މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަސްމާދޫ މަސްޖިދުލް ސަލާމް މިސްކިތައް ވަގުތީ މުވައްޒަފަކު ހޮވުމަށް

                                                                     ނަންބަރ: (IUL)306/306/2017/20

      

އިޢުލާން

ވަޒީފާގެ ފުރުޞަތު

މިސްކިތްތަކުގެ ދާއިމީ މުވައްޒަފުން ޗުއްޓީނެގުމުން، އަދި ސަލާމް ބުނުމުން ނުވަތަ އާއިލާ ޒިންމާ ޗުއްޓީނެގުމުން ނުވަތަ ދާއިމީ މުވައްޒަފަކު ވަޒީފާއިން ވަކިވުމުން އެ މަޤާމަށް މުވައްޒަފަކު ހަމަޖެއްސުމަށް ނަގާ މުއްދަތުގައި، ވޭޖް އެމްޕްލޯއިމަންޓް އުޞޫލުގެ ދަށުން  މިސްކިތުގައި މަސައްކަތްކޮށްދެއްވާނެ ފަރާތްތަކެއް ހޯދަން ބޭނުންވެއްޖެއެވެ.

 

މަޤާމް

އިމާމު / މުދިމު (ވަގުތީ)

ބޭނުންވާ ޢަދަދު

މުދިމު/ އިމާމް: (1) އެކެއް (އަންހެން)

 

މުހިއްމު ނޯޓް:

މި މަސައްކަތް ކޮށްދިނުމަށް އެދޭ ފަރާތްތަކުގެ ލިސްޓެއް އެކުލަވާލުމަށްފަހު، މަސައްކަތް ހަވާލުކުރާނީ އެފަރާތްތަކާއެކު ވެވޭ އެއްބަސްވުމެއްގެ ދަށުން، މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްއިން ޕޫލްއެއް އެކުލަވާލުމަށްފަހުއެވެ. އެގޮތުން މިސްކިތްތަކުން ހުސްވާ މަޤާމްތަކަށް ބަދަލުގައި ނިކުންނާނެ މުވައްޒަފަކު ހަމަޖައްސާނީ މި ޕޫލްގެ ތެރެއިންނެވެ. މިއީ ވޭޖް އެމްޕްލޯއިމަންޓް އުޞޫލުން މަސައްކަތް ކުރައްވަންޖެހޭ މަޤާމްތަކަކަށްވާތީ، އުޖޫރަ ހަމަޖެހޭނީ، މަސައްކަތް ކުރާ ގަޑިއިރަކަށް މަހު މުސާރަ އާއި އެލަވްންސް ޖެހޭ މިންވަރަށް އުޖޫރަ ދޭ އުޞޫލުންނެވެ.

މަޤާމް އޮތް އޮފީސް

މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ

ސެކްޝަން

މުނިސިޕަލް ސަރވިސް ސެކްޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން

 

މަސްޖިދުލް ސަލާމް / ރ. ރަސްމާދޫ

މަޤާމް

ރޭންކް

ކްލެސިފިކޭޝާން

ޝަރުޠު

މަހު މުސާރަ

މަހަކަށް ސަރވިސް އެލަވަންސް

މުދިމް

 

 

 

 

 

 

 

 

ޖީ.އެސް 1

 

 

 

 

 

 

 

 

އެސިސްޓެންޓް އޮފިސަރ ގްރޭޑް 1

 

 

 

 

 

 

 

 

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބތު ކޮށްދިނުމާއިއެކު،

  • އިމާމުވެ ނަމާދުކުރަން އެނގޭ މީހެއްތޯ ބެލުމާއި، އަދި އިމާމުވެ ނަމާދު ކުރެވޭވަރަށް ތަޖުވީދު މަގުން ކީރިތި ޤުރުއާން ކިޔަވަން އެނގޭތޯ ބެލުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ދެވޭ ފެންވަރު ބެލުމުގެ އިމްތިޙާނުން ފާސްވެފައިވުން، ނުވަތަ
  • ހުކުރު ކުރުމުގެ ހުއްދަ ލިބިފައިވުން

3565.00

 

 

 

 

 

 

 

 

1500.00

 

 

 

 

 

 

 

 

 

މަގާމުގެ މައިގަނޑު މަސްއޫލިއްޔަތު

  1. ކޮންމެ ނަމާދެއްގެ ގަޑި ޖެހުމުގެ ކުރިން މިސްކިތަށް ގޮސް މިސްކިތުގެ ކަންތައް ބަލައި ރަނގަޅުކުރުމާއި ފަރުޟު ފަސް ނަމާދުގެ ޤަމަތް ދީ  އިމާމުވެ ނަމާދުކުރުން
  2. މިސްކިތަށް ލިބެމުންދާ ގެއްލުންތަކާއި ދަތިވާ ކޮންމެ ކަމެއް ރަށު އޮފީހަށް އަންގައި އެކަން ރަގަޅު ކުރެވޭތޯ ބެލުން
  3. ރަށު އޮފީހުން އަންގައިފި ހިނދެއްގައި މަރުވާމީހުންގެ ކަށުކަމާކެމީގެ ކަންތައް ކުރުން
  4. ރަމަޟާން މަހުގައި މިސްކިތުގައި އިމާމުވެ ތަރާވީޙުގައި ނަމާދުކުރުން
  5. ޢިމާމުވެ ޢީދު ނަމާދުކުރުން
  6. ޢިމާމުވެ ކަށު ނަމާދާއި ކޭތަ ނަމާދު ކުރުން
  7. އޮފީހުން ކުރިއަށްގެންދާ ޙާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންކަން ކުރުން

މަގާމުގެ މައިގަނޑު މަސްއޫލިއްޔަތު

-          ކޮންމެ ނަމާދު ގަޑިއެއްގެ 15 މިނެޓް ކުރިން މިސްކިތަށް ހާޟިރުވެ،މިސްކިތްތެރެ ފޮޅާ ސާފުކުރުން، އަދި ނަމާދު ވަގުތު ނިމުމުން މިސްކިތްތެރެ ފޮޅާ ސާފުކުރުން

-          މިސްކިތު އެތެރެއާއި ބޭރު ފޮޅާ ސާފުކޮށް ބެލެހެއްޓުން

-          މިސްކިތު ފާހަނާތަކާއި އާއި އިސްކުރުބަރި ސާފުކޮށް ބެލެހެއްޓުން

-          މިސްކިތުގެ ދޮރުތަކާއި، ފަންކާތަކާއި، ކަބަޑްތައް ފޮޅައި ސާފުކޮށް ބެލެހެއްޓުން

-          އަދި މިނޫންވެސް މިސްކިތް ސާފުކޮށް ބެލެހެއްޓުމުގެ އެންމެހާ ކަންކަން ކުރުން.

 

 

 

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުން ހުށަހަޅާ ލިޔުންތަކަށާއި، ހުނަރަށް ބަލައި ރޭންކް ކުރެވޭނެއެވެ. އެގޮތުން ރޭންކް ކުރުމުގައި ބެލޭނެ ކަންތައްތަކަކީ؛

1-      ލިބިލައްވާފައިވާ ތައުލީމާއި ތަމްރީން

2 - ލިބިލައްވާފައިވާ މަސައްކަތު ތަޖުރިބާ

3 - މަސައްކަތުގެ ހުނަރާއި ،ޤާބިލްކަމާއި ،ފެންވަރާއި ، ބޭނުންވާ ސިފަތައް

 

ހުށަހަޅަންޖެހޭ ލިޔުންތައް:

01-  ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް . އެޕްލިކޭޝަން ފޯމު ރަސްމީ ގަޑީގައި ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ.

02-    ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

03-   ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓް ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

04-    މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

05-  ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.

މަގާމަށް އެދެންވީ ގޮތާއި ސުންގަނޑި:

12 އޭޕްރީލް 2017 ވާ ބުދަ ދުވަހުގެ މެންދުރު ފަހު 13:30 ގެ ކުރިން މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ އަށް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯދެއްވުމަށް ގުޅުއްވާނީ މިއިދާރާގެ ނަންބަރު: 6580049 ފޯނާއެވެ.

               

             ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.              

                      05 އޭޕްރިލް  2017

                                                                              މަރްޔަމް އަމީރާ

      އެސިސްޓެންޓް ޑިރެކްޓަރ

06 އޭޕްރިލް 2017
ހޯދާ