ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ.

ނަންބަރު: IUL)196-C/1/2017/25)

އިޢުލާން

 

މިއޮފީހުގެ ޅ.ގޮފި ހިންގަމުންދާ އިމާރާތާއި އިމާރާތުގެ ގޯތިތެރެ ފޮޅާ ސާފުކުރުމާއި އެހެނިހެން މަސައްކަތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، 2017 އެޕްރީލް 12 ވާ ބުދަ ދުވަހުގެ ހެނދުނު 10:30 އަށް މިއޮފީހުގެ ޅ.ގޮތްޕަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2017 އެޕްރީލް 18 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:30 އަށް އަންދާސީ ހިސާބު، މިއޮފީހުގެ ޅ.ގޮތްޕަށް ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެންނެތްވާހަކަ މަޢުލޫމާތައްޓަކައި ދަންނަވަމެވެ.

މިއޮފީހުގެ ޅ.ގޮފި ހިންގަމުންދަނީ ޅ.ނައިފަރު ނޫރާނީ ޕްރީސުކޫލް ހިންގި އިމާރާތުގެ ތެރޭގައެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު: 3003287 އަދި ޅ.ގޮފީގެ ނަންބަރު: 6620025 ފޯނާ ގުޅުއްވުން އެދެމެވެ.

08 ރަޖަބު 1438

 

05 އޭޕްރިލް 2017
ހޯދާ