ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ބަދަލާއި ގުޅޭ

މިރަށު "ކާނިހިޔާ" އެވެ ކިޔާ ބަންޑާރަ ގޯއްޗާއި އޮޅުގޭ ޒައިދު އިސްމާޢީލް ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯއްޗާއި ދެމެދު އިރުން ހުޅަގަށް އޮންނަ މަގުގައި ހުރި މިކައުންސިލުން 1 އިން 2 އަށް ނަންބަރ ޖަހާފައިވާ ރުއްގަހުގެ ވެރި ފަރާތްތަކަށް އެ ރުއްގަހުގެ ބަދަލުދީ ނިންމަން ބޭނުންވެއެވެ.

ވީމާ، މަގުގައި ހުރި ރުއްގަހުގެ ( މިކައުންސިލުން ޖަހާފައިވާ ނަންބަރ 1 އިން 2 އަށް ) ވެރިފަރާތްތަކުން އެމީހެއްގެ ރުކުގެ ޢަދަދު (ވަށައިގަންނަ ވަކަރުލާ މޮޅު، ފޯދުނު މެދުމިނުގެ، ފޯދުނު ދެރަ، ނުފޯދޭ ބޮޑު، ނުފޯދޭ މެދުމިނުގެ އަދި ނުފޯދޭ ކުޑަ)  އެގޭނޭ ގޮތަށް 20 އެޕްރީލް 2017 ވާ ބުރާސްފަތި ދުވަހު އޮފީސް ބަންދުވުމުގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާއިއެކު އެސަރަޙައްދުގެ ޗާޓެއް ޢާންމު ކުރީމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.                                     

13 ރަޖަބު  1438

10 އޭޕްރިލް 2017
ހޯދާ