ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު

މި އިދާރާގެ މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު:

J -228186

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ޖީ.އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ސެކްޝަން:

ކޯޕަރޭޓް އެފެއާޒް

މަޤާމް އޮތް އޮފީސް:

ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ/ހދ. ވައިކަރަދޫ

މުސާރަ:

-/4465ރ (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ)

ސަރވިސް އެލެވަންސް:

-/1500ރ (އެއްހާސް ފަސްސަތޭކަ ރުފިޔާ)

އިތުރު ޢިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލް އިދާރާއަށް ބޭރުންލިބޭ ތަކެތި ބަލައިގަނެ އެތަކެތި ހުޅުވައި އެންޓްރީ ސިސްޓަމްގައި ރަޖިސްޓްރީކުރުމާއި އިދާރާއިން ބޭރަށް ފޮނުވަންޖެހޭ ތަކެތި، އެތަކެތި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  2. އިދާރާއަށް އަންނަ ލިޔެކިޔުންތަކާއި އިދާރާއިން ބޭރަށް ފޮނުވާ ލިޔެކިޔުންތަކުގެ ކޮޕީ ފައިލްކޮށް ފައިލިންގ ސިސްޓަމް ޤަވާޢިދުން ބެލެހެއްޓުމާއި ފައިލިންގ ސިސްޓަމުން ހޯދަންޖެހޭ ލިޔެކިޔުންތައް ބޭނުންވެއްޖެ ހާލަތެއްގައި ހޯދާ ފޮޓޯކޮޕީ ނަގައި އެ ބޭނުންވާ ޔުނިޓަކަށް ޙަވާލުކުރުން.
  3. އެކި ޔުނިޓުތަކަށް ފޮނުވަންޖެހޭ މެމޯ ޑިރެކްޓަރުގެ އިރުޝާދުގެ މަތިން ތައްޔާރުކޮށް އެ ޔުނިޓާއި ޙަވާލުކުރުމާއި، ފުރަންޖެހޭ ފޯމްތައް ޑިރެކްޓަރުގެ އިރުޝާދުގެ މަތިން ފުރުން.
  4. އަންނަ ފޯންކޯލްތަކަށް ޖަވާބުދިނުމާއި އެކި އެކި ކަންކަމާ ގުޅޭ ރަގަޅު މާއުލޫމާތު ފޯރުކޮށްދެވޭނެ ފަރާތަކަށް ފޯންކޯލްތައް ޕާސްކުރުން.
  5. ޔުނިޓަށް ބޭނުންވާ ތަކެތީގެ ސްޓޮކް ހޯދާ ބެލެހެއްޓުން.
  6. ޔުނިޓަށް ބޭނުންވާ ލިޔެކިޔުންތައް ފޮޓޯކޮޕީ ނެގުމާއި، ބައިންޑް ކުރަންޖެހޭ ލިޔެކިއުންތައް ބައިންޑްކުރުމާއި ފެކްސްކުރަންޖެހޭ ލިޔެކިޔުންތައް ފެކްސްކުރުމާއި ބައެއްކަހަލަ ލިޔެކިޔުންތައް ފޯމެޓްކުރުން.
  7. އިދާރާއަށް އަންނަ މެހްމާނުން ބަލައިގަނެ ބައްދަލުކުރަން އަންނަ ފަރާތާ ބައްދަލުކުރުވުމުގެ އިންތިޒާމް ހަމަޖެއްސުން.
  8. އިދާރާއިން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، މަޤާމުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

މަޤާމުގެ ޝަރުޠުތައް:

1. އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް ، އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2.  ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކެންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

ދާއިރާ

ބެލޭނެ ބައިތައް

ދެވޭނެ އެންމެ މަތީ މާރކްސް

އިންސައްތަ (%)

ތަޢުލީމާއި ތަމްރީން

ލިބިފައިވާ އިތުރު ތަޢުލީމު

60

25.5

ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީން

30

12.5

އިމްތިޙާން

"ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާން"

12

5

މަސައްކަތުގެ ތަޖުރިބާ

ވަޒީފާއާ ގުޅޭ ތަޖުރިބާ

23

10

އެހެނިހެން ތަޖުރިބާ

10

4

ލިބިފައިވާ ހުނަރު

އިންޓަރވިއު / ޕްރެކްޓިކަލްސް

100

43

ޖުމްލަ

235

100

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު ވައިކަރަދޫ ކައުންސިލްގެ އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓު  www.csc.gov.mvއިން މިފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ .މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2017 އޭޕްރިލް 20 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން، ވައިކަރަދޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. ފެކްސް ނަންބަރަކީ، 6520556 އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ. 

 

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ،  2017 އޭޕްރިލް 23 އާއި 2017 މެއި 02 އާ ދެމެދު، ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލުގެ އިދާރާގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

ޝޯޓް ލިސްޓްކުރުން:

 

މިވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

މި މަޤާމަށް މީހުން ހޮވުމަށް ކަނޑައެޅިފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމްލަ %30 (ތިރީސް އިންސައްތަ) އަށްވުރެ މަތިވާންޖެހޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6520046 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 6520556 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

11 އޭޕްރިލް 2017
ހޯދާ