މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
ދިވެހިރާއްޖެ
މޯލްޑިވްސް ޗެސް ފެޑެރޭޝަންގެ އަސާސީ ޤަވައިދާބެހޭ

އިޢުލާން

މޯލްޑިވްސް ޗެސް ފެޑެރޭޝަންގެ އަސާސީ ޤަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން 12 ޖޫން 2017 ވަނަ ދުވަހުގެ ކުރިން

ހިންގާ ކޮމިޓީ ހޮވުމަށް އިލެކްޝަނެއް ބޭއްވުމަށް ހަމަޖެހިފައިވާތީ 7 މެއި 2017 ވާ އާދިއްތަ ދުވަހު އިލެކްޝަން އޮންނާނެ ވާހަކަ

ދަންނަވަމެވެ. ވީމާ މި ފެޑެރޭޝަނުގެ ހިންގާ ކޮމިޓީގެ މެންބަރަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަމެވެ. ކުރިމަތިލެއްވުމަށް އެދޭ ބޭފުޅުން

26 އޭޕްރީލް 2017 ވާ ބުދަ ދުވަހުގެ 15:00ގެ ކުރިން މި ފެޑެރޭޝަނަށް ފޯރމް ހުށަހެޅުއްވުން އެދެމެވެ.

ހިންގާ ކޮމިޓީއަށް ކުރިމަތިލައްވާ ބޭފުޅުންގެ ހުންނަންޖެހޭ ޝަރުތުތައް:

1-   ދިވެހި ރައްޔިތެއް ކަމުގައިވުން

2-   ވޭތުވެދިޔަ 5 އަހަރު ތެރޭގައި ހުކުމެއް އައިސްފައި ނުވުން

 

ހިންގާ ކޮމިޓީގެ ކުރިމަތިލެވޭ މަޤާމުތަކުގެ ތެރެއިން އިލެކްޝަން ކުރެވޭ މަޤާމުތައް:

1-   ރައީސް

2-   ނައިބު ރައީސް

3-   ހަޒާންދާރު

ހިންގާކޮމިޓީގެ ކުރިމަތިލެވޭ މަޤާމުތަކުގެ ތެރެއިން އައްޔަން ކުރެވޭ މަޤާމުތައް:

1-   ޖެނެރަލް ސެކްރެޓަރީ

2-   އެޑްވައިޒަރ

3-   ޓެކްނިކަލް މެނޭޖަރ

4-   އޮޕަރޭޝަންސް މެނޭޖަރ

5-   މެނޭޖަރ

6-   ކޯޑިނޭޓަރ

ހިންގާ ކޮމިޓީއަށް ކުރިމަތި ލެއްވުމަށް އެދޭ ފޯމު މޯލްޑިވްސް ޗެސް ފެޑެރޭޝަން އޮފީހުން ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ

11:00 ން 15:00 އަށް ލިބެން ހުންނާނެއެވެ.

އިތުރު މައުލޫމާތު ހޯއްދެވުމަށްޓަކައި ގުޅުއްވާނީ އޮފީސް ނަމްބަރު 7310073 ނުވަތަ 7776466 އަދި 9776466 އަށެވެ.

19 ރަޖަބު 1438  

16 އޭޕްރިލް 2017
ހޯދާ