ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
މަސައްކަތުމީހަކު ބޭނުންވެއްޖެ

މަޤާމް :ލޭބަރަރ
ބޭނުންވާ އަދަދު :1

އިޢުލާން                                                                                               

ވަޒީފާގެ ފުރުޞަތު:

60-އޭޑީއެމް/64/2017 ނަންބަރ އިއުލާންއަށް އެކަށީގެންވާ ކެނޑިޑޭޓުން ލިބިފައިނުވާތީ ތިރީގައި ދެންނެވިފައިވާ މަަޤާމަށް އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވައިލަމެވެ.

މަޤާމް: ލޭބަރަރ

ބޭނުންވާ އަދަދު: 1 (އެކެއް)

ވަޒީފާގެ ބާވަތް: ކޮންޓުރެކްޓު

މުސާރަ: މަހަކު -/3240 ރުފިޔާ

މަސައްކަތް ކުރަންޖެހޭތަން: އެޑްމިނިސްޓްރޭޝަން – ސްޓާފް ކުއާޓަރސް

އެހެނިހެން ޢިނާޔަތްތައް:

* އިތުރު އެލަވަންސްގެ ގޮތުގައި މަހަކު -/1350 ރުފިޔާއާއި -/2400 ރުފިޔާއާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.

* ކުންފުނިން ކަނޑައަޅާފައިވާ އުސޫލުގެ މަތިން އަހަރީ ބޯނަސް ދެވޭނެއެވެ.

* އިތުރުގަޑީގައްޔާއި، ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާއި ބެހޭ ޤާނޫންގައި ހަމަޖެހިފައިވާ އޞޫލުން އިތުރުގަޑީގެ ފައިސާލިބޭނެއެވެ.

* ވަޒީފާއާއި ބެހޭ ޤާނޫނުގައި ކަނޑައެޅިފައިވާ އުސޫލުގެ މަތިން ޕެންޝަން ސްކީމުގައި ބައިވެރިކުރެވޭނެއެވެ.  

* ޕްރޮބޭޝަން ހަމަވުމުން ސްޓާފް އިންޝުއަރެންސް ސްކީމްގައި ބައިވެރި ކުރެވޭނެއެވެ.

މަޤާމުގެ މަސްޢޫލިއްޔަތު:

* ސްޓާފް ކުއާޓަރސް އެތެރެއާއި ބޭރު ފޮޅާ ސާފުކުރުމާއި މެއިންޓެނަންސް މަސައްކަތްކުރުން                               

ތަޢުލީމާއި ތަޖުރިބާ:

* ދިވެހި ބަސް ލިޔަން ކިޔަން އެނގުން.

* އުމުރުން 45 އަހަރު ވެފައި ނުވުން.

* މަޤާމާ ގުޅޭ ދާއިރާއަކުން މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއި، ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. 

ސުންގަޑި:

މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2017 އެޕްރީލް 20 ވާ ބުރާސްފަތި ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމު ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.

އެޕްލިކޭޝަން ފޯމު އެސްޓީއޯގެ ހެޑް އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އެސްޓީއޯގެ ވެބްސައިޓުން ޑައުންލޯޑު ކުރެވެންވެސް ހުންނާނެއެވެ.

ނޯޓް:

  • ހުށަހަޅާފައިވާ ތަޢުލީމީ ސެޓްފިކެޓުތަކުގައި އަސްލާއި އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސަރޓިފިކެޓް ހުށަހަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސަރޓިފިކެޓުތަކުގެ އަސްލާއިއެކުގައެވެ.
  • މިމަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތު ތަޖުރިބާއާއި އިންޓަވިއުއަށް ބަލައި އެންމެ މަތިން މާކްސްލިބޭ ފަރާތްތަަކެވެ.
  • އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓު/ ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް:

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ، ހެޑް އޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯން: 3344272

 

16 އެޕްރީލް 2017

13 އޭޕްރިލް 2017
ހޯދާ