ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
ޤުރުއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް

ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތް

 

        ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މި އަހަރު ފެށުމަށް ހަމަޖެހިފައި ވަނީ 03  މުޙައްރަމް 1439 (23 ސެޕްޓެމްބަރ 2017) ވަނަ ދުވަހު މާލޭގައެވެ.މިއަހަރު މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މިދންނަވާ ގޮތަށެވެ.      

  1. 1.      މުބާރާތް ހުޅުވާލާފައިވާ ފަރާތްތައް:

       

  މި މުބާރާތް ހުޅުވާލައިފާ ވަނީ އަތޮޅު ކައުންސިލްތަކަށާއި، ސިޓީތަކަށާއި،އިސްލާމްދީނަށް ޙިދުމަތް ކުރުން އެ ފަރާތެއްގެ މަޤްސަދް ތަކުގެތެރޭގައި ހިމެނޭ ޖަމްޢިއްޔާތަކަށާއި،ކުންފުނިތަކަށާއި،ކްލަބްތަކާއި ޖަމާޢަތް ތަކަށެވެ.

 

  1. 1.      މުބާރާތުގެ ބައިތައް :

 

  1. 1.      ފޮތުން ކިޔެވުމުގެ ބައި
  2. 2.      ހިތުން ކިޔެވުމުގެ ބައި
  3. 2.      މުބާރާތުގެ ބައިތައް

    މި މުބާރާތުގައި ހިމެނެނީ ދެ ބަޔެކެވެ. އެއީ ފޮތުން ކިޔެވުމުގެ ބަޔާއި  ހިތުން ކިޔެވުމުގެ ބަޔެވެ. މިއިން ކޮންމެ ބަޔެއް  ބެހިފައިވަނީ ތިން ގޮތްޕަށެވެ. މި ގޮފިތަކަކީ

 

ފޮތުން ކިޔެވުމުގެ ބައި

ހިތުން ކިޔެވުމުގެ ބައި

ވިދިވިދިގެން 10 ފޮތް

ތަޖްވީދު ހަމަތަކުގެ މަތިން

ވިދިވިދިގެން 5 ފޮތް

ތަޖްވީދު ހަމަތަކުގެ މަތިން

ވިދިވިދިގެން 20 ފޮތް

ތަޖްވީދު ހަމަތަކުގެ މަތިން

ވިދިވިދިގެން  10 ފޮތް

ތަޖްވީދު ހަމަތަކުގެ މަތިން

މުޅި ޤުރްއާން

ތަޖްވީދު ހަމަތަކުގެ މަތިން

ވިދިވިދިގެން  20 ފޮތް

ތަޖްވީދު ހަމަތަކުގެ މަތިން

 

  1. 3.      މުބާރާތުގައި ބައިވެރިވުން

 

-           މި މުބާރާތުގައި ބައިވެރިވެވޭނީ އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކާއި މަތީގައި ބުނެވުނު ކުލަބުޖަމްޢިއްޔާތަކާއި، ކުންފުނިތަކާއި، މި ޖަމްޢިއްޔާތަކަށް ތަމްސީލު ކުރުމަށް އެ ކައުންސިލްތަކުން ހުށައަޅާ ކެންޑިޑޭޓުންނަށެވެ.

-           މުބާރާތުގައި ބައިވެރިވެވޭނީ މިކަމަށްޓަކައި ކީރިތި ޤުރްއާނާބެހޭ މަރުކަޒުން ތައްޔާރުކޮށްފައިވާ ފޯމް ފުރައި މުބާރާތުގައި ބައިވެރިވުމަށް އެދި  ހުށައަޅައި މަރުކަޒުން ޤަބޫލު ކުރިކަން އެންގުމުންނެވެ.

-           މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް 13 ޖުލައި 2017 ވަނަ ދުވަހުގެ ކުރިން މަރްކަޒަށް ހުށައަޅަން ވާނެއެވެ.

-          01 މެއި 2017 ވަނަ ދުވަހުން ފެށިގެން މި ފޯމް މަރްކަޒުން އަދި މަރުކަޒުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުނަނާނެއެވެ.

 

  1. 4.      މުބާރާތުގައި ބައިވެރިކުރެވޭނެ ޢަދަދު :

 

-           މި މުބާރާތުގެ ދެ ބައިގެ ހިމަނާ ގޮފިތަކުގެ ތެރެއިން ކޮންމެ ގޮތްޕެއްގައި ވެސް ބައިވެރި ކުރެވޭނީ ގިނަވެގެން 2 ކެންޑިޑޭޓުންނެވެ.

-          ކޮންމެ ކެންޑިޑޭޓަކަށް ވެސް  ބައިވެރިވެވޭނީ މުބާރާތުގެ ކޮންމެވެސް  އެއް ގޮތްޕެއްގައެވެ.

-          އެއްފަރާތަކުން އެންމެ ގިނަވެގެން ބައިވެރި ވެވޭނީ 12 ކެންޑިޑޭޓުންނަށްށެވެ.

 

ނޯޓް: މި ޢަދަދަށްވުރެ މަދުން މުބާރާތުގައި ބައިވެރިކުރެވިދާނެއެވެ.

 

  1. 5.      މުބާރާތުގައި ބައިވެރިވުމުގެ ޝަރުތުތައް :

 

ދިވެހި ރައްޔިތެއްކަމުގައިވުން.

 

             ވީމާ، މިކަން ޢާންމުކޮށް ހަނދާންކޮށްދިނުމަށް  އިޢްލާން ކުރީމެވެ. 

05 އޭޕްރިލް 2017
ހޯދާ