މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

             ADMHR-MPL/2017/80

 އަންދާސީ ހިސާބު ބޭނުންވެއްޖެ.

މަސައްކަތް

 

     މިކުންފުނީގެ މާލޭގެ އައުޓްލެޓެއްގެ ބައެއްގައި ފަންގިފިލާ މަރާމާތުކުރުމާއި، ލައިޓިންގ އަދި އެހެނިހެން ބައެއް  މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު ADMHR-MPL/2017/44 (27 ފެބްރުއަރީ 2017) އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހެޅި ފަރާތްތަކުގެ އަގުބޮޑުކަމަށް ފެންނާތީ މި އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.

     ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 05 އޭޕްރިލް 2017ވާ ބުދަ ދުވަހުގެ 14:00އަށް ޕޯސްޓް ބިލްޑިންގ 5 ވަނަ ފަންގިފިލާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 10 އޭޕްރިލް 2017ވާ ހޯމަ ދުވަހުގެ 14:00އަށް 5 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު އޮންނާނީ ހަމައެކަނި މަޢުލޫމާތު ސެޝަނަށް ގަޑިއަށް ހާޟިރުވެ ނަންނޯޓް ކުރައްވާ ފަރާތްތަކަށެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

-          ކުންފުންޏެއްނަމަ ކުންފުނީގެ ޕްރޮފައިލް އަދި ސެޓުފިކެޓު އޮފް ރެޖިސްޓްރޭޝަންގެ ކޮޕީ

-          އަމިއްލަ ފަރާތެއްނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

-          ޖީއެސްޓީ އަށް ރަޖިސްޓްރީ ކޮށްފައިވާ ސެޓުފިކެޓު އޮފް ރެޖިސްޓްރޭޝަނުގެ ކޮޕީ

-          ހުޅަހެޅިފައިވާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 30 ދުވަހަށް ވާންވާނެއެވެ.

-          އިތުރު ސަޕޯޓިންގ ލިޔުމެއް ވާނަމަ ހުށަހެޅުން

-          ތަޖުރިބާއަށް މާކްސް ދިނުމުގައި ބެލެވޭނީ މިފަދަ މަސައްކަތްތައް އެހެން އޮފީސް ތަކުގައި ކޮށްފައިވާ ގޮތާ ގުޅޭގޮތުން އެއޮފީހަކުން ދީފައިވާ ރިކޮމެންޑޭޝަން ސިޓީ ފަދަ ލިޔުންތަކަށެވެ.

-          ކުންފުންޏެއް ނަމަ އެކުންފުނީގެ އެންމެ ފަހުގެ އޮޑިޓް ފައިނޭންޝަލް ރިޕޯޓް ހުށަހަޅަންވާނެއެވެ.

 

އަންދާސީ ހިސާބު ހުޅަހެޅުން:

 

އަންދާސީ ހިސާބު 10 އޭޕްރިލް 2017ވާ ހޯމަ ދުވަހު މިއޮފީހަށް ހުށަހަޅަންވާނެއެވެ. އަންދާސީ ހިސާބު ހުޅަހަޅަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު އަދި " މާލޭގެ އައުޓުލެޓެއްގެ ބައެއްގައި ފަންގިފިލާ މަރާމާތުކުރުމާއި، ލައިޓިންގ އަދި އެހެނިހެން މަސައްކަތް "  ލިޔެފައި އޮންނަންވާނެއެވެ. އަދި ތިރީގައިވާގޮތަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ. އަންދާސީހިސާބު ހުށަހެޅޭނީ މިބިޑް އާ ގުޅިގެން ބާއްވާ މަޢުލޫމާތު ސެޝަނަށް ހާޟިރުވެވަޑައިގަންނަވާ ފަރާތްތަކަށެވެ.

 

ލިޔެކިއުން ހުށަހަޅަން ޖެހޭ ތަން:

 

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

އެޑްމިނިސްޓްރޭޝަން އެންޑް ހިއުމަން ރިސޯސަސް ސެކްޝަން

މާލެ، ދިވެހި ރާއްޖެ

 

އިތުރު މަޢުލޫމާތު:

 

މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ، 3009,212- 3009,213-  3009,214ނަންބަރު ނުވަތަ 3009,211 ނަންބަރު ގުޅުން އެދެމެވެ. ފެކްސް ނަންބަރަކީ، 3321559 އެވެ.

 

                             06 ރަޖަބް 1438

                             03 އޭޕްރިލް 2017

 

 

03 އޭޕްރިލް 2017
ހޯދާ