ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުލްއިޢުތިޒާޒްގައި ކާޕެޓް އަޅައިދޭނެ ފަރާތެއް ހޯދުން

މިރަށު މަސްޖިދުލްއިޢުތިޒާޒްގައި ކާޕެޓް އެޅުމަށް ބޭނުންވެއެވެ.

ވީމާ، މިއިދާރާއިންދޭ މަޢޫލޫމާތާ އެއްގޮތަށް މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 13 އޭޕްރީލް 2017 ވާ ބުރާސްފަތިދުވަހުގެ 10:30 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 17 އޭޕްރީލް 2017 ވާ ހޯމަދުވަހުގެ 10:30 އަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް އެކަނިކަމުގައި ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ވިޔަފާރި ރަޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީ ގެންނަވަންވާނެއެވެ. ބަދަލުގައި އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާނަމަ ކުންފުނި/ އިންވެސްޓްމަންޓްގެ ރަޖިސްޓްރޭޝަން ސެޓްފިކެޓާއި ކުންފުނި/ އިންވެސްޓްމަންޓްގެ ރަސްމީ ލިޔުން، ވަޑައިގަންނަވާ ފަރާތުގެ ދިވެހިރައްޔިތެއްކަންއަންގައިދޭ ކާޑުގެ ކޮޕީއެއް މިއިދާރާއަށް ހުށަހަޅަން ވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި އަންދާސީހިސާބު ހުށަހަޅުއްވާ މަސައްކަތުގެ ނަމާއި ހުށަހަޅުއްވާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.                                                

މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

12 ރަޖަބު  1438

09 އޭޕްރީލް 2017

09 އޭޕްރިލް 2017
ހޯދާ