ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :އެޑްމިނިސްޓްރޭޓިވް އޮފިސަރ
ބޭނުންވާ އަދަދު :1

މަޤާމުގެ ނަންބަރު:

J-2888906

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ޖީ. އެސް. 4

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 2

ސެކްޝަން:

ކޯޕަރޭޓް އެފެއަރޒް ޔުނިޓް

މަޤާމް އޮތް އޮފީސް:

ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ، ތ.ވިލުފުށި

މުސާރަ:

މަހަކު -/5020 ރުފިޔާ

ސަރވިސް އެލެވަންސް:

މަހަކު -/1500 ރުފިޔާ

އިތުރު ޢިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލް އިދާރާގެ  ނެޓްވޯކްބެލެހެއްޓުމާއި ވެބްސައިޓް އަޕްޑޭޓްކޮށްބެލެހެއްޓުން
  2. އެކިކަންކަމުގައި ރަށަށް ވަޑައިގަންނަވާ ޓީމުތަކަށް މެހްމާނު ދާރީ އަދާކުރުމާއި، އެފަދަޓީމުތަކުގެ މަސައްކަތުގައި އެހީވުން
  3. ރަށުކައުންސިލްއިދާރާގެ މުވައްޒަފުންގެ ރަޖިސްޓްރީލިޔެ ބެލެހެއްޓުމާއި، ޕާސަނަލް ރެކޯޑް ފައިލް ތައްބެލެހެއްޓުން
  4. ކައުންސިލް އިދާރާގެ މުވައްޒަފުންގެ ޙާޟިރީ ބެލެހެއްޓުމާއި، ޗުއްޓީ އާއި ސަލާމްގެ ރެކޯޑް ބެލެހެއްޓުމާއި، އެކަމާބެހޭ އެންމެހާ ރިޕޯޓްތައް ހެދުމާއެކު ދުވަހުންދުވަހަށް މުވައްޒަފުންގެ ޙާޟިރީ ޗެކްކޮށްބެލެހެއްޓުން.
  5. މުވައްޒަފުންނަށްއަންގަންޖެހޭ އެންމެހައި އެންގުންތައް އަންގައި ސޮއިކުރުވުން
  6. މަސް ދުވަހުގެ ރިޕޯޓްތައް ހެދުން
  7. އޮފީސްހުޅުވާ ލެއްޕުމުގެ ކަންތައްބެލެހެއްޓުމާއި، އޮފީސްހުޅުވާލެއްޕުމުގެ ތާވަލާއި އެއްގޮތަށް އޮފީސް ހުޅުވައި ލެއްޕުން.
  8. މުސާރަ ދަތުރު ދިއުމުގެ ތާވަލުގައިވާގޮތަށް މުސާރަބަލައި ބޭންކަށް ދިއުން
  9. ކައުންސިލްގެ ބައްދަލްވުންތަކަށް ދެންނެވުމާއި، ބައްދަލްވުމުގެ އެޖެންޑާ ހަދައިޙަވާލުކުރުމާއި، ބައްދަލްވުން ތަކުގެ ޔައިމިއްޔާ ދުވަހުންދުވަހަށް ލިޔެ ބެލެހެއްޓުމާއެކު ކައުންސިލުން ނިންމާ ނިންމުންތަކުގެ ތެރެއިން ސެކްޝަންތަކަށް އަންގަންޖެހޭ ކަންތައްތައް އެންގުމާއި، ޢާއްމުކޮށް އަންގައި އިޢުލާނު ކުރަންޖެހޭ ކަންކަން އިޢުލާނުކުރުން.
  10. މުވައްޒަފުންގެ އިދާރީ މަސައްކަތްތަކަށް ބަދަލްގެނެވިއްޖެ ހިނދެއްގައި މުވައްޒަފުންގެ ވަޒީފާބަޔާން ހެދުން
  11. މުވައްޒަފުންގެ ފެންވަރުބަލާ ފޯމްތައް ކޮންމެ އަހަރެއްގެ ޖަނަވަރީ 15 ގެ ކުރިން ނިންމައި ޓާގެޓް ކަނޑައެޅުމަށް ސުޕަވައި ޒަރުންނާއި ޙަވާލުކުރުން
  12. ސުޕަވައިޒުކޮށް ބަލަހައްޓަންޖެހޭ މުވައްޒަފުންގެ A.P ފޯމް ކޮންމެ އަހަރެއްގެ ޖެނުއަރީ 25ގެ ކުރިން މާރކުސްދީ ނިންމައި A.P ފޯމްތައް ޒިންމާދާރު ވެރިޔާއާއި ޙަވާލުކުރުން
  13. ސުޕަވައިޒުކޮށް ބަލަހައްޓަންޖެހޭ މުވައްޒަފުންގެ A.P ފޯމްގައި ކޮންމެ އަހަރެއްގެ ޖެނުއަރީ 25 ގެކުރިން މުވައްޒަފުގެ މަސައްކަތު ޓާގެޓް ކަނޑައަޅައި ނިންމުން
  14. ކައުންސިލް އިދާރާގެ ކޮމްޕިއުޓަރތަކާއި، މުއާސަލާތީ ތަކެއްޗާއި، މެސެނަރީއާއި، އިކްއިޕްމަންޓްސްގެ މެއިންޓަނަންސްގެ ކަންތައްބެލެހެއްޓުމާއި، އެތަކެއްޗަށް ބޭނުންވާ ޕްރޮގްރާމްތައް ހޯދާ އަޕްގްރޭޑްކޮށް ބެލެހެއްޓުން
  15. ރަށުކައުންސިލްގެ ފަރާތުން ނަގަންޖެހޭ ފޮޓޯތައް ނެގުމާއި ފޮޓޯއަލްބަމުތައްބެލެހެއްޓުން
  16. ކައުންސިލް އިދާރާ ސެކިއުރިޓީކުރުން ފަރާތަކާއި ޙަވާލުކުރެވިފައިނުވާ ވަގުތުތަކުގައި ކައުންސިލުގެ ދިދަނަގާތިރިކުރުމުގެ އެންމެހައި ކަންކަންކުރަމުން ގެންދާގޮތް ބެލެހެއްޓުން
  17. އަދިމީގެ އިތުރުންވެސް ކައުންސިލްގެ ލަނޑުދަނޑިތައް ޙާޞިލްކުރުމުގެ ގޮތުން ކުރަ އަންގާ ކަންކަން ކުރުމާއި، ޙަވާލލުކުރެވޭ މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުޠުތައް:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

ނުވަތަ

  1. މަތީ ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކެންޑަރީ ސްކޫލު ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ނުވަތަ

ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދައްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން ސެންކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މި މާއްދާއިން ދައްވެގެން 'ސީ' ގްރޭޑް ލިބިފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ލިބިފައިވާ ތަޢުލީމާއި، ތަޖުރިބާއާއި، އިންޓަވިއުއަށް.

މަޤާމުގެ މަސައްކަތާގުޅޭ ދާއިރާތައް:

އޮފީސް އެޑްމިނިސްޓްރޭޝަން، އެކައުންޓިންގ އެންޑް ފައިނޭންސް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޕްލޭނިންގ އެންޑް ޕްރޮޖެކްޓްސް، ހިއުމަން ރިސޯސް މެނޭޖްމަންޓް، މަލްޓިމީޑިއަރ އެންޑް އެނިމޭޝަން، އިންފޯމޭޝަން ޓެކްނޮލޮޖީ، ލީޑަރޝިޕް މެނޭޖްމަންޓް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

1.     ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު

2.     ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3.     ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4.     ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

5.     ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

6.     ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

7.     ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.

8.     މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ަޒީފާއަށް އެދޭ ފޯމު ކޮޅުމަޑުލު ވިލުފުށީ ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަންގެ www.csc.gov.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2017 އޭޕްރިލް 20 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން، މިއިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް  ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ،[email protected]  އެވެ. ފެކްސް ނަންބަރަކީ، 6780701 އެވެ. އެޕްލިކޭޝަންފޯމާއެކުހުށަހަޅަންޖެހޭހުރިހާލިޔުންތައްހުށަހަޅާފައިނުވާނަމައެޕްލިކޭޝަންބާޠިލުކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2017 އޭޕްރިލް 23 އާއި 2017 އޭޕްރިލް 25 އާ ދެމެދު، ކޮޅުމަޑުލު ވިލުފުށީ ކައުންސިލް އިދާރާގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

މަޤާމަށް އައްޔަންކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު މާކްސްގެ ޖުމްލަ އިންސައްތަ، 30 (ތިރީސް އިންސައްތަ) އަށްވުރެ މަތިވާންޖެހޭނެއެވެ.

 

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6780701 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 6780701 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

 

11 އޭޕްރިލް 2017
ހޯދާ