ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނިގޮނޑުފިޔަވާ އެހެން ތަންތަނަށް ކުނި އެޅުމާއިބެހޭ.

ބައެއްފަރާތްތަކުން ކުނިއުކުމަށް  ރަޖިސްޓްރީނޮކޮށް ޤަވާއިދާއި ޚިލާފަށް  ރަށުތެރޭ އެކިތަންތަނަށް  ކުނި ބުނި އަޅަމުންދާކަން ވަނީ ފާހަނގަ ކުރެވިފައެވެ. މިއިދާރާއިން ކުނިއުކަމުން ގެންދަނީ ރަށުގެ ޢާއްމު ސާފު ތާހިރުކަމަށާއި،  ރައްޔިތުންނަށް ދުޅަހެޔޮ ސިއްހަތެއް ކަށަވަރު ކޮށް ދިނުމަށާއި، ތިމާވެށި ހިމާހަތް ކުރުމުގެ މާތް މަގުޞަދު ގައެވެ.                       

ކުނި އުކާލުމާއި، ކުނި ނައްތާލުމާއި ބެހޭ ޤަވާޢިދު ގައިވާ ގޮތުގެ މަތީން ކުނި އެޅުމަށް ކަޑައެޅިފައިވާ ކުނިގޮނޑު ފިޔަވާ އެހެން ތަންތަނަށް ކުނި އަޅާފަރާތް ތަކާއި މެދު ތިރީގައިވާ ގޮތުގެ މަތީން ފިޔަވަޅު އެޅޭނެއެވެ.

ކުނިއުކާލުމަށް ކަޑަ އެޅިފައިވާ ތަންނޫން އެހެން ތަނަކަށް ކުނި އަޅާއިފިނަމަ ފުރަތަމަ ފަހަރަށް ނަސޭހަތް ދިނުމަށް ފަހު

ދެވަނަ ފަހަރަށް ކުށްތަކުރާރުކޮށްފިނަމަ -/500 (ފައްސަތޭކަ) ރުފިޔާ އާއި -/1000 (އެއްހާސް) ރުފިޔާ އާއި ދެމެދުގެ އަދަދަކުން ޖޫރިމާނާ ކުރެވޭނެއެވެ. ތިންވަނަ ފަހަރަށް ތަކުރާރުކޮށްފިނަމަ -/1000 (އެއްހާސް) ރުފިޔާ އާއި -/3000 (ތިންހާސް) ރުފިޔާ އާއި ދެމެދުގެ އަދަދަކުން ޖޫރިމާނާކުރެވޭނެއެވެ. އަދި ހަތަރު ފަހަރަށްވުރެ އިތުރަށް ކުށް ތަކުރާރުކުރާ ކޮށްމެ ފަހަރަކު -/5000 (ފަސްހާސް) އިން ޖޫރިމަނާ ކުރުމުގެ އިޚްތިޔާރު މިޤަވާޢިދުގެ ދަށުން ކައުންސިލަށް ލިބިގެންއެވެ.

       ވީމާ ކުނިއުކުމަށް  ރަޖިސްޓްރީނުކޮށް ޤަވާއިދާއި ޚިލާފަށް  ރަށުތެރޭ އެކިތަންތަނަށް  ކުނި ބުނި އަޅަމުން ދާފަރާތް ތަކުން 10 ދުވަހުގެ ތެރޭގައި މިއިދާރާގައި ކުނިއުކުމަށް ރަޖިސްޓްރީކުރުމަށް އަންގަމެވެ. އަދި ރަޖިސްޓްރީ ނޮކޮށް ކުނިބުނި ރަށުތެރޭ އެކިސަރަހައްދު ތަކަން އަޅަމުންދާ ފަރާތް ތަކުގެ މަސްއަލަ ޝަރީއަތައްހުށަހެޅޭނެއެވެ. 

05 އޭޕްރިލް 2017
ހޯދާ