އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާ ގުޅިގެން އަތޮޅު އަދި ސިޓީ ކޮމްޕްލެއިންޓްސް ބިއުރޯތަކަށް މެންބަރުން ހޯދުން

                                             

                                             ނަންބަރު:A)AC-2017/137)

އިޢުލާނު

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާ ގުޅިގެން އަތޮޅު އަދި ސިޓީ ކޮމްޕްލެއިންޓްސް ބިއުރޯތަކަށް މެންބަރުން ހޯދުން

ބޭނުންވާ ޢަދަދު:

-          ކޮންމެ އަތޮޅެއްގެ އަތޮޅު ކޮމްޕްލެއިންޓްސް ބިއުރޯއަށް 2 (ދޭއް) މެންބަރުން.

-          އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ ކޮމްޕްލެއިންޓްސް ބިއުރޯއަށް 2 (ދޭއް) މެންބަރުން.

މަސައްކަތް ކުރަންޖެހޭ ތަން:

ކޮންމެ އަތޮޅެއްގެ އަތޮޅު ކައުންސިލް އިދާރާ ހުންނަ ރަށެއްގައި އަދި އައްޑޫ ސިޓީ ހިތަދޫ އާއި ފުވައްމުލަކުގައި.

އުޖޫރަ :

ކޮމިޓީގެ މެންބަރަކަށް :- މަސައްކަތްކުރާ ކޮންމެ ދުވަހަކަށް 300/- ( ތިންސަތޭކަ) ރުފިޔާ

މަސައްކަތުގެ މުއްދަތު :

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ވޯޓުލުން އޮންނަ ދުވަހުގެ 10 (ދިހައެއް) ދުވަސް ކުރިން ފެށިގެން އިންތިޚާބު ނިމި 7 (ހަތެއް) ދުވަސް ވަންދެން (ޖުމްލަ 17 ދުވަސް). މިމުއްދަތުގެ ފަހުންވެސް އިންތިޚާބުގެ މަސައްކަތާއި ގުޅިގެން މުއްދަތު އިތުރުކުރަންޖެހޭނަމަ، މުއްދަތު އިތުރުކުރާ ގޮތަށް.

މަސައްކަތުގެ ވަގުތު:

ޕާޓް ޓައިމް - ކޮމިޝަނުން ކަނޑައަޅާ ގަޑިތަކެއްގައި މަސައްކަތްކުރާ ގޮތަށް.

ފެންވަރު ނުވަތަ ޝަރުޠު:

1-      ޤާނޫނީ ދާއިރާއިން ސަނަދެއް ހާޞިލްކޮށްފައިވާ ފަރާތެއްކަމުގައިވުން. ނުވަތަ؛

2-      މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ސަނަދެއް ހާޞިލްކޮށްފައިވުމާއެކު 2 (ދޭއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

އެހެނިހެން ޝަރުތު:

-          ސިޔާސީ/ސިޔާސީ ޕާޓީއެއްގެ ހަރަކާތްތަކުގައި އިސްކޮށް ބައިވެރިވެއުޅޭ މީހަކުކަމުގައި ނުވުން.

-          އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓަކަށް ކެމްޕެއިންކުރުމުގައި ހަރަކާތްތެރިވާ މީހަކަށް ނުވުން.

މަސްއޫލިއްޔަތު:

-         ޝަކުވާ ހުށައެޅުމުގެ ނިޒާމުގެ ތެރެއިން އަތޮޅު ކޮމްޕްލެއިންޓްސް ބިއުރޯއަށް ހުށަހެޅޭ ޝަކުވާތައް ބަލައި ފިޔަވަޅު އެޅުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

-       އަތޮޅު/ އައްޑޫ ސިޓީގެ ކޮމްޕްލެއިންޓްސް ބިއުރޯގެ މެންބަރަކަށް ވުމަށް އެދި ހުށަހަޅާ މަޢުލޫމާތު ފޯމު.

-       ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

-       ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ އެކްރެޑިޓްކޮށްފައިވާ ކޮޕީ.

-       އެއްވެސް ތަނެއްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާނަމަ ތަޖުރިބާގެ މުއްދަތު އެނގޭގޮތަށް އެތަނަކުން ދޫކޮށްފައިވާ ލިޔުން.  

ސުންގަޑި:         

މި މަސައްކަތްތަކަށް ޝައުޤުވެރިވާ ފަރާތްތަކުން 20 އޭޕްރިލް 2017 ވާ ބުރާސްފަތި ދުވަހުގެ 15:00ގެ ކުރިން އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔުންތައް، އިލެކްޝަންސް ކޮމިޝަނުގެ އިދާރާއަށް ނުވަތަ އަތޮޅު/ ސިޓީ ކައުންސިލްގެ އިދާރާތަކަށް ހުށަހެޅުއްވުން އެދެން.

އިތުރު މަޢުލޫމާތު

މި މަޤާމުތަކަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުވާ ފަރާތްތަކާ އިންޓަރވިއު ކުރެވޭނެއެވެ.

އަތޮޅު، އައްޑޫ ސިޓީ، އަދި ފުވައްމުލަކު ސިޓީގެ ކޮމްޕްލެއިންޓްސް ބިއުރޯގެ މެންބަރަކަށް ވުމަށް އެދި ހުށަހަޅާ ފޯމު މިކޮމިޝަނުގެ ރިސެޕްޝަނުންނާއި ސިޓީ/އަވަށު/އަތޮޅު/ރަށު ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި މިކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އިންވެސް ޑައުންލޯޑް ކުރެވޭނެއެވެ.

މި މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ފަރާތްތައް ހަމަޖެއްސުމުގައި، ޤާނޫނީ ދާއިރާއިން ތަޢުލީމު ހާޞިލްކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

މަތީގައިވާ މަޤާމަށް ޝަރުތު ފުރިހަމަވާ ފަރާތްތައް ނުލިބިއްޖެނަމަ، ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން މަސައްކަތައް އެންމެ އެކަށީގެންވާ ފަރާތްތަކަށް ފުރުޞަތު ދެވޭނެއެވެ.

މި އިޢުލާނުގައިވާ މަސައްކަތްތައް ހިނގަމުންދާ ދުވަސްވަރު، މިއިއުލާނުގައިވާ މަސައްކަތަށް ހޮވިފައިވާ ފަރާތްތަކުން މަސައްކަތް ދޫކޮށްލައިފިނަމަ، މި އިއުލާނާ ގުޅިގެން އެޕްލިކޭޝަން ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން މަސައްކަތަށް އެންމެ އެކަށީގެންވާ ފަރާތަކަށް އެ މަސައްކަތް ހަމަޖެއްސުމުގެ ފުރުޞަތު އޮންނާނެއެވެ.

މީހުން ހޮވުމުގައި ބަލާ މިންގަނޑު

ބައިތައް

މާކުސް

ތަޢުލީމު

40

މަސައްކަތު ތަޖުރިބާ

35

އިންޓަރވިއު

25

ޖުމްލަ

100

    ޝޯޓްލިސްޓު ކުރެވޭގޮތް

  • ޝޯޓްލިސްޓު ކުރާނީ ތަޢުލީމު، މަސައްކަތު ތަޖުރިބާ އަދި ތަމްރީނާއި ހުނަރުގެ މާކުސް އަށް ބެލުމަށްފަހު ލިބޭ މާކުސްގެ މަތީ ތަރުތީބަށް ބަލައިގެންނެވެ.
  • ތަޢުލީމީ ސެޓްފިކެޓަށް މާކުސް ދޭނީ މަސައްކަތުގެ ދާއިރާއާގުޅޭ ސެޓުފިކެޓުތަކަށެވެ.

16 ރަޖަބު 1438

13 އޭޕްރިލް 2017
ހޯދާ