މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :ޗީފް މެނޭޖަރ
ބޭނުންވާ އަދަދު :1

މުސާރަ:

-/8500 ރުފިޔާ (ޕްރޮބޭޝަން މުއްދަތުގައި -/6800 ރުފިޔާ)

އެހެނިހެން އިނާޔަތްތައް:

2000ރ – 4000ރ އާއި ދެމެދުގެ އަދަދެއް ލިބޭނެ.

އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހޭނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާލިބޭނެއެވެ.

ޝަރުތު:

1. އޭލެވެލް އިމްތިހާންގެ 2 މާއްދާއިން ދަށްވެގެން ސީ ފާސް ލިބިފައިވުން ނުވަތަ 

2. ސެކިއުރިޓީ އާއި ގުޅޭ އިދާރާއެއް ނުވަތަ އޮފީހެއްގައި މަދުވެގެން 10 އަހަރު މަސައްކަތްކޮށްފައިވުން. 

މަގާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  1. މާލޭގެ ވިޔަފާރި ބަނދަރުގެ ސެކިއުރިޓީ ކަންކަން ޕޯޓް ފެސިލިޓީ ސެކިއުރިޓީ ޕްލޭންގައި ބަޔާން ކުރެވިފައިވާގޮތަށް ޕީ އެފް އެސް އޯގެ އިރުޝާދާއި އެކު ހިންގާ ބެލެހެއްޓުން.
  2. މާލޭގެ ވިޔަފާރި ބަނދަރުގެ ސެކިއުރިޓީ ކަންތައްތައް ކުންފުނީގެ ބޯޑުން ފާސްކޮށްފައިވާ ޕޮލިސީއާއި އެއްގޮތަށް ހިންގާ ބެލެހެއްޓުން.
  3. ބަނދަރުގެ ސަލާމަތާއި ރައްކާތެރި ކަމުގެ ސިޔާސިތު ރާވާ އެކަން ބެލެހެއްޓުން އަދި އަޅަންޖެހޭ އިސްލާޙީ ފިޔަވަޅުތައް އެޅުން.
  4. ބަނދަރުގެ ޕޯޓް ފެސިލިޓީ ސެކިއުރިޓީ ޕްލޭން އަށް ގެންނަންޖެހޭ ބަދަލުތައް ބަލާ އެކަން ޕީ އެފް އެސް އޯގެ އިރުޝާދު ހޯދައި ބަނދަރު ހިންގާ ފަރާތަށް ހުށަހަޅާ އިސްލާހްކުރުން.
  5. ޕޯޓް ފެސިލިޓީ ސެކިއުރިޓީ އިންޓަރނަލް އޮޑިޓް ކަނޑައެޅިފައިވާ ތާރީޙްތަކުގައި ނިންމައި އިސްލާހް ކުރަންޖެހޭ މަސައްކަތްތައް ޕީ އެފް އެސް އޯގެ އިރުޝާދުގެ ދަށުން މެނޭޖްމެންޓަށް ހުށަހަޅައި އިސްލާހް ކުރުން. އަދި އެކްސްޓަރނަލް އޮޑިޓް ކަނޑައެޅިފައިވާ ތާރީޙްތަކުގައި ޓްރާންސްޕޯޓް އޮތޯރިޓީން ކޮށްދެއްވުމަށް އެދި މަސައްކަތް ނިންމުން.
  6. މާލޭގެ ވިޔަފާރި ބަނދަރުގެ ޕޯޓް ފެސިލިޓީ ސެކިއުރިޓީ 'ސްޓޭޓްމަންޓް އޮފް ކޮމްޕްލައިންސް އޮފް އަ ޕޯޓް ފެސިލިޓީ ސެކިއުރިޓީ' ސެޓްފިކޭޓް އަޕްޑޭޓް ކޮށް ބެލެހެއްޓުމަށް ކުރަންޖެހޭ މަސައްކަތް ޕީ އެފް އެސް އޯގެ އިރުޝާދާއިއެކު ކުރުން.
  7. ބަނދަރުގެ ސަލާމަތާއި ރައްކައުތެރިކަމުގެ ސިޔާސަތު ދެމެހެއްޓުމަށް ބޭނުންވާ އެކަށޭނަ އާލާތްތައް ހޯދުން.
  8. ބަނދަރު ހިންގާފަރާތަށް، ބަނދަރުގައި ސަލާމަތާއި ރައްކައުތެރިކަން ބެލެހެއްޓުމުގައި ދިމާވާކަންތައްތައް ލިއުމުން ރިޕޯޓްކުރުމާއި އަޅަންޖެހޭ ފިޔަވަޅުއެޅުން.
  9. މުދާ ބޭލުމާއި އުފުލުމުގައި އަދި މުދާ ޖެއްސުމުގައި ސަލާމަތާއި ރައްކައުތެރި ކަމުގެ ސިޔާސަތާއި އެއްގޮތަށް މިމަސައްކަތުގައި އުޅޭ މުވައްޒަފުން ކުރޭތޯ ބަލާ އަޅަންޖެހޭ ރައްކައުތެރި ކަމުގެ ފިޔަވަޅު އެޅުމަށް ކުރަންޖެހޭ މަސައްކަތްކުރަން ސަލާމަތާއި ރައްކައުތެރި ކަން ހުރިނެތްގޮތް ބަލާ ޗެކް ކުރުމުގައި ފާހަގަ ކުރެވޭ ނުރަނގަޅު ކަންތަކާއި އަދި ދޫކޮށްލެވިފައިވާ ކަންތައް، ބަނދަރު ހިންގާ ފަރާތަށް އެންގުން. އަދި މިކަން ކަމަށް ބޭނުންވާ އިސްލާހީ ފިޔަވަޅުއެޅުން.
  10. ސެކިއުރިޓީ އަދި ސޭފްޓީ މުވައްޒަފުން މަސައްކަތް ކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ކުރަންޖެހޭ މަސައްކަތް ކުރުން.
  11. ސަލާމަތާއި ރައްކައުތެރިކަން ބެލެހެއްޓުމަށްޓަކައި ބެހެއްޓިފައިވާ އިކްއިޕްމެންޓް ރަނގަޅަށް މަސައްކަތް ކުރޭތޯ ބަލާ ޓެސްޓްކޮށް ރަނގަޅަށް ބަލަހައްޓާތޯ ބަލާ ޔަޤީން ކުރުން. 
  12. ބަނދަރުގެ ސަލާމަތާއި ރައްކައުތެރިކަން ދެނެގަތުމަށްޓަކައި ބޭނުންވާ ޑްރިލްތައް ޕްލޭންގައިވާ ދުވަސްތަކެއްގައި އެފަދަ ޑްރިލްތައް ޕީ އެފް އެސް އޯގެ މަޝްވަރާގެ ދަށުން ކުރުން. 
  13. ސޭފްޓީ ސެކިއުރިޓީ ޑިޕާޓްމެންޓުގެ މުވައްޒަފުންނަށް ތަމްރީނު ދިނުމާއި މަސައްކަތަށް އަހުލުވެރި ކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުން.

މަސައްކަތްކުރަންޖެހޭ ވަގުތު:

 ދުވާލަކު 08 ގަޑިއިރު 

މަސައްކަތް ކުރަންޖެހޭ ތަން :

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

 

 

 
 

ސުންގަޑި:

 23 އޭޕްރީލް 2017 ވާ އާދީއްތަ ދުވަހުގެ 15:30ގެ ކުރިން.

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި:

މަޤާމަށް އެދި ހުށަހަޅާ ފޯމު

ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު

ހުށަހަޅަންޖެހޭ އޮފީސް:

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (ޕޯޓް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު)

ވަޒީފާއަށް އެދޭ ފޯމު މި ކުންފުނީގެ ރިސެޕްޝަންގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި  ކުންފުނީގެ ވެބްސައިޓް www.port.com.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު: 3329339 ފެކްސް: 3325293 އީމެއިލް: [email protected]

ނޯޓް: މި އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 20 ވުރެ ގިނަނަމަ، އިންޓަވިއުއަށް ދަޢުވަތު ދެވޭނީ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރެއިން 20 ފަރާތެކެވެ. އަދި ބަޔާންކުރެވިފައިވާ މަޢުލޫމާތުތައް ފުރިހަމަނުވާ ސިޓީ، ފެކްސް އަދި އީމެއިލްތައް ބާޠިލުކުރެވޭނެ ވާހަކަ ދަންނަވަމެވެ

 

15 ރަޖަބް  1438 

15 އޭޕްރީލް 2017

16 އޭޕްރިލް 2017
ހޯދާ