ދިވެހިރާއްޖެ
ނަންބަރ: (IUL)22-G/22/2017/19
އިޢުލާން
މަޖީދިއްޔާ ސްކޫލުގެ މެދުޒިޔާރަތް މަގާވީ ފަޅީގެ ވަށާފާރު ތަޅާލައި އައު ފާރެއް ރޭނުމަށް
މި މިނިސްޓްރީއިން ދޭ މަޢުލޫމާތާ އެއްގޮތްވާ ގޮތުގެ މަތިން އަމިއްލަ ތަކެތީގައި މަޖީދިއްޔާ ސްކޫލްގެ މެދުޒިޔާރަތް މަގާ ވީ ފަޅީގެ ވަށާފާރު ތަޅާލައި އައު ފާރެއް ރޭނުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި މިނިސްޓްރީގެ މީޓިން ރޫމް 1 (ވެލާނާގެ 9 ވަނަ ފަންގިފިލާ) ދުރުވެ މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެލެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މިކަމަށް އެދި ހުށަހަޅުއްވާ ސިޓީ އުރައިގެ ބޭރުގައި " މަޖީދިއްޔާ ސްކޫލް ވަށާފާރު ތަޅާލައި އައު ފާރެއް ރޭނުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ.
މަޢުލޫމާތު ސާފުކުރުން |
އަންދާސީ ހިސާބު ހުށަހެޅުން |
18 އެޕްރީލް 2017 ވާ އަންގާރަ ދުވަހު 11:00 އަށް |
25 އެޕްރީލް 2017 ވާ އަންގާރަ 11:00 އަށް |
މިމަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު ނަންބަރ (2014/18)ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު ނަންބަރ (2014/19)ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގަޔާއި، ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ބޭފުޅަކަށްވެސް ތަމްސީލުކުރެވޭނީ 1 ފަރާތެވެ. މަޢުލޫމާތު ސާފުކުރުމަށް ނާންނަ ފަރާތްތަކުން ހުށަހަޅާ ބީލަމާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބީލަން ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ރަސްމީ ގަޑީގައި 3341136 ނުވަތަ 3341126 ފޯނަށް ގުޅުއްވުން އެދެމެވެ.
13 ރަޖަބު 1438
10 އެޕްރިލް 2017