މާއެނބޫދޫ މަދަރުސާ
ދިވެހިރާއްޖެ
2017 ވަނަ އަހަރު މިމަދަރުސާގެ ޕްރިންސިޕަލް ހުންނަވާނެ ގެއެއް ކުއްޔަށް ހިފަން ބޭނުންވެއްޖެ.

މި މަދަރުސާގެ ޕްރިންސިޕަލް ހުންނަވަން 2 ކޮޓަރިއާއި ސިޓިންގ ރޫމަކާއި ކެއްކޭގޮތަށްހުރި ގެއެއް ނުވަތަ އެޕާރޓްމަންޓެއް 1 އަހަރުދުވަހަށް ކުއްޔަށް ހިފަން ބޭނުންވެގެން ކުރި، މިމަދަރުސާގެ ނަމްބަރު (GS-175/IL/2017/04) (21 ފެބުރުވަރީ 2017) އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަތީ އެންމެފަރާތަކުން ކަމުގައި ވާތީ އެއިޢުލާން ބާތިލުކޮށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިފަދަ ޢިމާރާތެއް ކުއްޔަށް ދެއްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި މަދަރުސާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

މަޢުލޫމާތު ސާފުކޮށްދިނުން

އަންދާސީހިސާބު ބަލައިގަތުން

 2017 އޭޕްރީލް 16 ވާ އާދިއްތަ ދުވަހުގެ 10:00 ގައި

 2017 އޭޕްރީލް 23 ވާ އާދިއްތަ ދުވަހުގެ 10:00 ގައި

 

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމަށް ހާޒިރުވެލައްވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަންވާނެއެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ، ފޮނުވަނީ ކާކުކަން ބަޔާންކޮށްބަދަލުގައި ފޮނުވާމީހާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއަކާއެކު ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ.މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކާއި ގަޑީގެ ފަހުން ވަޑައިގަންނަވާ ފަރާތްތަކަށްއަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެއެވެ.މަޢުލޫމާތު ނެގޭނީ ހާޒިރުވާ ކޮންމެ ބޭފުޅަކަށްވެސް 1 ފަރާތެއްގެ ނަމުގައެވެ.

04 އޭޕްރިލް 2017
ހޯދާ