ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނަސީމީވިލާ ކުއްޔަށް ދިނުން

ނަސީމީވިލާ ކުއްޔަށް ދިނުމާއި ބެހޭ

 

                ކުޅުދުއްފުށީ ނަސީމީވިލާ ކުއްޔަށް ދޫކުރުމަށް ނިންމައިފީމެވެ. ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރީގެ އުޞޫލުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

1 – ބީލަން ފޮތެއްގެ އަގަކީ -/500ރ އެވެ. ފޮތް ވިއްކާނީ 16 އޭޕްރީލް 2017 ވާ އާދީއްތަ ދުވަހުން ފެށިގެން 20 އޭޕްރީލް 2017 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 ން 12:00 އަށް މިއިދާރާއިންނެވެ. ފައިސާ ދެއްކެވުމުން ބީލަންފޮތުގެ ސޮފްޓްކޮޕީ ނުވަތަ ހާޑްކޮޕީ މިއިދާރާއިން ލިބިވަޑައިގަންނަވާނެއެވެ.

2 – ހުށަހަޅުއްވާ ކޮންމެ ބީލަމަކަށް -/25000ރ ގެ ބިޑުސެކިއުރިޓީއެއް ހުށަހަޅަންވާނެއެވެ. ބިޑު ސެކިއުރިޓީގެ ގޮތުގައި ހުށަހަޅުއްވާނީ ޗެކް ނުވަތަ ނަގުދު ފައިސާއެވެ. ޗެކު ހުށަހަޅުއްވާނަމަ ހުށަހަޅުއްވަންވާނީ ބޭންކު ގެރެންޓީ ޖަހާފައިވާ ޗެކެކެވެ. ބިޑު ސެކިއުރިޓީގެ މުއްދަތަކީ ބީލަން ހުޅުވާ ތާރީޚުން ފެށިގެން 30 ދުވަހުގެ މުއްދަތެވެ. ބީލަން ކާމިޔާބު ނުކުރެވޭ ފަރާތްތަކަށް ބިޑުސެކިއުރިޓީގެ ގޮތުގައި ނެގި ފައިސާ 30 ދުވަހުގެ މުއްދަތުގައި ރައްދުކުރެވޭނެއެވެ.

 

3 – ބީލަން ހުޅުވުން އޮންނާނީ 27 އޭޕްރީލް 2017 ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި ކުޅުދުއްފުށީ ކައުންސިލްގެއިދާރާގެ ޖަލްސާކުރާ މާލަމްގައެވެ. ބީލަންތައް ހުންނަންވާނީ އެއްފޮތެއްގެ ގޮތުގައި ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަމާއި، ހުޅުވަން ހަމަޖެހިފައިވާ ތާރީޚާއި ވަގުތު، ބީލަން ހުށަހަޅާފަރާތުގެ ފުރިހަމަ މަޢުލޫމާތު ލިޔެވިފައި އޮންނަންވާނެއެވެ.

4 - ބީލަން ހުށަހެޅުއްވުމަށް ބަދަލުގައި އެހެންފަރާތަކުން ވަޑައިގަންނަވާނަމަ ވެރިފަރާތުގެ ސިޓީއެއް ހިއްޕަވައިގެން ވަޑައިގެންނެވުމަށް ދަންނަވަމެވެ. އަދި ދަންނަވަމެވެ، ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް ބީލަމެވެ.

5 – އިތުރުމަޢުލޫމާތު މިއިދާރާގެ ނަންބަރ 6521185 އަދި 6521174 އިން ލިބިވަޑައިގަންނަވާނެއެވެ.

03 އޭޕްރިލް 2017
ހޯދާ