މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

ޢިއުލާން

މި މިނިސްޓްރީގެ ބެލެނިވެރިކަމުގެ ދަށުން ތަންފީޒުކުރެވެމުންދާ "އެންހޭންސް އިންޓަގްރޭޓެޑް ފްރޭމްވާރކް" ޕްރޮގްރާމް (އީ.އައި.އެފް)ގެ ދަށުން، ތަންފީޒުކުރުމުންދާ ޕްރޮޖެކްޓުތަކުގެ ދަށުން ތިރީގައި މިދަންނަވާ މަޤާމްތަކަށް ލޯކަލް ކޮންސަލްޓަންޓުން ބޭނުންވެއްޖެއެވެ.

މަޤާމް: މެނޭޖަރ - ބިޒްނަސް ޕްރޯސަސް އެނަލިސްސް

އަދަދު : 01

ފެންވަރު ނުވަތަ ޝަރުތު:

  • ބިޒްނަސް، އައި.ޓީ ނުވަތަ ގުޅުން ހުރި ދާއިރާއަކުން ފުރަތަމަ ޑިގްރީ ޙާސިލްކޮށްފައިވުން.
  • ބިޒްނަސް ޕްރޯސަސް ދިރާސާކޮށް، ޕްރޯސަސް ރިއިންޖިނިއަރ ކުރަން އެގުން ނުވަތަ ގުޅުންހުރި ތަޖްރިބާ ލިބިފައިވުން. 
  • ބައިނަލް އަޤްވާމީ ވިޔަފާރީގެ މުޢާމަލާތްތައް ކުރާ ގޮތާއި، ދިވެހިރާއްޖެއަށް މުދާ އިމްޕޯޓް އަދި އެކްސްޕޯޓް ކުރުމާއި ބެހޭ ޤާނޫނުތަކާއި ގަވާއިދުތަކާއި އަމަލުކުރާ އުސޫލުތަކާއި ބެހޭ މަޢުލޫމާތު ހުރުން. 

ކޮމްޕިއުޓަރ ބޭނުންކުރަން އެނގުމާއިއެކު، ކޮމްޕިއުޓަރ ސޮފްޓްވެއަރކަމުގައިވާ އެކްސެސް، އެކްސެލް، ވިޒިއޯ، މައިކްރޯސޮފްޓް ޕްރޮޖެކްޓްފަދަ  ކޮމްޕިއުޓަރ ސޮފްޓްވެއަރ ބޭނުންކުރަން އެގުން.

މުސާރަ: 25,000 ދިވެހި ރުފިޔާ ( ހުރިހާ އިނާޔަތްތައް ހިމެނޭ ގޮތުގެ މަތިން)

ވަޒީފާގެ މުއްދަތު: ކޮންޓްރެކެޓްގައި ސޮއިކުރާ ދުވަހުން ފެށިގެން 31 ޖުލައި 2017 ގެ ނިޔަލަށް

މަޤާމް: ބިޒްނަސް ޕްރޯސަސް އެނަލިސްޓް

އަދަދު : 01

ފެންވަރު ނުވަތަ ޝަރުތު:

  • ބިޒްނަސް، އައި.ޓީ ނުވަތަ ގުޅުން ހުރި ދާއިރާއަކުން ފުރަތަމަ ޑިގްރީ ޙާސިލްކޮށްފައިވުން.
  • ބިޒްނަސް ޕްރޯސަސް ދިރާސާކޮށް، ޕްރޯސަސް ރިއިންޖިނިއަރ ކުރަން އެގުމާއި، އެ މަސައްކަތްކުރުމުގެ ތަޖްރިބާ ލިބިފައިވުން. 
  • ބައިނަލް އަޤްވާމީ ވިޔަފާރީގެ މުޢާމަލާތްތައް ކުރާ ގޮތާއި، ދިވެހިރާއްޖެއަށް މުދާ އިމްޕޯޓް އަދި އެކްސްޕޯޓް ކުރުމާއި ބެހޭ ޤާނޫނުތަކާއި ގަވާއިދުތަކާއި އަމަލުކުރާ އުސޫލުތަކާއި ބެހޭ މަޢުލޫމާތު ހުރުން. 
  • ކޮމްޕިއުޓަރ ބޭނުންކުރަން އެނގުން.

މުސާރަ: 22,000 ދިވެހި ރުފިޔާ ( ހުރިހާ އިނާޔަތްތައް ހިމެނޭ ގޮތުގެ މަތިން)

ވަޒީފާގެ މުއްދަތު: ކޮންޓްރެކެޓްގައި ސޮއިކުރާ ދުވަހުން ފެށިގެން 31 ޖުލައި 2017 ގެ ނިޔަލަށް

 

މަތީގައި އިއުލާންކުރެވިފައިވާ ކޮންސަލްޓަންސީއާއި ގުޅޭ ޓާރމްސް އޮފް ރެފަރެންސް މި މިނިސްޓްރީގެ ވެބްސައިޓް http://www.trade.gov.mv އިން ޑައުންލޯޑުކުރެވޭނެއެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމުން ލިބިވަޑައި ގަންނަވާނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން: މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ނުވަތަ މިނިސްޓްރީއިން ކަނޑައަޅާ މަސައްކަތާއި ގުޅުން ހުރި އެހެން ސަރުކާރުގެ އިދާރާއެއް.

މަސައްކަތް ކުރަންޖެހޭ ގަޑި: ރަސްމީ ބަންދުނޫން ދުވަސްތަކުގެ ހެނދުނު 8:00 ން މެންދުރުފަހު 4:00 އަށް ( އެއް ގަޑި އިރު ގެ ހުސްވަގުތުކޮޅަކާއެކު.

ވަޒިފާއަށް ކުރިމަތިލުމުގެ ސުންގަޑި: ވަޒީފާއަށް އެދި ސިޓީ ފޮނުވުމުގެ އެންމެ ފަހުގެ ތާރީޚަކީ 20  އޭޕްރީލް ވާ ބުރާސްފަތި ދުވަހުގެ 13:00 އެވެ. ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން، ސީ.ވީ، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާރޑުގެ ކޮޕީ، ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ އަދި ކުރިން މަސައްކަތްކޮށްފައިވާ ތަންތަނުގެ ރެފަރެންސް ސިޓީ، މި މިނިސްޓްރީގެ ހިއުމަން ރިސޯސް ޔުނިޓަށް އެޑްރެސްކޮށް ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި އެޕްލައިކުރައްވާ މަޤާމްގެ ނަމާއި "EIF Project – Tier 1" މިހެން ލޭބަލްކުރެވިފައި އޮންނަންވާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ ދުވަސްދުވަހު 08:00 – 13:00 ދެމެދު 3333139 އަށް ގުޅުއްވައި ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. 

 

11 އޭޕްރިލް 2017
ހޯދާ