ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
2018-2017 ވަނަ އަހަރު ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ޙިއްޞާދާރުން ތަމްޞީލްކުރާނެ ޑިރެކްޓަރު ކަމަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން.

އިޢުލާން

2018-2017 ވަނަ އަހަރު ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ޙިއްޞާދާރުން ތަމްޞީލްކުރާނެ ޑިރެކްޓަރު ކަމަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން.

ޤާނޫނު ނަންބަރު 10/96 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ 54 ވަނަ މާއްދާއާ އެއްގޮތްވާގޮތުގެމަތީން އަދި ކުންފުނީގެ ހިންގާ ޤަވާއިދުގެ 31 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ކުންފުނީގެ "އަހަރީ ޢާންމު ޖަލްސާ 2016" ބޭއްވުމުގެ ތައްޔާރީތައް މިހާރު ދަނީ ކުރެވެމުންނެވެ. މިނޯޓިސްއާއިއެކު، އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ޙިއްޞާދާރުންގެ ފަރާތުން އިންތިޚާބުކުރާ ޑިރެކްޓަރކަމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލަމެވެ.

ކުންފުނީގެ ހިންގާ ޤަވާޢިދުގައި ބަޔާންކޮށްފައިވާގޮތުން، އަދި ކުންފުނީގެ ޙިއްޞާ ބެހިފައިވާ ނިސްބަތަށް ބަލާއިރު، ޑިރެކްޓަރުންގެ ބޯޑަށް ޢާންމު ޙިއްޞާދާރުންގެ ފަރާތުން އިންތިޚާބުކުރެވޭނީ 1 (އެކެއް) ޑިރެކްޓަރެވެ. އަދި ސަރުކާރު ނުވަތަ މައި ޙިއްޞާދާރުގެ ފަރާތުން  އައްޔަނުކުރެވޭނީ 6 (ހައެއް) ޑިރެކްޓަރުންނެވެ. މިގޮތުން، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ޢައްޔަނުކުރާ އަދި އިންތިޚާބުކުރާ ހުރިހާ ޑިރެކްޓަރުންނަކީވެސް، ވިޔަފާރިއާއި ހިންގުމުގެ ދާއިރާއިން އެކަށީގެންވާ ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ ފަރާތްތަކަކަށް ވުމަކީ ކުންފުނިން ބާރުއަޅާ ކަމެކެވެ.

މިމަޤާމަށް ކުރިމަތިލައްވާ ފަރާތްތަކަކީ އެންމެ މަދުވެގެން ތިރީގައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކަކަށް ވާންވާނެއެވެ.

  1. ކުންފުނީގެ ޙިއްޞާދާރަކަށްވުން
  2. ދިވެހި ރައްޔިތަކު ކަމުގައިވުން
  3. އުމުރުން 21 އަހަރު ވެފައިވުން
  4. ކުންފުނީގެ ވިޔަފާރިއާއި ޢާންމު ވިޔަފާރީގެ ދާއިރާތަކާބެހޭގޮތުން ހޭލުންތެރި ފަރާތަކަށްވުން
  5. ކުންފުނީގެ ކަންކަމަށާއި ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާތަކަށް އެކަށީގެންވާ ވަގުތު ދެވޭނެ، ކެރި ކުޅަދާނަވެގެންވާ ފަރާތަކަށްވުން
  6. މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް ގައި ލިސްޓުކުރެވިފައިވާ ކުންފުނިތަކުގެ ތެރެއިން ގިނަވެގެން 3 (ތިނެއް) ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ ފަރާތަކަށްނުވުން
  7. މިނިވަން މުސްތަޤިއްލު ފަރާތަކަށްވުން (ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ކޯޕަރޭޓް ގަވަރނަންސް ކޯޑުގައި ބަޔާންކޮށްފައިވާ ޑިރެކްޓަރުންގެ  ޝަރުތު ހަމަވާ ފަރާތަކަށްވުން)
  8. ކުންފުންޏެއްގެ ޑިރެކްޓަރުކަމުގެ މަޤާމު އަދާކުރުމަށް ޤާނޫނަކުން ނުވަތަ ޝަރުޢީ ކޯޓަކުން މަނާކުރެވިފައިވާ، ނުވަތަ ޝަރުތު ފުރިހަމަ ނުވާ ފަރާތެއް ކަމުގައި ނުވުން
  9. ކުންފުނީގެ މެނޭޖްމަންޓް ހަރުދަނާކުރުމުގައި އެހީތެރިވެވޭނެ ފަދަ ތަޖުރިބާއާއި ނަތީޖާ ވިޔަފާރީގެ ދާއިރާގައި ޙާސިލްކޮށްފައިވުން. މިގޮތުން، ކުންފުނީގެ ވިޔަފާރި، ސްޓޮކް މާކެޓް އަދި ކުންފުންޏާ ގުޅުންހުރި ޤާނޫނުތަކާއި ޤަވާއިދުތަކަށް އަޙުލުވެރި ފަރާތަކަށްވުމާއި، މިއިން ދާއިރާއަކުން އެކަށީގެންވާ ތަޢުލީމާއި ތަޖުރިބާ ޙާޞިލްކޮށްފައިވާ ފަރާތަކަށްވުން
  10. މާލީ ރިޕޯރޓްތައް ކިޔައި، ދެނަގަތުމުގެ ޤާބިލްކަން ލިބިފައިހުރި ފަރާތަކަށްވުން
  11. ކުންފުނީގައި ނުވަތަ ކުންފުނީގެ ސަބްސިޑިއަރީ، ޖޮއިންޓް ވެންޗަރ ނުވަތަ އެސޯސިއޭޓް ކުންފުންޏެއްގައި ފާއިތުވި އެއް އަހަރުތެރޭގައި ވަޒީފާ އަދާކޮށްފައިވާ ފަރާތަކަށް ނުވުން
  12. ފާއިތުވި 10 އަހަރުގެ ތެރޭގައި އެއްވެސް ބާވަތެއްގެ ޖިނާއީ ކުށެއް ސާބިތުވެފައިވާ ފަރާތަކަށްނުވުން
  13. ބަނގުރޫޓުވެފައިވާ ފަރާތެއްކަމުގައި އެއްވެސް ޝަރުޢީ ކޯޓަކުން ކަނޑައަޅާފައިވާ ފަރާތަކަށް ނުވުމާއި، ދިވެހިރާއްޖޭގައި ނުވަތަ އެހެންވެސް ޤައުމެއްގައި އަދާނުކުރެވިވާ ސާބިތު ދަރަންޏެއް އޮތް ފަރާތެއް ކަމުގައި ނުވުން
  14. ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިއެއް ނުވަތަ މަސައްކަތެއް ކުރުމުގެ ލައިސަންސް އުވާލާފައިވާ ފަރާތަކަށްނުވުން
  15. ބަނގުރޫޓްވެފައިވާ، ދަރަނިވެރިވެފައިވާ ނުވަތަ ޤާނޫނާއި ޚިލާފުވެފައިވާ ނުވަތަ އެފަދަ އެއްވެސް ދަޢުވާއެއް މިހާރު ރައްދުވާ ފަރާތެއް ނުވަތަ އެފަދަ ދަޢުވާއެއް ރައްދުވާ ކުންފުންޏެއްގެ ބޯޑު މެމްބަރަކަށް، ޙިއްޞާދާރަކަށް ނުވަތަ މެނޭޖަރެއްގެ ވަޒީފާ އަދާކުރާ / ނުވަތަ ވަޒީފާ އަދާކޮށްފައިވާ ފަރާތެއްކަމުގައި ނުވުން
  16. ވައްކަމާއި، މަކަރާއި ޙީލަތް، ޚިޔާނާތް، ނުވަތަ ފައިސާގެ މުޢާމަލާތެއްގައި މަކަރު ހަދައި އޮޅުވާލުމުގެ ޢަމަލެއް ހިނގާފައިވާކަމަށް ކަމާބެހޭ ރަސްމީ އިދާރާއަކުން އެއްވެސް ބާވަތެއްގެ ތަޙްޤީޤެއް ހިންގާފައިވާ ފަރާތަކަށް ނުވުމާއި، އަމާނާތްތެރިކަން ގެއްލިފައިވާ ނުވަތަ ޑިރެކްޓަރެއްގެ ޒިންމާތައް އަދާކުރުމަށް ނޭދެވޭ އަސަރުކޮށްފާނެކަމަށް ބެލެވޭ އެއްވެސް ކުށެއް ސާބިތުވެފައިވާ ފަރާތެއްކަމުގައި ނުވުން

މަތީގައި ދެންނެވުނު ޝަރުތުތައް ފުރިހަމަވާ ފަރާތްތަކުން، "ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކގެ ބޯޑު ޑިރެކްޓަރުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމް" އަދި އެފޯމުގައި ބަޔާންކޮށްފައިވާ އެންމެހައި ލިޔެކިއުންތައް ފުރިހަމަކުރެއްވުމަށްފަހު، 2017 އެޕްރީލް 25 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ކޮމްޕެނީ ސެކްރެޓޭރިއަޓްއަށް އެޑްރެސްކުރައްވާ،  ކުންފުނީގެ މައި އޮފީހަށް ނުވަތަ [email protected] އީމެއިލް އެޑްރެސް އަށް ނުވަތަ 3344533 (960) ފެކްސް ނަންބަރަށް ފޮނުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3344383 (960) / 3344373 (960) ނަންބަރާ ގުޅުންވުން އެދެމެވެ.

"ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކގެ ބޯޑު ޑިރެކްޓަރކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމު"، އޮފީސް ހުޅުވިފައި ހުންނަ ގަޑިތަކުގައި ކުންފުނީގެ މައި އޮފީހުގެ ރިސެޕްޝަނުން ލިބެންހުންނާނެއެވެ. އަދި ކުންފުނީގެ ވެބްސައިޓް، www.sto.mv އިން ޑައުންލޯޑްކުރެވެން ހުންނާނެ ވާހަކަވެސް މައުލޫމާތަށްޓަކައި ދެންނެވީމެވެ.

ފޯމު ހުށަހެޅުމުގެ ސުންގަޑި ހަމަވާއިރު ލިބިފައިވާ ފޯމުތަކުގެ ތެރެއިން ބޯޑު ޑިރެކްޓަރުކަމަށް ޝަރުޠުހަމަވާ ފަރާތްތައް ކުންފުނީގެ "ނޮމިނޭޝަން އެންޑް ރެމިއުނަރޭޝަން ކޮމިޓީ" އިން އިންޓަވިއުކުރައްވާނެއެވެ.

ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމަށް ކުރިމަތިލާ ފަރާތްތައް އިވެލުއޭޓްކުރުމުގައި ބަލާނެ މައިގަނޑު ކަންކަމަކީ؛

  1. ބޯޑު ޑިރެކްޓަރުކަމަށް ކުރިމަތިލެއްވުމަށް މަތީގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތަކަށްވުން
  2. ޑިރެކްޓަރުކަމަށް ކުރިމަތި ލުމަށް ހުށަހަޅާ ފޯމްގައި ހާމަކުރަންޖެހޭ މަޢުލޫމާތު ހާމަކޮށްފައިވުން
  3. ޑިރެކްޓަރުކަމަށް ކުރިމަތިލާފައިވާ ފަރާތަކި ސީއެމްޑީއޭގެ ކޯޕަރޭޓް ގަވަރނަންސް ކޯޑުގައި ބަޔާންކޮށްފައިވާ "އިންޑިޕެންޑަންޓް ޑައިރެކްޓަރ" ގެ ޝަރުތުތައް ފުރިހަމަވާ ފަރާތެއްތޯ ބެލުން
  4. ކުންފުނީގެ ވިޔަފާރިއަކާއި ތަޢާރުޒުވާ ވިޔަފާރިއެއް ކުރާ ނުވަތަ އެފަދަ ވިޔަފާރިއެއްގައި އެއްވެސް ސިފައެއްގައި ޝާމިލުވާ ނުވަތަ ވަޒީފާ އަދާކުރާ ފަރާތަކަށްވޭތޯ ބެލުން
  5. ކުންފުނީގެ ޙިއްޞާދާރެއްކަން ޔަޤީންކުރުން
  6. ޝަރުޢީ ކޯޓަކުން ޙުކުމެއް ކޮށްފައިވާ ނުވަތަ އެއްވެސް ކުށެއް ސާބިތުވެފައިވާ ނުވަތަ އަދަބެއް ލިބިފައިވާ ފަރާތަކަށްވޭތޯ ބެލުން

"ބޯޑު ޕްރޮފައިލް އަދި ކެނޑިޑަސީ ގައިޑްލައިން" ކުންފުނީގެ ވެބްސައިޓް www.sto.mv އިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.

ޑިރެކްޓަރުކަމަށް ކުރިމަތިލާފައިވާ ފަރާތްތައް އިވެލުއޭޓްކޮށް، އެފަރާތްތަކާއިއެކު އިންޓަވިއުކުރުމަށްފަހު، ކޮމިޓީއިން ތައްޔާރުކުރާ ރިޕޯޓް ޑިރެކްޓަރުންގެ ބޯޑަށް ހުށަހަޅައި، ޑިރެކްޓަރުންގެ ބޯޑުން ކަނޑައަޅާ ގޮތެއްގެމަތީން ޑިރެކްޓަރުކަމަށް ކުރިމަތިލާފައިވާ ފަރާތްތަކާބެހޭ މަޢުލޫމާތު ޙިއްޞާދާރުންނަށް ފޯރުކޮށްދެވޭނެއެވެ. ޢާންމު ޙިއްޞާދާރުން ތަމްޞީލްކުރުމަށް ޑިރެކްޓަރު ހޮވުމަށް ހަމަޖެހިފައިވަނީ އަހަރީ ޢާންމު ޖަލްސާގައި ޙިއްޞާދާރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.

ވޯޓުދިނުން

ކުންފުނީގެ ހިންގާ ޤަވާޢިދުގެ 45 ވަނަ މައްދާގައި ވާގޮތުގެމަތީން، އެހެންގޮތަކަށް ކަނޑަނާޅާހިނދު ވޯޓު ދޭނީ އަތް އުފުލައިގެންނެވެ. މިހެން ވޯޓު ދޭނަމަ، ކޮންމެ މެމްބަރަކަށްވެސް ދެވޭނީ 1 (އެކެއް) ވޯޓެވެ. ކުންފުނީގެ ރައުސުލްމާލުގެ ޙިއްޞާގެ ތަމްޞީލްކުރާ މެމްބަރުން އެދިއްޖެނަމަ ޕޯލްގެ އުޞޫލުން ވޯޓު ނެގިދާނެއެވެ. މިހެން ވޯޓު ނަގާނަމަ ކޮންމެ މެމްބަރަކަށްވެސް އެމެމްބަރެއްގެ މިލްކުގައިވާ ކޮންމެ ޙިއްޞާއަކަށް އެއް ވޯޓު ދެވޭނެއެވެ.

ހަމަ މިޤަވާޢިދުގެ 46 ވަނަ މާއްދާގައިވާގޮތުން، ނެގޭ ވޯޓު އެއްވަރުވެއްޖެނަމަ، މެމްބަރެއްގެ ޙައިޘިއްޔަތުން ޗެއާމަން ދޭ ވޯޓުގެ އިތުރުން، ގޮތެއް ނިންމުމަށް ކާސްޓިންގ ވޯޓެއް ޗެއާމަންއަށް ދެވިދާނެއެވެ. އަދި މިފަދައިން ފާސްކުރެވޭ ކޮންމެ އައިޓަމްއަކަށް ނެގޭ ވޯޓުގެ ޞައްޙަކަމާއިމެދު ގޮތެއް ނިންމުމުގެ ބާރު ލިބިގެންވަނީ، އެޖަލްސާގެ ރިޔާސަތު ބެލެހެއްޓި ފަރާތަށެވެ.

 

03 އެޕްރީލް 2017

 

 

03 އޭޕްރިލް 2017
ހޯދާ