އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ކ.ތިލަފުށީގައި އަލުން ވޯޓުފޮށި ބެހެއްޓުމާއި ގުޅޭ

ނަންބަރު:A)CA-2017/129)

އިޢުލާން

ކ.ތިލަފުށީގައި އަލުން ވޯޓުފޮށި ބެހެއްޓުމާއި ގުޅޭ

       މިކޮމިޝަނުގެ ނަންބަރު (A)CA-2017/111)) އިޢުލާނާއި ހަވާލާދީ ދަންނަވެމެވެ.

       ޙަވާލާ ދީފައިވާ އިޢުލާނުގައިވާ ސިނާއީ މަސައްކަތް ކުރާ ތަންތަނުގައި ބެހެއްޓުމަށް ހަމަޖެހިފައިވާ ވޯޓުފޮށިތަކުގެ ތެރެއިން ކ. ތިލަފުށީގައި ވޯޓުފޮށި ނުބެހެއްޓުމަށް އިޢުލާން ކުރެވިފައި ވީނަމަވެސް، މިހާރު ކ. ތިލަފުށީގައި ވޯޓުފޮށި ބެހެއްޓުމަށް މި ކޮމިޝަނުން ވަނީ ނިންމާފައެވެ. މި ވޯޓުފޮށީގެ މަޢުލޫމާތު ތިރީގައި އެވަނީއެވެ.

ވޯޓުފޮށި ބަހައްޓާ ރަށް/ތަން

ވޯޓުލާ ސަރަހައްދު

ވޯޓުފޮށީގެ ނަން

ވޯޓުފޮށީގެ ނަންބަރު

#

ކ. ތިލަފުށި

އެމް.އާރު.ޑީ.ސީ ސައިޓް

މި ފޮށްޓަށް ވޯޓުލާނީ ތިލަފުށީގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފުންގެ އިތުރުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ތިބި މީހުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ.

ތިލަފުށި -1

V01.1.1

 1  

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށް އިޢުލާނު ކުރީމެވެ.

06 ރަޖަބު 1438

03 އޭޕްރިލް 2017
ހޯދާ