ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
އެއަރކޮންޑިޝަން ސެޓް މި އޮފީހަށް ގެނެސް، ހޮޅިބައި އަޅައި އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާނު

އެއަރކޮންޑިޝަން ސެޓް މި އޮފީހަށް ގެނެސް، ހޮޅިބައި އަޅައި އިންސްޓޯލް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

މިއޮފީހުގެ ބޭނުމަށް 1 އެއަރކޮންޑިޝަން ސެޓް، މި އޮފީހަށް ގެނެސް، އިންސްޓޯލް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށްކުރި، މިއޮފީހުގެ ނަންބަރު (IUL)1-FA(B)/1/2017/16  30 މާރިޗު 2017 އިޢުލާނާ ގުޅިގެން، އެއްވެސްފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެ އިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނުކުރަމެވެ.  

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2017 އެޕްރީލް 12 ވާ ބުދަ ދުވަހުގެ 11:00 އަށް މިއޮފީހަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 2017 އެޕްރީލް 16 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މިއޮފީހަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.

 12 ރަޖަބު 1438

 

 

 

09 އޭޕްރިލް 2017
ހޯދާ