މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ހެލްތުގެ ރިސެޕްޝަން އޭރިއާ މަރާމާތު ކޮަށްދޭނެ ފަރާތެއް ބޭނުންވެއްްެއެވެ.

                          އިޢުލާން

 

          މިނިސްޓްރީ އޮފް ހެލްތުގެ ރިސެޕްޝަން އޭރިއާ މަރާމާތު ކުރުމާއި އިންޓީރިއަރ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް 31 ޖަނަވަރީ 2017ގައި ކުރެވުނު ނަންބަރު 19/2017/23/AP-23 (IUL) އިޢުލާނާ ގުޅިގެން މިމިނިސްޓްރީއިން ދޫކޮށްފައިވާ ބިލް އޮފް ކުއަންޓިޓީ އަދި އެމެންޑްމަންޓްގައި ފުށޫއެރުންތަކެއް ހުރިކަމަށް ފާހަގަކުރެވޭތީ އެ އިޢުލާނު ބާޠިލުކޮށް އަލުން ފުރުޞަތު ހުޅުވާލީމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 2017 އޭޕްރިލް 16 ވާ އާދީއްތަ ދުވަހުގެ ހެނދުނު 09:30 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2017 އޭޕްރީލް 23 ވާ އާދީއްތަ ދުވަހު ހެނދުނު 09:30 އަށް މި މިނިސްޓްރީގެ 7 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 

 

13 ރަޖަބު 1438

10 އޭޕްރިލް 2017
ހޯދާ