މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
މެނޭޖަރ

 

ވަޒީފާގެ ފުރުޞަތު

 

މި އޮފީހުން މެއިންޓެނަންސް އޮފިސަރގެ މަޤާމަށް މުވައްޒަފަކު ބޭނުންވެގެން ކުރެވުނު ނަންބަރު IUL)22-TF/1/2017/30) ، (27 މާރިޗު 2017) އިޢުލާނަށް، އެކަށީގެންވާވަރަށް ކުރިމަތިލާފައިނުވާތީ، މި މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލީމެވެ. 

  • މަޤާމް:                މެނޭޖަރ
  • ބޭނުންވާ އަދަދު :          01                      
  • މުސާރަ : މަހަކު          -/18,000 ރުފިޔާ
  • ސާރވިސް އެލަވަންސް :      މަހަކު -/2,500 ރުފިޔާ
  • ފޯން އެލަވަންސް :         މަހަކު -/350 ރުފިޔާ
  • ވަޒީފާއޮތް އޮފީސް :         ތަޢުލީމީ ފަންޑު / މިނިސްޓްރީ އޮފް އެޑިޔުކޭޝަން
  • ގިންތި  :              ކޮންޓްރެކްޓް (2 އަހަރު)
  • ވަޒީފާއަދާކުރާ ސެކްޝަނާއި ތަން : މިނިސްޓްރީ އޮފް އެޑިޔުކޭޝަން / ތަޢުލީމީ ފަންޑު ، މާލެ  

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް :

  • ތަޢުލީމީ ފަންޑު މެނޭޖްކޮށް ބެލެހެއްޓުން 
  • ފަންޑުގެ ޤަވައިދުތައް ތައްޔާރުކުރުމާއި ޤަވާއިދުތައް ފާސްކުރުމުގެ މަސައްކަތް ހިންގައި ބެލެހެއްޓުން    
  • އަހަރީ އެކްޝަން ޕްލޭނާ އެއްގޮތަށް ފަންޑު ދިރުވުމަށް ބޭނުންވާ މަޝްރޫޢުތައް ހިންގައި ބެލެއްޓުން
  • އަހަރީ މާލީ ހިސާބުތައް ބަލައި ދިރާސާ ކުރުމާއި، ބޮޑެތި ކެޕިޓަލް ޚަރަދުތަކާއި އިންވެސްޓްމަންޓްތައް ބަލައި ދިރާސާކޮށް ފަންޑު ކޮމިޓީއަށް ބޭނުންވާ ރިޕޯޓްތައް ތައްޔާރުކުރުން   
  • އަހަރީ ބަޖެޓް ތައްޔާރުކުރުމުގެ މަސައްކަތް ހިންގައި ބެލެހެއްޓުން
  • ފަންޑުގެ އަހަރީ ރިޕޯރޓް ތައްޔާރުކުރުމުގެ މަސައްކަތް ހިންގައި ބެލެހެއްޓުން.
  • ފަންޑުގެ އަހަރީ އޮޑިޓް ކުރުވުމާއި، އޮޑިޓް ރިޕޯޓް ތައްޔާރުކުރުމުގެ މަސައްކަތް ހިންގައި ބެލެހެއްޓުން.
  • ފަންޑުގެ މުދަލާއި ފައިސާއާބެހޭ މުޢާމަލާތްތަކުގައި ފިނޭންސް މިނިސްޓްރީ އާ ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތް  ހިންގައި ބެލެހެއްޓުން.
  • ތަޢުލީމީފަންޑުގެ މުވައްޒަފުންގެ މަސައްކަތްތައް ހިންގައި ބެލެހެއްޓުން.   
  • ފަންޑުގެ ޚަރަދާއި އާމްދަނީގެ ރިޕޯޓްތައް ތައްޔާރުކުރުމުގެ މަސައްކަތްތައް ހިންގައި ބެލެހެއްޓުން.
  • ފަންޑު ދިރުވައި ތަރައްޤީ ކުރުމަށް ބޭނުންވާ ކަންކަމުގެ ފީސިބިލިޓީ ރިޕޯޓް ތަކާއި ޕްރޮޕޯޒަލްތައް ތައްޔާރުކުރުން.
  • އޮފީހުން ރާވައި ހިންގާ އެކިއެކި މަސައްކަތްތަކުގައި ބައިވެރިވެ އެމަސައްކަތްތައް ކުރުން.   

ޝަރުތު :                                              

  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ފައިނޭންސް/ މެނޭޖްމަންޓް/ ބިޒްނަސް ދާއިރާ އިން މާސްޓަރސް ޑިގްރީ ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ފައިނޭންސް/ މެނޭޖްމަންޓް/ ބިޒްނަސް ދާއިރާ އިން ޑިގްރީ އެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި 5 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމުގައި ބެލޭނެ ކަންތައްތައް

  • ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން
  • ޓްރަސްޓް ފަންޑު ނުވަތަ މިފަދަ އެހެން ފަންޑުތައް ހިންގައި ބެލެހެއްޓުމުގައި ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން
  • މަސައްކަތް ކުރުމުގެ ހުނަރާއި ޤާބިލްކަން ސާބިތުކޮށްދިނުމަށް ހުށަހަޅައިދޭ ޕްރެޒެންޓޭޝަނަށް ބަލައިގެން
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން
  • މަސައްކަތުގައި ބޭނުންކުރަންޖެހޭ ސޮފްޓްވެއަރ ތަކާއި ކޮންޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރަށް ބަލައިގެން                        

އިންޓަރވިއު ކުރުން އަދި ޕްރެޒެންޓޭޝަން ހުށަހެޅުން .

  • އިންޓަރވިއުއަށް އަދި ޕްރެޒެންޓޭޝަނަށް ދެންނެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާ އަށް ބަލައި ޝޯޓްލިސްޓް ކުރުމަށްފަހު ހޮވޭ ފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މި މިނިސްޓްރީގެ ތަޢުލީމީ ފަންޑުގެ އިދާރާގެ ކައުންޓަރުން (އެދުރުހިޔާ 9 ވަނަ ފަންގިފިލާ އިން) ލިބެން ހުންނާނެއެވެ. އަދި ތަޢުލީމީ ފަންޑުގެ ވަޒީފާއަށް އެދޭ ފޯމް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ވެބްސައިޓް  www.moe.gov.mv  އިން ޑައުންލޯޑު ކުރެވޭނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
  3. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  4. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ :

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިންބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ 

(ށ) ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

(ނ)  ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  2. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ކޮޕީއެއް ( އަސްލާ އެއްގޮތް ކަމަށް ސަރުކާރުގެ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ )

ތަކެތި ހުށަހަޅަންޖެހޭ އޮފީހާއި ހުށަހަޅަންޖެހޭ ތާރީޚާއި ގަޑި :

  • މިވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަން / ތަޢުލީމީ ފަންޑުގެ އިދާރާ ، އެދުރުހިޔާ  9 ވަނަ ފަންގިފިލާ ގެ ކައުންޓަރަށެވެ.
  • ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 17 އޭޕްރިލް 2017 ވަނަ ދުވަހުގެ 13:30 އެވެ.
  • ނޯޓް:  
  1. މި އިއުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ޕްރެޒެންޓޭޝަން އާއި އިންޓަރވިއު އަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ގާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައި ދެވޭނެއެވެ.
  2. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި މިނިސްޓްރީގެ ނަންބަރު 3341227 ފޯނަށް ގުޅުއްވުން އެދެމެވެ. 

 

11 އޭޕްރިލް 2017
ހޯދާ