އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް
ދިވެހިރާއްޖެ
ސީޕްލޭން ޓަރމިނަލްގައި ފެން ޕްލާންޓް ޝެޑެއް އަދި ފެން ރައްކާ ކުރާނެ ތަނެއް ހަދަދޭނެ ފަރާތެއް ހޯދަން

 މި ކުންފުނީގެ ފަރާތުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓްގައި  ހިންގާ ސީޕްލޭން ޓަރމިނަލްގައި ފެން ޕްލާންޓް ޝެޑެއް އަދި ފެން ރައްކާ ކުރާނެ ތަނެއް ހަދާދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.

 

ވީމާ މިމަސައްކަތަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ބޭފުޅުންނަށް މިކަމާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވޭ ބައްދަލުވުން 10 އޭޕްރިލް 2017 ވާ ހޯމަ ދުވަހުގެ މެންދުރު 13:00 ގައި އައިލެންޑް އޭވިއޭޝަންގެ މައި އޮފީސް މ.ރާވެރިގެ،(މަޖީދީ މަގު)ގައި އޮންނާނެއެވެ. އަދި އިޢުލާނުގައި ބަޔާން ކުރެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލްތައް ހުށަހެޅުމަށް ބޭއްވޭ ބައްދަލުވުން 16 އޭޕްރިލް ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 ގައި މިއޮފީހުގައި އޮންނާނެއެވެ.

 

އިސްވެ ބަޔާން ކުރެވިފައިވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަ ދެންނެވީމެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް މިސެޝަންތަކުގައި ބައިވެރިވުމުގެ ފުރުޞަތު ނުލިބޭނެ ވާހަކަ މަޢުލޫމާތަށް ޓަކައި ދެންނެވީމެވެ

 

          4 އޭޕްރިލް 2017

04 އޭޕްރިލް 2017
ހޯދާ