އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
50 ޑަސްޓްބިން ގަތުމާއިބެހޭ

އިޢުލާން

 

50 ޑަސްޓްބިން ގަތުމާއިބެހޭ :

         މިކައުންސިލަށް 120 ލީޓަރ ގެ ޕްލާސްޓިކް 50 ޑަސްޓްބިން، މިކައުންސިލުން ދޭ ނަމޫނާ ސްޓިކަރ އާއިއެކު ގަންނަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން 23 އޭޕްރިލް 2017 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 އަށް، ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށްދުރުވެ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 27 އޭޕްރިލް 2017 ވާ ބުރާސްފަތި  ދުވަހު ހެނދުނު 10:00 ށް އަންދާސީ ހިސާބު ހުށަހުޅުއްވުންއެދެމެވެ.

                މިމަސައްކަތަށް ހުށަހަޅުއްވާ އަންދާސީ ހިސާބު ކެނޑުން އިސްވެދެންނެވި ގަޑީގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީގައި އޮންނާނެއެވެ. އަދި އަންދާސީ ހިސާބު ކެނޑުމުގެ ބައްދަލުވުމަށް ޙާޞިރުވެވަޑައިނުގަނެވޭނަމަ ސިޓީއަކާއިއެކު ބަދަލުގައި ބޭފުޅަކު ފޮނުއްވިދާނެއެވެ.

                މަޢުލޫމާތު ދިނުމުގެބައްދަލުވުމަށް ޙާޟިރުވެވަޑައިނުގަންނަވާ ފަރާތްތަކުން  ހުށަހަޅުއްވާ އަންދާސީ ހިސާބާއި އަންދާސީ ހިސާބު ހުށަހަޅުއްވަންޖެހޭ ގަޑީގެފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައެއްނުގަނެވޭނެއެވެ.

           މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

16 ރަޖަބު 1438

13 އޭޕްރީލް 2017

13 އޭޕްރިލް 2017
ހޯދާ