މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
އެސިސްޓެންޓް އެކައުންޓްސް އޮފިސަރ

 

ވަޒީފާގެ ފުރުޞަތު

 

  • މަޤާމް:                އެސިސްޓެންޓް އެކައުންޓްސް އޮފިސަރ
  • ބޭނުންވާ އަދަދު:           01
  • މުސާރަ :              -/4,465 ރުފިޔާ
  • ސަރވިސް އެލަވަންސް:       -/1,500 ރުފިޔާ
  • ނޮން ޕްރެކްޓިސް އެލަވަންސް  : މުސާރައިގެ %35
  • ރިސްކް އެލަވަންސް:        އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/25 ރުފިޔާ
  • ފޯން އެލަވަންސް:          މަހަކު -/200 ރުފިޔާ
  • އިތުރުގަޑީގެ ފައިސާ :       ހަމަޖެހިފައިވާ އުޞޫލްގެ މަތިން
  • ވަޒީފާއޮތް އޮފީސް:         ތަޢުލީމީ ފަންޑުގެ އިދާރާ / މިނިސްޓްރީ އޮފް އެޑިޔުކޭޝަން
  • ގިންތި:               ކޮންޓްރެކްޓް ( 2 އަހަރު )
  • ވަޒީފާއަދާކުރާ ސެކްޝަނާއި ތަން :ތަޢުލީމީ ފަންޑުގެ އިދާރާ / މިނިސްޓްރީ އޮފް އެޑިޔުކޭޝަން ، މާލެ

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް :

  • ތަޢުލީމީ ފަންޑަށް ލިބޭ ފައިސާ ބަލައިގަތުމާއި އެމް.އެމް.އޭ އަށް ފައިސާ ޖަމާކުރުން
  • ތަޢުލީމީ ފަންޑަށް ލިބޭ އާމްދަނީ ފައިސާގެ ރެކޯޑްތައް ބެލެހެއްޓުން
  • ޕެޓީކޭޝް ބެލެހެއްޓުމާއި ޕެޓީކޭޝް ގެ ރެކޯޑްތައް ބެލެހެއްޓުން
  • ތިޖޫރީއާއި ތިޖޫރީގެ ހިސާބު ބެލެހެއްޓުން
  • ތަޢުލީމީ ފަންޑަށް ލިބޭ ފައިސާގެ ރަޖިސްޓަރީ ބެލެހެއްޓުން
  • ތަޢުލީމީ ފަންޑަށް ލިބޭ އާމްދަނީ ފައިސާ ދުވަހު ހިސާބާއި މަސްދުވަހުގެ ހިސާބު އަދި އަހަރުދުވަހުގެ ހިސާބު ތައްޔާކުރުން.
  • ތަޢުލީމީ ފަންޑުގެ މުދަލާއި ފައިސާގެ ހިސާބުތައް އޯޑިޓްކުރުމުގައި އެހީތެރިވެދިނުން.
  • ތަޢުލީމީ ފަންޑަށް ލިބޭ އާމްދަނީ އިތުރުކުރުމާއި، ތަޢުލީމީ ފަންޑުގެ ކުރިއެރުވުމަށް ކުރަންޖެހޭ މަސައްކަތުގައި އެހީތެރިވުން
  • މީގެ އިތުރުންވެސް ހަވާލުކުރެވޭ ރަސްމީ މަސައްކަތްތައް ކުރުން.     

ޝަރުތު :                                                  

  1. އެސިސްޓެންޓް އެކައުންޓްސް އޮފިސަރ މަޤާމުގައި މަދުވެގެން 2 އަހަރުދުވަހު އުޅެފައިވުން ، ނުވަތަ
  2. މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
  3. ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް :

ހ.  މިފަދަ ފަންޑެއްގައި މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

ށހާސިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށްބަލައިގެން

ނ.  މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ރ.  ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ބ.  މީގެ އިތުރުން ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބެލެވޭނެއެވެ.   

އިންޓަރވިއު ކުރުން :

ހ.  އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ .

 ހުށަހަޅަންޖެހޭ ލިޔުންތައް :

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މި މިނިސްޓްރީގެ ތަޢުލީމީ ފަންޑުގެ އިދާރާގެ ކައުންޓަރުން (އެދުރުހިޔާ 9 ވަނަ ފަންގިފިލާ އިން) ލިބެން ހުންނާނެއެވެ. އަދި ތަޢުލީމީ ފަންޑުގެ ވަޒީފާއަށް އެދޭ ފޯމް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ވެބްސައިޓް  www.moe.gov.mv  އިން ޑައުންލޯޑު ކުރެވޭނެއެވެ.)

ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމުގެ އަސްލު     

ނ-  ލިބިފައިވާ ތަޢުލީމާއި ތަމްރީނު ގެ ސެޓްފިކެޓްތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައި ލިޔުމުގެ އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީ)

ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް ( އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައި ލިޔުމުގެ ކޮޕީ)

ބ-  ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ދެފުށުގެ ކޮޕީ (އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައި ލިޔުމުގެ ކޮޕީ)

ޅ-  ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ މޯބައިލް ނަންބަރާއެކު)

ތަކެތި ހުށަހަޅަންޖެހޭ ސުންގަޑިއާއި އޮފީސް :

  • މިވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ، އެދުރުހިޔާ 9 ވަނަ ފަންގިފިލާ، ފަޅުމަތީމަގު ގައި ހުންނަ ތަޢުލީމީ ފަންޑުގެ އިދާރާ / މިނިސްޓްރީ އޮފް އެޑިޔުކޭޝަން  ކައުންޓަރަށް.
  • ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 18 އޭޕްރިލް 2017 ވަނަ ދުވަހުގެ 13:30
  • ނޯޓް:   މި އިޢުލާނާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ތަޢުލީމީ ފަންޑުގެ އިދާރާ / މިނިސްޓްރީ އޮފް އެޑިޔުކޭޝަން  ނަންބަރު 3341227 ފޯނަށް ގުޅުއްވުން އެދެމެވެ.

------------------------------------------------------------------------------------------------------------------------ 

 

 

11 އޭޕްރިލް 2017
ހޯދާ