރެވޭ ފަރާތްތަކުގެ ބަޔާން ނެގުން
  4. މައްސަލަ ހުށަހެޅި ތާރީޚުން ފެށިގެން ގިނަވެގެން 2 މަސް ދުވަހުގެތެރޭގައި، އެމައްސަލައެއްގެ ތަޙުޤީޤު ކުރިއަށް ގޮސްފައިވާ ހިސާބު މައްސަލަ ހުށަހެޅި ފަރާތަށް އެންގުން
  5. މައްސަލަތަޙްޤީޤު  ކޮށް ނިމޭތާ 14 ދުވަސް ތެރޭގައި މައްސަލައިގެ ތަޙްގީގު ރިޕޯޓް މައްސަލަ ހުށަހެޅި ފަރާތައް ދިނުން
  6. ޓޯޗަރ އަމަލު ހިންގި ކަމަށް ފާހަގަ ކުރެވޭނަމަ ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވުމަށް ތައްޔާރުކުރަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކުރުމާއި، އެމައްސަލައެއް 14 ދުވަހުގެ ތެރޭގައި ފީޖީ އޮފީހަށް ފޮނުވުން
  7. ކޮމިޝަނަށް ހުށަހަޅާ މައްސަލަތަކުގެ ތެރެއިން ބެލުމަށް ޙަވާލުކުރާ މައްސަލަތައް، ޑިރެކްޓަރުގެ ލަފާގެ މަތިން ތަޙްޤީޤިކޮށް ބެލުން.
  8. މައްސަލަތައް ބެލުމުގައި ޙާޞިރު ކުރަންޖެހޭ ފަރާތްތައް ޙާޟިރުކުރުމާ ކަމާބެހޭ ދާއިރާތަކަށް ފޮނުވަންޖެހޭ ލިޔުންތައް ފޮނުވުން.
  9. ހުށަހެޅޭ މައްސަލަތަކުގައި މުޢާމަލާތުކުރަންޖެހޭ ފަރާތްތަކާ މުޢާމަލާތުކޮށްގެން މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރުން.

10. ކޮމިޝަންގެ ޓޯލް-ފްރީ ފޯނަށް އަންނަ ކޯލްތަކަށް ޖަވާބުދިނުމަށްޓަކައި ޑިޕާޓްމަންޓުން ހަމަޖައްސާފައިވާ އުސޫލުގެ ދަށުން ޑިއުޓީ އަދާކުރުން.  

11. ޑިޕާޓްމަންޓަށް ހުށަހެޅޭ މައްސަލަތަކާގުޅިގެން އެހެން ފަރާތްތަކަށް ދޭންޖެހޭ މަޢުލޫމާތު، ކަނޑައެޅިފައިވާ ޤަވާޢިދާއި އުސޫލުތަކާއި އެއްގޮތަށް ދިނުން.

12. ތަޙްޤީޤުކުރުމާގުޅިގެން ކުރަންޖެހޭ އެކިއެކި ދިރާސާތައްކުރުމުގައި ހޯދަންޖެހޭ މަޢުލޫމާތު ހޯދުން.

13. މައްސަލަތަކާބެހޭގޮތުން ހޯދަންޖެހޭ މަޢުލޫމާތު ޑޮކިއުމެންޓްކުރުމާއި މިފަދަ ޑޮކިއުމަންޓްތައް ރައްކާތެރިކަމާއެކު ބެލެހެއްޓުން.

14. މައްސަލަތައް ބެލުމުގައި މިކަމަށް ކަޑައެޅިފައިވާ ޤަވާއިދާއި އުސޫލުތަކާއި އެއްގޮތަށް ކަންތައްތައް ކުރުން.

15. ކޮމިޝަނުގެ ފަރާތުން ބައިވެރިވާންްޖެހޭ ސެމިނާ، ވަރކްޝޮޕް އަދި ޓްރޭނިންގތަކުގައި ބައިވެރިވުމާއި، އަދި ކޮމިޝަނުން ހިންގާ އެހެނިހެން ހަރަކާތްތަކުގައި ބައިވެރިވުން.

16. ކޮމިޝަނުން ބޭނުންވެއްޖެ ހާލަތެއްގައި ކޮމިޝަނުން ރާވާ ދަތުރުތަކުގައި ބައިވެރިވުން.

17. އަދި މިނޫންވެސް ކޮމިޝަނުން ކުރާ އެހެނިހެން މަސައްކަތްތަކާއި ހިންގާ ހަރަކާތްތަކުގައި ބައިވެރިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކޮށްފައިވާފަދަ ތަޢުލީމީ ސެޓްފިކެޓް އަދި ޓްރާންސްކްރިޕްޓްތަކުގެ އެޓެސްޓްކޮށްފައިވާ ކޮޕީ. (ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށް، އެޓެސްޓް ކޮށްފައިވާ ކޮޕީއެކެވެ).
  3. ސެޓްފިކެޓް ނުލިބި ވާނަމަ ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯޓްގެ އަސްލާއެއްގޮތް ކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީ.
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  5. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  6. ކުރިން ވަޒީފާ އަދާކޮށްފައިވާ ތަންތަނުން ދޫކޮށްފައިވާ ލިޔުންތަކުގެ އެޓެސްޓެޑް ކޮޕީ. އަދި މިހާރު ވަޒީފާއެއްގައި އުޅޭ ފަރާތެއްނަމަ، ވަޒީފާގައި އުޅޭކަމުގެ އެޓެސްޓްކޮށްފައިވާ ލިޔުން.

ސުންގަޑި

25 އެޕްރީލް 2017 ވަނަ ދުވަހުގެ 14:00 ގެ ކުރިން

އެހެނިހެން

  1. މިމަޤާމަށް ހޮވޭ ފަރާތްތަކުން 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތު ފުރިހަމަ ކުރަންވާނެއެވެ. އަދި ޕްރޮބޭޝަން މުއްދަތުގެ ޕާފޯމަންސް ރިވިއުއަށް ބަލައި، އިތުރަށް ވަޒީފާގައި ބަހައްޓަން ކޮމިޝަނަށް ފެންނަނަމަ، ވަޒީފާ ދާއިމީ ކުރެވޭނެއެވެ.
  2. ސާރވިސް އެލަވަންސް އަދި ލިވިންގ އެލަވަންސް ލިބޭނީ ޕްރެބޭޝަން މުއްދަތު ނިމި ވަޒީފާ ދާއިމީ ވާ ދުވަހުން ފެށިގެންނެވެ.
  3. މިމަޤާމަށް ކޮމިޝަނުގެ މުވައްޒަފަކު ހޮވުނުކަމުގައި ވީނަމަވެސް 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތު ގުނޭނެއެވެ. އެހެންނަމަވެސް އެހެނިހެން އެލަވަންސްތައް މެދުނުކެނޑި ލިބޭނެއެވެ.
  4. މިމަޤާމުގެ އިންޓަވިއުއަށް ދެންނެވޭނީ ގިނަވެގެން 10 ކެނޑިޑޭޓުންނަށެވެ. މިމަޤާމަށް 10 ފަރާތަށް ވުރެން އިތުރަށް ކުރިމަތިލައްވައިފިނަމަ ޝޯޓް ލިސްޓް ކުރުމަށް ފުރަތަމަ ދެވޭނީ ތިއަރީ ޓެސްޓެކެވެ. އިންޓަވިއުއަށް ދެންނެވޭނީ ތިއަރީ ޓެސްޓްގެ ނަތީޖާއާއި ތަޢުލީމީ ފެންވަރަށް ބަލައި، އެންމެ މަތިން މާކްސް ލިބޭ 10 ފަރާތަށެވެ. 10 ފަރާތަށްވުރެ މަދުން ކުރިމަތިލައިފިނަމަ، ތިއަރީ ޓެސްޓް ދެވޭނީ އިންޓަރވިއުއަށްފަހުއެވެ.
  5. ކޮމިޝަނުގެ ވަޒީފާއަކަށް ކޮމިޝަނުގެ މެމްބަރެއްގެ ނުވަތަ ކޮމިޝަނުގެ މުވައްޒަފެއްގެ މަންމަ، ބައްޕަ، ދަރި، ފިރިމީހާ، އަނބިމީހާ، އެއްބަނޑު އެއްބަފާމީހެއް، އެއްބަފާމީހެއް، ނުވަތަ އެއްބަނޑު މީހަކަށް ކުރިމަތި ނުލެވޭނެއެވެ.
  6. މި މަޤާމަށް ހޮވޭ ފަރާތަކީ ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތެއްނަމަ މަޤާމަށް ހޮވުމުން ޕާޓީގެ ރަޖިސްޓްރީއިން ވަކިވާންވާނެއެވެ.
  7. އެޕްލިކޭޝަން ފޯމު ކޮމިޝަންގެ ވެބްސައިޓް އަދި ކައުންޓަރުން ލިބެން ހުންނާނެއެވެ.
  8. އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3003168 އަށެވެ.
       

                    

 

 

ޙައްވާ ޙަސީނާ

  ޑިރެކްޓަރ

17 އޭޕްރިލް 2017
ހޯދާ