އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައްޑޫސިޓީގެ ފުޓްބޯޅަދަނޑުތައް ދިއްލުމަށް ބޭނުންވާ ލައިޓް ހޯދުމަށް

އިޢުލާން

އައްޑޫސިޓީގެ ފުޓްބޯޅަދަނޑުތައް ދިއްލުމަށް ބޭނުންވާ ލައިޓް ހޯދުން

އައްޑޫސިޓީގެ ފުޓްބޯޅަދަނޑުތައް ދިއްލުމަށް ބޭނުންވާ ލައިޓް ހޯދުމަށް ބޭނުންވާތީ މި އިދާރާއިން ދޭ މައުލޫމާތާއި އެއްގޮތަށް މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު:   IUL)426-AA/426/2017/51) އިޢުލާނަށް ހުށަހެޅުނު ބީލަންތަކުގެ އަގުބޮޑުކަމަށް ފެންނާތީ މިއިޢުލާން ބާތިލްކޮށް އަލުން މިފުރުސަތު ހުޅުވާލަމެވެ.          

މިމަސައްކަތް ކުރުމަށް ޝައުގުވެރިވާ ފާރާތްތަކުން  19 އޭޕްރީލް 2017 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 23 އޭޕްރީލް 2017 ވާ އާދިއްތަ ދުވަހުގެ ހެނދުނު 13:00 އަށް މި އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެ އެވެ.         

މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ މި އިދާރާގެ ކޮންފަރެންސް ހޯލްގައެވެ. މަޢުލޫމާތު ދިނުމަށާއި ޕްރޮޕޯސަލް ބަލައިގަތުން ހަމަޖެހިފައިވާ ގަޑިއަށް މި އިދާރާގެ ކޮންފަރެންސް ހޯލްއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް މިސެޝަން ތަކުގައި ބައިވެރި ނުވެވޭނެ ވާހަކަ ދެންނެވީމެވެ.

19 ރަޖަބް 1438

16 އޭޕްރިލް 2017
ހޯދާ