ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ނ.ފޮއްދޫ އިންޖީނުގޭގެ ވަށައިފާރު ރޭނުމާއި ފާހާނާ ހެދުމާއި ގުޅޭ:

ނަންބަރު:FNK-K(T)/FNK/IUL/2017/038

 

އިޢުލާން

 

ނ.ފޮއްދޫ އިންޖީނުގޭގެ ވަށައިފާރު ރޭނުމާއި ފާހާނާ ހެދުމާއި ގުޅޭ:

 

    މިކުންފުނިން ދޭ މަޢުލޫމާތާ އެއްގޮތަށް ނ.ފޮއްދޫ އިންޖީނުގޭގެ ވަށައިފާރު ރޭނުމާއި ފާހާނާ ހެދުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

           ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2017 އެޕްރީލް 09 ވާ އާދިއްތަ ދުވަހުގެ 11:00 އަށް މި ކުންފުނީގެ ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ނުވަތަ މިކުންފުނީގެ ނ.ފޮއްދޫ ބްރާންޗަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2017 އެޕްރީލް 13 ވާ ބުރާސްފަތި ދުވަހުގެ 14:00 ގައި އަންދާސީހިސާބު ހުށައެޅުއްވުން އެދެމެވެ.

އަންދާސީހިސާބު ހުށައަޅާނީ މި ކުންފުނީގެ ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ނުވަތަ މިކުންފުނީގެ ނ.ފޮއްދޫ ބްރާންޗަށެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި މި ބިޑްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ސަރުކާރުގެ އިދާރާއެއްގައި ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިތަކަށް އެކަންޏެވެ.     

            

07 ރަޖަބް 1438

04 އެޕްރީލް 2017

04 އޭޕްރިލް 2017
ހޯދާ