މޯލްޑިވްސް އިމިގްރޭޝަން
ދިވެހިރާއްޖެ
ޓުއަރިސްޓު ވިޒާ އާއި ގުޅޭ

މިހާރަކަށް އައިސް ގިނަ ޢަދަދަކަށް ޓުއަރިސްޓު ވިޒާގައި މަސައްކަތް ކުރުމަށްޓަކައި ބިދޭސީން ރާއްޖެ އެތެރެވުމަށް އަންނަ ކަން މިމުއައްސަސާގެ ބޯޑަރ ކޮންޓްރޯލް ސެކްޝަނަށް ވަނީ ފާހަގަކުރެވިފައެވެ. އަދި މިކަމުގައި އެފަދަ ފަރާތްތަކާއި މެދު ވަނީ ފިޔަވަޅު އެޅިފައެވެ.

ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޓުއަރިސްޓް ވީޒާ ގައި ރާއްޖެ އެތެރެ ވެވޭނީ ހަމަ އެކަނި ޗުއްޓީ ހޭދަ ކުރުމަށެވެ. އެހެންކަމުން ޓުއަރިސްޓް ވީޒާގައި ރާއްޖޭ އެތެރެވާ ބިދޭސީއަކު އެއްވެސް މަސައްކަތެއް ކުރާނަމަ އެބިދޭސީއަކު އަދި އޭނާ އާއި ޙަވާލުވެ ހުރި ދިވެހިމީހާ (ސްޕޮންސަރ) ޓުއަރިސްޓު ވިޒާ އާއި ޚިލާފުވީކަމަށް ކަނޑައަޅައި ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނުގެ 33 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅޭނެއެވެ. އަދި ޓުއަރިސްޓު ވީޒާގައި ރާއްޖެ އެތެރެވުމަށްފަހު މުއްދަތު ހަމަވުމުގެ ކުރިން ފުރައިގެން ގޮސްފައިނުވާނަމަ އެބިދޭސީމީހާ އަދި އޭނާ އާއި ޙަވާލުވެ ހުރި ދިވެހިމީހާ (ސްޕޮންސަރ) އަށް ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނުގެ 33 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅޭނެއެވެ.

ވީމާ މިމުއައްސަސާގެ ޤާނޫނާއި ޤަވާޢިދުތަކާއި އެއްގޮތަށް ޢަމަލުކުރުމަށް އެންމެހާ ފަރާތްކަށް ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ. 

16 އޭޕްރިލް 2017
ހޯދާ