މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

 

މިނިސްޓްރީ އޮފް ހެލްތު

މާލެ، ދިވެހިރާއްޖެ

 

އިޢުލާން

ޑިމޮގްރަފިކް އެންޑް ހެލްތު ސާރވޭގެ މަސައްކަތްތައް ކުރުމަށްޓަކައި ތިރީގައިމިވާ މަޤާމުތަކަށް މީހުން ބޭނުންވެއެވެ. މި ވަޒީފާތަކަކީ، ކޮންޓްރެކްޓް އުސޫލުން މަސައްކަތްކުރަންޖެހޭ ވަޒީފާތަކެކެވެ.

މަޤާމު

އައިޓީ އޮފިސަރ

ބޭނުންވާ އަދަދު

01 (އެކެއް)

ބޭނުންވާ މުއްދަތު

ވަޒީފާ ހަމަޖެހޭ ތާރީޚުން ފެށިގެން 31 ޑިސެމްބަރ 2017 ގެ ނިޔަލަށް.

ވަޒީފާ އަދާކުރަންޖެހޭ ތަން

މިނިސްޓްރީ އޮފް ހެލްތު / މޯލްޑިވްސް ޑިމޮގްރަފިކް އެންޑް ހެލްތު ސާރވޭ، ކ. މާލެ

މުސާރަ

-/7000 ރުފިޔާ

ސަރވިސް އެލަވަންސް

-/2000 ރުފިޔާ

އިތުރު އިނާޔަތްތައް

 ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. މޯލްޑިވްސް ޑިމޮގްރަފިކް އެންޑް ހެލްތު ސާރވޭ  2016/17 ކުރަންޖެހޭ އައި.ޓީ އާގުޅޭ އެންމެހާ ކަންތައްތައް ބެލެހެއްޓުމާ ދިމާވާ މައްސަލަތައް ހައްލުކުރުން.
  2. މޯލްޑިވްސް ޑިމޮގްރަފިކް އެންޑް ހެލްތު ސާރވޭ  2016/17 ގައި ބޭނުންކުރާ ހާރޑް ވެއަރ އަދި ސޮފްޓް ވެއަރ ދިމާވާ މައްސަލަތަށް ދެނެގަނެ ހައްލުކުރުން.
  3. ސާރވޭގެ މެއިން ފީލްޑް ގެ މަސައްކަތްތަކުގައި  ކޮންމެދުވަހަކު އެއްކުރެވޭ މަޢުލޫމާތުތައް ސާރވޭގެ މައިއޮފީހާ ސޮފްޓްވެއަރ މެދުވެރިކޮށް ހިއްސާކޮށް ސައްހަތޯބެލުން.
  4. ސާރވޭގެ މެއިން ފީލްޑް ތެރޭގައި ދިމާވާ އައި.ޓީ އާގުޅުންހުރި މައްސަލަތައް ހައްލުކުރުމަށްޓަކައި މައްސަލަ ދިމާވާ ރަށްރަށަށް ދަތުރުކުރުން.
  5. ސާރވޭގެ މަސައްކަތް ކުރުމަށް ހަމޖެހިފައިވާ ސުވާލުދާރުން ސާރވޭގައި ބޭނުންކުރާ ސޮފްޓްވެއަރ އަދި ހާރޑްވެއަރ ތަމްރީނުކޮށް މަސައްކަތަށް އަހުލުވެރިކުރުވުން.
  6. ސާރވޭ ގެ މަސައްކަތްތަކާއި ގުޅުންހުރި އެހެނިހެން މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުތުތައް

1. މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ

2. މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިއިވުން، ނުވަތަ 

3. މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.

މަޤާމު

ސަރވޭ މެނޭޖަރ

ބޭނުންވާ އަދަދު

03 (ތިނެއް)

ބޭނުންވާ މުއްދަތު

ވަޒީފާ ހަމަޖެހޭ ތާރީޚުން ފެށިގެން 31 ޑިސެމްބަރ 2017 ގެ ނިޔަލަށް.

ވަޒީފާ އަދާކުރަންޖެހޭ ތަން

މިނިސްޓްރީ އޮފް ހެލްތު / މޯލްޑިވްސް ޑިމޮގްރަފިކް އެންޑް ހެލްތު ސާރވޭ، ކ. މާލެ

މުސާރަ

-/8835 ރުފިޔާ

ސަރވިސް އެލަވަންސް

-/2000 ރުފިޔާ

އިތުރު އިނާޔަތްތައް

 ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

ޑިމޮގްރެފިކް އެންޑް ހެލްތު ސާރވޭގެ އިދާރީ މަސައްކަތްތަކާއި ސަރވޭގެ މީޓިންގ ތަކާއި ޓްރޭނިންގ އާއި ގުޅޭ ކަންކަން ރާވައި ހިންގައި އަދި ސާރވޭގެ ފީލްޑް މަސައްކަތްތައް ކޯޑިނޭޓްކޮށް ބެލެހެއްޓުން.

މަޤާމުގެ ޝަރުތުތައް

ޞިއްޙީ ދާއިރާއިން ނުވަތަ އެޑްމިނިސްޓްރޭޝަން ދާއިރާއިން ނުވަތަ މެނޭޖްމަންޓް ދާއިރާއިން ނުވަތަ ހިއުމަން ރިސޯސް މެނޭޖްމަންޓް ދާއިރާއިން ޑިގްރީ ނުވަތަ ޑިޕްލޮމާއެއް ހާސިލް ކުރައްވާފައިވުން.

 

ނޯޓް: ސަރވޭކުރުމުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

1.ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.

3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ވަޒީފާއަށްއެދި ސިޓީ
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
  5. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  6. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންހޭ ތަކެތި ހުށަހަޅާނީ 10 އޭޕްރީލް 2017 ވާ އާދިއްތަ ދުވަހުގެ 13:30 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތަށެވެ.

 

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު

2017 ވަނަ އަހަރުގެ އޭޕްރީލް މަހު މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ  ބިލްޑިންގ) ގައި.

ޝޯޓް ލިސްޓް ކުރުން

މިވަޒީފާއަށް އެދިފައިވާ ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށްބަލައި 10 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނީ 3014335 ނަންބަރު ފޯނަށެވެ.

 

                                         

 

 

                     

02 އޭޕްރިލް 2017
ހޯދާ