މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ޗައިނާގެ ކުންމިންގ ފެއަރގައި ބައިވެރިވުމުގެ ފުރުޞަތު

އިޢްލާން

 

ޗައިނާގެ ކުންމިންގ ފެއަރގައި ބައިވެރިވުމުގެ ފުރުޞަތު

            ޗައިނާގެ ޔުނާން ޕްރޮވިންސްގެ ކުންމިންގގައި 2017 ވަނައަހަރު ބޭއްވުމަށް ހަމަޖެހިފައިވާ "ޗައިނާ ސައުތު އޭޝިޔާ އެކްސްޕޯ 2017" ގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖެއަށްވަނީ ލިބިފައެވެ.

            މިފެއަރ އޮންނާނީ މިއަހަރުގެ ޖޫން މަހުގެ 12 އިން 18 އަށް  ޗައިނާގެ ކުންމިންގ ގައެވެ. މިފެއަރގައި ދިވެހި އުފެއްދުންތައް ބައިވެރިކޮށް ދެއްކުމާއި ވިއްކުމާއި، ދިވެހިއުފެއްދުންތަކަށް މާކޭޓް ހޯދައިދިނުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެއެވެ. މި ފެއަރގައި ރާއްޖެއިން ބައިވެރިވުމުގެ އެންމެބޮޑު ބޭނުމަކަށްވާނީ ދިވެހިއުފެއްދުންތައް މެކަނައިޒްކުރެވޭނެ ވަސީލަތްތައް ހޯދުމާއި  ޗައިނާގެ ވިޔަފާރިވެރިންނާއެކު، ވިޔަފާރީގެ ގުޅުންބަދެހިކޮށް ދިވެހިއުފެއްދުންތަކަށް މިހާރަށްވުރެބޮޑު ތަރުޙީބެއް ބޭރުޤައުމުތަކުގެ މާކޭޓްތަކުން ހޯދުމުގެމަގު ތަނަވަސްކޮށްދިނުމެވެ. މި ފެއަރއަކީ، ޗައިނާގެ އުފެއްދުންތަކުގެ އިތުރުން ސައުތުއޭޝިޔާގެ ގިނަޤައުމުތަކުގެ އުފެއްދުންތައްވެސް ފެނިގެންދާނެ ފެއަރއެކެވެ.

           ދިވެހި އުފެއްދުންތައް އުފައްދާފަރާތްތަކުގެ ތެރެއިން މިފެއަރގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 16 އެޕްރީލް 2017 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން މި މިނިސްޓްރީއަށް ފޯމް ހުށަހެޅުއްވުން އެދެމެވެ.  ފޯމް އީމެއިލް ކުރައްވާނަމަ މި މުއްދަތުގެ ތެރޭގައި [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

            މިފެއަރގައި ބައިވެރިވުމަށް ހުށަހަޅާފޯމާއި އުޞޫލު ބޮޑުތަކުރުފާނު މަގުގައި ހުންނަ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކައުންޓަރުން އަދި  މިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv) ) އިން ލިބެންހުންނާނެއެވެ. 

           އިތުރުމަޢްލޫމާތު ހޯއްދެވުމަށް 33333151، 7996790 އާ ގުޅުންވުން އެދެމެވެ.

‏                                        

                                          05‏ ރަޖަބް‏  1438

‏                                          02‏ އޭޕްރިލް‏ 2017

                   

02 އޭޕްރިލް 2017
ހޯދާ