މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިން މަޤާމަށް މީހުން ބޭނުންވެއްޖެ

މަޤާމް :އެޑްމިނިސްޓްރޭޓިވް އޮފިސަރ
ބޭނުންވާ އަދަދު :1

މަޤާމުގެ ނަމްބަރު:       221464

މަޤާމް ގިންތި:          ދާއިމީ

މަޤާމް ރޭންކް:         ޖީ.އެސް 4 ( އޮފިސަރ ގްރޭޑް 2 )

މަޤާމް ކްލެފިކޭޝަން:     އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ސެކްޝަން:           ކޯޕަރޭޓް އެފެއާޒް

މަޤާމް އޮތް އޮފީސް:     ރ. އަތޮޅުކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް: މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ / ރ. އުނގޫފާރު

މުސާރަ:             5020.00  ރުފިޔާ

ސަރވިސް އެލަވަންސް:    1500 ރުފިޔާ

އިތުރު އިނާޔަތްތައް:      1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

                  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

                  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

1-      ރަށު ކައުންސިލްތަކުން ބިމާއިބެހޭ ޤާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން ހޯދާ ބިންބިމާއި ފަޅާއި ފަރު ފަދަ ތަންތަން ކުއްޔަށް ދޫކުރުމާއި އިންވެސްޓްކުރުމާއި އިންވެސްޓްމަންޓްތައް މިލްކް ކުރެވެމުން ދާގޮތްބަލާ މޮނިޓަރ ކުރުން

2-      ޤައުމީ އިދާރާއިން ރަށު ކައުންސިލްތަކާއި ޙަވާލުކުރައްވާފައިވާ ފަޅާއި ބިން ކުއްޔަށް ދޫކުރެވެމުން ދާގޮތާއި ދެމުންދާގޮތްބަލާ މޮނިޓަރ ކުރުން.

3-      ރަށު ކައުންސިލް ތަކުން ދޭ ޚިދުމަތްތަކާއި ހެދޭ ޤަވާޢިދާއި  އެއްގޮތްވާ ގޮތުގެމަތިން ކަނޑައެޅޭ ފީތައް ކައުންސިލްތަކުގެ މެދުގައި ހަމަހަމަ އުޞޫލަކުން ނެގުމުގެ ނިޒާމް އެއްގޮތްކޮށް ހިންގުވުމަށް މޮނިޓަރކޮށް ބެލެހެއްޓުން.

4-     ރަށްރަށުގައި ހިންގަމުންދާ ޕްރޮޖެކްޓްތަކުގެ މަޢުލޫމާތު އެއްކޮށް ބެލެހެއްޓުން

5-    ޑީ.އެން.ޕީ ގެ ތަފާސްހިސާބާއިބެހޭ ޑިވިޝަނަށް މަސައްކަތް ހިނގާގޮތުގެ މަޢުލޫމާތުދީ ޤަވާޢިދުން ރިޕޯރޓްކުރުމާއި ކަމާއިބެހޭ ބައްދަލުވުން ތަކުގައި ބައިވެރިވުން.

6-   އަތޮޅާއި ރަށުފެންވަރުގައި ތަފާސްހިސާބު އެއްކުރުމުގެ މަސައްކަތް ޢަމަލީގޮތުން ސްޕަވައިޒް ކުރުމަށްޓަކައި އަތޮޅުގެ ރަށްރަށަށް ދަތުރު ކުރުން.

7-                  ކައުންސިލް އިދާރާއިން ކުރިޔަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.       

 

 

މަޤާމުގެ ޝަރުތުތައް:

1-      މަގާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

                  

2-      މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން " އީ " ގްރޭޑް ލިބިފައިވުމާއެކު އޭގެ އިތުރުން ހަޔަރ ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި " ދިވެހި " މި މާއްދާއިން ދަށްވެގެން " ސީ " ގްރޭޑް ލިބިފައިވުން.

 

3-      ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން " ޑީ " ގްރޭޑް ލިބިފައި، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި " ދިވެހި " މި މާއްދާއިން ދަށްވެގެން " ސީ " ގްރޭޑް ލިބިފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

ވަޒީފާއަށް އެންމެ ޤާބިލު މީހަކު ހޮވުމަށް ބެލޭނެ ކަންތައްތައް:

 

1-   އިންފޮމޭޝަން  އަދި ޓެކްނޮލަޖީގެ ދާއިރާއިން ސެޓްފިކެޓް ހާޞިލްކޮށްފައިވުން.

2-   ހިޔުމަންރިސޯސް މެނޭޖްމަންޓް ދާއިރާއިން ސެޓްފިކެޓް ހާޞިލްކޮށްފައިވުން.

3-   ބިޒްނަސްގެ ދާއިރާއިން ސެޓްފިކެޓް ހަޞިލްކޮށްފައިވުން.

4-   ޕަބްލިޝް އެޑްމިނިސްޓްރޭޝަން ދާއިރާއިން ސެޓްފިކެޓް 

5-   އެކައުންޓިންގ ދާއިރާއިން ސެޓްފިކެޓް ހާޞިލްކޮށްފައިވުން.

މަޤާމް :ފަޅުވެރި
ބޭނުންވާ އަދަދު :2

ސަރވިސް :          ސަޕޯޓް ސަރވިސް

ރޭންކް:              އެސް.އެސް 4

ކްލެފިކޭޝަން          ސަޕޯޓް ސްޓާފް ގްރޭޑް 4

ޔުނިޓް:              އެޑްމިނިސްޓްރޭޝަން ހިޔުމަން ރިސޯސް އެންޑް އިންފޮމޭޝަން

ސެކްޝަން            ކޯޕަރޭޓިވް އެފެއާޒް

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް: މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ / ރ. އުނގޫފާރު

މަޤާމުގެ ގިންތި        ދާއިމީ

މުސާރަ:            4،340 ރުފިޔާ

ސަރވިސް އެލަވަންސް:  1000.00 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:  ދަތުރު އެލަވަންސާއި އިތުރުގަޑީގައި މަސައްކަތް  ކޮށްފިނަމަ  އިތުރުގަޑީގެ ފައިސާއާއި ބަންދު ދުވަސްތަކުގައި މަސައްކަތް ކޮށްފިނަމަ ބަންދު ދުވަހުގެ ފައިސާއާއި ރަމްޟާން މަހުގެ ޚާއްޞަ ޢިނާޔަތުގެ ފައިސާފަދަ ސިވިލް ސަރވިސް ޤަވާޢިދުން މުވައްޒަފުންނަށް ދިނުމަށް ހަމަޖެހިފައިވާ ފައިސާ ހަމަޖެހިފައިވާ އުޞޫލުން ހަމަޖެހޭނެއެވެ.

ބޭނުންވާ ޢަދަދު:      02

 

މަޤާމުގެ ޝަރުޠު:

1-      މަގާމަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ހުއްދައެއް/ސަނަދެއް ހާސިލްކޮށްފައި ވުމާއެކު މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން.

ނުވަތަ

 

2-      މަގާމުގެ މަސައްކަތުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު

 

1-   ކުރަންޖެހޭ ދަތުރުތަކަށް ލޯންޗް ތައްޔާރުކޮށް ގަޑިއަށް ފުރުން

2-    ލޯންޗް ފެހިކަހާ ބެލެހެއްޓުން

3-    ލޯންޗް ފަޅުގައި އޮންނައިރު ހަފްތާއަކު 2 ދުވަހު ލޯންޗް ދޮވެ ފޮޅާ ސާފުކުރުން

4-    ލޯންޗް ބޯސަލުގައި އޮންނައިރު  ފަރުވާތެރިކަމާއެކު ލޯންޗް ބެލެހެއްޓުން

5-    ލޯންޗަށް ދިމާވާ މައްސަލަތައް ސްޕަވައިޒަރަށް ރިޕޯޓް ކުރުން

6-    ލޯންޗާއި އިންޖީނުގެ ކުދިކުދި މަރާމާތުތައް ކުރުން

7-   އަތޮޅު ކައުންސިލް އިދާރާއިން ކުރިޔަށް ގެންދާ ޚާޢްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެ ދާއިރާގެތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

1-      ތައުލީމާއި ތަމްރީން ލިބިފައިވާ މިންވަރު.

2-      މިވަޒީފާތަކަށް ގުޅުންހުރި ދާއިރާތަކުން ހާޞިލްކޮށްފައިވާ ސެޓްފިކެޓްތަކެއް ކަމުގައިވުން

3-      މަސައްކަތު ތަޖްރިބާ ލިބިފައިވާ މިންވަރު.

4-      މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމާއި، ސިފަތައް

       

ހުށަހަޅަންޖެހޭ ލިއުންތައް:

 

1- ފުރިހިމަކޮށްފައިވާ އެޕްލިކޭޝަން ފޯމް ( އެޕްލިކޭޝަންފޯމް އަތޮޅު ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. )

2- ތަޢުލީމީ ސެޓފިކެޓްތަކުގެ ކޮޕީ ( އެކްރިޑޭޓްކޮށްފައިވާ އަދި އަޞްލާއި އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަޑު ޖަހާފައިވާ އަޞްލު )

3- ސަރުކާރުގެ ނުވަތަ ސިވިލްސަރވިސްއަށް ޚިދުމަތްކުރުމަށް ބޮންޑެއްގައިހުރި މުވައްޒަފެއްނަމަ ރ. އަތޮޅު ކައުންސިލް އިދާރާގެ ވަޒީފާއަށް ހޮވިއްޖެނަމަ އަދާކުރަމުން ގެންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެމުވައްޒަފު ވަޒީފާއަދާކުރާ އޮފީހުގެ އިޢުތިރާޒެއް ނެތްކަމުގެ ލިއުން.

4- ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އެމުވައްޒަފުގެ ވަޒީފާގެ މަސްޢޫލިއްޔަތާއި  މަސައްކަތު ފެންވަރު ބެލުމުގެ ނަތީޖާއާއި ޙާޟީރީ އަދި މަސައްކަތުގެ އަޚުލާޤު ހުރިގޮތް ބަޔާންކޮށް ވަޒީފާ އަދާކުރި ނުވަތަ ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިއުމެއް.

5- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ

             6- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު ( ގުޅޭނެ ނަމްބަރާއި އީމެއިލް އެޑްރެހާއެކު )

 

އިންޓަވިޔު ބޭއްވުމަށް ހަމަޖެހިފައިވާ ތަނާއި ތާރީޚް:

 

       މި މަޤާމުތަކަށް މީހުން ހޮވުމަށް ބާއްވާ އިންޓަރވިޔުއާއި ޕްރެކްޓިކަލް އަދި އިމްތިޙާނުކުރުން އޮންނާނީ 2017 އެޕްރީލް މަހުގެ ތެރޭގައި މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމްގައެވެ.

 

އެޕްލިކޭޝަން ފޮނުވަންވީ ތަނާއި ތާރީޚް:

 

މިވަޒީފާތަކަށް އެދޭ ފަރާތްތަކުން ވަޒީފާއަށްއެދޭ ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު ފޯމާއެކު ހުށަހަޅަންޖެހޭ ލިއުންތަކާއި އެކު 18 އެޕްރީލް 2017 ވާ އަންގާރަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދި ހުށަހަޅާ ލިއުންތައް އީމެއިލުން ( [email protected] ) އިން ވެސް ހުށަހެޅިދާނެއެވެ.

 

އިތުރު މަޢުލޫމާތު:

 މިވަޒީފާތަކަށް ހުށަހެޅުމުގައި އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ ރ. އަތޮޅުކައުންސިލް އިދާރާގެ އެޑްމިނިސްޓްރޭޝަން އެޗް.އާރު އިންފޮމޭޝަން ޔުނިޓާއި 6580027 ނަމްބަރު ފޯނާއި ގުޅުއްވުން އެދެމެވެ.

 

މިމަޤާމަށް އިންޓަރވިޔު ކުރެވޭނީ މި މަޤާމަށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ތަޢުލީމީ ފެންވަރު އެންމެ ރަގަޅު ފަރާތްތަކާއެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                  25 ރަޖަބް   1438

06 އެޕްރީލް  2017

06 އޭޕްރިލް 2017
ހޯދާ