މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
އިފާޑް)ގެ އެހީގައި މިމިނިސްޓްރީ އިން ހިންގަމުންދާ މެރިކަލްޗަރ އެންޓަޕްރައިޒް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ލ. އިސްދޫގައި ހިންގުމަށް ހަމަޖެހިފައިވާ ހުއިފިލަނޑާ ބޮޑުކުރުމުގެ މަޝްރޫއުގައި މަސައްކަތްކުރާނެ މުވައްޒަފަކު ހޯދުމަށް

އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް)ގެ އެހީގައި މިމިނިސްޓްރީ އިން ހިންގަމުންދާ މެރިކަލްޗަރ އެންޓަޕްރައިޒް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ލ. އިސްދޫގައި ހިންގުމަށް ހަމަޖެހިފައިވާ ހުއިފިލަނޑާ ބޮޑުކުރުމުގެ މަޝްރޫއުގައި މަސައްކަތްކުރާނެ މުވައްޒަފަކު ބޭނުންވެއެވެ.

 

1 (އެކެއް)

ބޭނުންވާ އަދަދު:

ކޮމިއުނިޓީ މޮބިލައިޒޭޝަން އޮފިސަރ

މަޤާމް:

ސެކްޝަން:

ޕްރޮގްރާމް އިމްޕްލިމެންޓޭޝަން ޔުނިޓް (ޕީ.އައި.ޔޫ)

މަސައްކަތް ކުރަންޖެހޭ ތަން:

ލ. އިސްދޫ

ވަޒީފާގެ މުއްދަތު:

 31 މާރޗް 2018 އާއި ހަމައަށް.

މުސާރަ:

   ރުފިޔާ ( ތަޢުލީމީ ފެންވަރު އަދި މަސައްކަތުގެ ތަޖުރިބާއަށް ބަލާފައި) 7000.00

ޝަރުތު:

1-  ހުއިފިލަނޑާ އާލާކުރުމުގެ މަސައްކަތަށް ޝައުގުވެރިވުން

2-  ލ. އިސްދޫގައި ދިރިއުޅެމުންދާ ފަރާތަކަށްވުން

3-  18 އަހަރާއި – 35 އަހަރާއި ދެމެދުގެ މީހަކަށްވުން

4-  ޖީ.ސީ.އީ އޯލެވެލް ނުވަތަ އެއާއި އެއްފެންވަރެއްގެ ސަނަދެއްލިބިފައިވުން (ގްރޭޑް 10 ނިންމާފައިވުން)

5-  31 މާރޗް 2018 އާއި ހަމައަށް މަޝްރޫގެ މަސައްކަތުގައި ދެމިހުރެވޭ ފަދަ ފަރާތަކަށްވުން

6-  މައިކްރޯ ސޮފްޓް އޮފީސްގެ އެޕްލިކޭޝަންތައް ބޭނުންކުރަން އެނގުން.

7-  މޮނިޓަރިންގ މަޢުލޫމާތު ނަގަން އެގުމާއި ރިޕޯޓް ތައްޔާރުކުރެވޭ ފަދަ ފެންވަރުހުރުން

8-  މޫދުގައި ގިނަ ވަގުތު ހޭދަކުރެވޭ ވަރުގެ ސިއްޙަތު ރަގަޅު ފަރާތަކަށްވުން

9-  މީހުންނާއި އެކު ގުޅިގެން މަސައްކަތް ކުރުމަށް ގާބިލް ފަރާތަކަށްވުން.

ވަޒީފާގައި ކުރަން ޖެހޭ މަސައްކަތް:

މިވަޒީފާގައި ކުރަންޖެހޭ މަސައްކަތުގެ ތަފްސީލް (ޓާރމްސް އޮފް ރިފަރެންސް) މިއިއުލާނާއި އެއްއުރަ ކުރެވިފައިވާނެއެވެ.

އިތުރު މައުލޫމާތު ކައުންސިލްގެ އިދާރާއިންނާއި ޕީ.އައި.ޔޫއިން ލިބޭނެއެވެ. އަދި އިތުރު މައުލޫމާތު ހޯދުމަށް ރަސްމީގަޑީގައި 3341836 ފޯނަށް ގުޅުން ނުވަތަ ތިރީގައިވާ އެޑްރެހަށް އީމެއިލްކުރުން އެދެމެވެ.    

   [email protected]

 

ވަޒީފާ އަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި

1- ވަޒީފާ އަށް އެދި ހުށަހަޅާ ސިޓީ

2- ވަޒީފާ އަށް އެދޭ ފަރާތުގެ ވަނަވަރު

3- ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ (އަސްލާ އެއްގޮތް ކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހާ ސޮއިކޮށްފަ)

4- ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރިކަމުގެ ލިޔުން

5- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

 

         

 

މަތީގައި ދެންނެވިފައިވާ ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ސިޓީ ލ. އިސްދޫ ކައުންސިލުގެ ރައީސަށް އެޑްރެސްކޮށް، 19 އޭޕްރިލް 2017 ވާ ބުދަ ދުވަހުގެ 12:00ގެ ކުރިން އެކައުންސިލުގެ އިދާރާއަށް ފޮނުވުން އެދެމެވެ.

މިވަޒީފާއަށް އެދޭ ފަރާތްތަކުގެ ތެރެއިން އިންޓަރވިއު އަށް ގެނެވޭނީ ޝޯޓްލިސްޓްވާ ފަރާތްތައް އެކަނިކަން މަޢުލޫމާތައްޓަކައި ދަންނަވަމެވެ.

13 އޭޕްރިލް 2017
ހޯދާ