މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

އިޢުލާން ނަންބަރ: ADMHR-MPL/2017/81

 އަންދާސީ ހިސާބު ބޭނުންވެއްޖެ.

މަސައްކަތް

 

     މިކުންފުނީގެ 08ވަނަ ފަންގިފިލާގެ ޢިމާރާތުގެ ބޭރުގައި ބިއްލޫރި ދޮރުތަކެއް ޖައްސަވައި ދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

     ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 11 އޭޕްރިލް 2017ވާ އަންގާރަ ދުވަހުގެ 14:00އަށް ޕޯސްޓް ބިލްޑިންގ 5 ވަނަ ފަންގިފިލާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 17 އޭޕްރިލް 2017ވާ ހޯމަ ދުވަހުގެ 14:00އަށް 5 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު އޮންނާނީ ހަމައެކަނި މަޢުލޫމާތު ސެޝަނަށް ގަޑިއަށް ހާޟިރުވެ ނަންނޯޓް ކުރައްވާ ފަރާތްތަކަށެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

-          ކުންފުންޏެއްނަމަ ކުންފުނީގެ ޕްރޮފައިލް އަދި ސެޓުފިކެޓު އޮފް ރެޖިސްޓްރޭޝަންގެ ކޮޕީ

-          އަމިއްލަ ފަރާތެއްނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

-          ޖީއެސްޓީ އަށް ރަޖިސްޓްރީ ކޮށްފައިވާ ސެޓްފިކެޓު އޮފް ރެޖިސްޓްރޭޝަނުގެ ކޮޕީ

-          ހުޅަހެޅިފައިވާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 30 ދުވަހަށް ވާންވާނެއެވެ.

-          އިތުރު ސަޕޯޓިންގ ލިޔުމެއް ވާނަމަ ހުށަހެޅުން

-          ތަޖުރިބާއަށް މާކްސް ދިނުމުގައި ބެލެވޭނީ މިފަދަ މަސައްކަތްތައް އެހެން އޮފީސް ތަކުގައި ކޮށްފައިވާ ގޮތާ ގުޅޭގޮތުން އެއޮފީހަކުން ދީފައިވާ ރިކޮމެންޑޭޝަން ސިޓީ ފަދަ ލިޔުންތަކަށެވެ.

 

އަންދާސީ ހިސާބު ހުޅަހެޅުން:

 

އަންދާސީ ހިސާބު 17 އޭޕްރިލް 2017ވާ ހޯމަ ދުވަހު މިއޮފީހަށް ހުށަހަޅަންވާނެއެވެ. އަންދާސީ ހިސާބު ހުޅަހަޅަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު އަދި " 08 ވަނަ ފްލޯރގެ އިމާރާތުގެ ބޭރުން ބިއްލޫރި ދޮރުތަކެއް ޖަހައި ދިނުން"  ލިޔެފައި އޮންނަންވާނެއެވެ. އަދި ތިރީގައިވާގޮތަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ. އަންދާސީހިސާބު ހުށަހެޅޭނީ މިބިޑް އާ ގުޅިގެން ބާއްވާ މަޢުލޫމާތު ސެޝަނަށް ހާޟިރުވެވަޑައިގަންނަވާ ފަރާތްތަކަށެވެ.

 

ލިޔެކިއުން ހުށަހަޅަން ޖެހޭ ތަން:

 

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

އެޑްމިނިސްޓްރޭޝަން އެންޑް ހިއުމަން ރިސޯސަސް ސެކްޝަން

މާލެ، ދިވެހި ރާއްޖެ

 

އިތުރު މަޢުލޫމާތު:

 

މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ، 3009,212- 3009,213-  3009,214ނަންބަރު ނުވަތަ 3009,211 ނަންބަރު ގުޅުއްވުން އެދެމެވެ. ފެކްސް ނަންބަރަކީ، 3321559 އެވެ.

 

                             09 ރަޖަބް 1438

                             06 އޭޕްރިލް 2017

 

06 އޭޕްރިލް 2017
ހޯދާ