ދުވާފަރު ޕްރައިމަރީ ސްކޫލް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

ވަޒީފާގެ ފުރުޞަތު

 

ރިލީފް ޓީޗަރުން ހޯދުމަށް:

މަޤާމް:                              ރިލީފް ޓީޗަރ (ޤުރުޢާން)

ބޭނުންވާ އަދަދު:                           1 (އެކެއް)

 

މަޤާމް:                              ރިލީފް ޓީޗަރ (ޢަރަބި)

ބޭނުންވާ އަދަދު:                           1 (އެކެއް)

ވަޒީފާ އޮތް އޮފީސް:                 ދުވާފަރު ޕްރައިމަރީ ސްކޫލް / ރ. ދުވާފަރު

މަޤާމުގެ ގިންތި:                     ކޮންޓްރެކްޓް  (3 މަސްދުވަސް)

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން:     އެކަޑަމިކް ސެކްޝަން (ދުވާފަރު ޕްރައިމަރީ ސްކޫލް)   

 

ވަޒީފާއާބެހޭ އާއްމު މަޢުލޫމާތު:

މަޤާމު

ރޭންކް

ކްލެސިފިކޭޝަން

ޝަރުތު

މަޤާމުގެ އަސާސީ މުސާރަ

ސާވިސް އެލަވަންސް

ރިލީފް ޓީޗަރ  

 

 

GS2

އޮފިސަރ ގްރޭޑް 1

ސާނަވީ ތަޢުުލީމް ފުރިހަމަކުރުން.

*  ގްރޭޑް 10 ނިންމިކަން ބަޔާންކުރާ ސްކޫލް ލީވިންގ ސެޓްފިކެޓެއް ނުވަތަ ގްރޭޑް 10ނިންމާ އިމްތިހާނެއްގައި ބައިވެރިވެފައިވާކަމުގެ ލިޔުމެއް ލިބިފައިވުން. ނުވަތަ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވަލް 3ގެ ސަނަދެއް ހާސިލްކޮށްފައިވުން.

-/4500ރ

-/1500ރ

ރިލީފް ޓީޗަރ  

 

 

GS2

އޮފިސަރ ގްރޭޑް 1

މަތީ ސާނަވީ ތަޢުުލީމް ފުރިހަމަކުރުން.

*  ގްރޭޑް 12 ނިންމިކަން ބަޔާންކުރާ ސްކޫލް ލީވިންގ ސެޓްފިކެޓެއް ނުވަތަ ގްރޭޑް 12ނިންމާ އިމްތިހާނެއްގައި ބައިވެރިވެފައިވާކަމުގެ ލިޔުމެއް ލިބިފައިވުން.

-/5500ރ

-/1500ރ

ރިލީފް ޓީޗަރ  

GS2

އޮފިސަރ ގްރޭޑް 1

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވަލް 4ގެ ސަނަދެއް ހާސިލްކުރުން.

-/6090ރ

-/2500ރ

 

އުޖޫރައާއި ޢިނާޔަތްތައް:

 

ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން މުސާރައާއި އިތުރުގަޑިއާއި އެހެނިހެން އެލަވަންސްތައް ލިބޭނެއެވެ.

 

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

މިމަޤާމަށް ކުރިމަތިލައްވާ ފަރާތުގެ މަސްޢޫލިއްޔަތަކީ ކިޔަވައިދުނުމާއި ދަރިވަރުން ކުރިއަރުވައި ތަރުބިއްޔަތު ކުރުމަށް ސްކޫލްގައި ކަނޑައަޅާފައިވާ ލަނޑުދަނޑިއަށް ދަރިވަރުން ވާޞިލްކޮށްދިނުމަށް ކުރަޖެހޭ އެންމެހައި ކަންތައްތައް ރާވައި ތައްޔާރުކޮށް ކިޔަވައިދީ ވަޒަންކޮށް ބެލެހެއްޓުމުގެ ޒިންމާ އުފުލުމުގެ އިތުރުން ސްކޫލުން ކުރިއަށް ގެންދާ އިތުރު ޙަރަކާތްތަކުގައި ބައިވެރިވެ މަސްޢޫލިއްޔަތު އުފުލުމެވެ.                  

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

  މިވަޒީފާއަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު ފޯމާއެކު ހުށަހަޅަންޖެހޭ އެހެނިހެން ލިޔުންތައް 2017 އޭޕްރީލް 10ވާ ހޯމަ ދުވަހު މެންދުރުފަހު 13:00ގެ ކުރިން ދުވާފަރު ޕްރައިމަރީސްކޫލްގެ އިދާރާ އަށް ހުށަހެޅުން އެދެމެވެ. ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް އީމެއިލް  [email protected] މެދުވެރިކޮށްވެސް ހުށަހެޅިދާނެއެވެ. (ވަޒީފާއަށް އެދޭ ފޯރމް މިސްކޫލްގެ އިދާރާއިން ލިބެން ހުންނާނެވެ.)

 

ސެޓްފިކެޓްތަކާ ލިޔެކިޔުންތައް އެޓެސްޓްކުރުން:

ވަޒީފާއަށް އެދި ހުށަހަޅާ ހުރިހާ ލިޔެކިޔުންތަށް އެޓެސްޓްކުރުން އޮންނާނީ އިންޓަވިއު ކުރާ ފަރާތްތަކަށް އެކަންޏެވެ. ވީމާ، އިންޓަވިއުއަށް ހޮވޭ ފަރާތްތަކުން ހުރިހާ ލިޔެކިޔުންތަކުގެ އަސްލު ގެންނަވަންވާނެއެވެ. އިންޓަރވިއުއަށް ހޮވޭފަރާތްތަކަށް ސްކޫލުން އަންގާނެއެވެ.

 

މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކާއި އިންޓަރވިއުކުރާނެ ތަނާއި މުއްދަތު:

 

މިވަޒީފާއަށް ޝަރުތުހަމަވާ ފަރާތްތަކުގެ މެދުގައި ބޭއްވޭ އިންޓަރވިއު އޮންނާނީ ސްކޫލްގައެވެ. އިންޓަރވިއު އޮންނާނެ ދުވަހަކާއި ގަޑި އިއުލާނުގައިވާ ސުންގަޑި ހަމަވާ ދުވަހުން ފެށިގެން ދެދުވަހުގެ ތެރޭގައި އެންގޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

-          މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯރމް. ( މިފޯމް ސިވިލް ސާރވިސް ކޮމިޝަންގެ ސައިޓުން އަދި މިސްކޫލުންވެސް ލިބޭނެއެވެ.)

-          ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަށް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

-          ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިނަގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތައް އަދި ރާއްޖެއިން މަތީ ތަޢުލީމް ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަ ކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރަށްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމް ދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ (މިފަދަ ސެޓްފިކެޓްތައް އެކްރެޑިޓް ކުރަން ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

-          ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

-          މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.(ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މުވައްޒަފުންގެ ޢަދަދު ބަޔާންކޮށްފައިވާ)

-          ވަޒީފާއަށް އެދޭ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަށް އެނގޭ ފަދަ ކޮޕީ.

-          ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

 

ނޯޓް: ތަޖުރިބާގެ މުއްދަތު ގުނާނީ ސީވީގައި ބަޔާންކޮށްފައިވާ ތަންތާގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ރަސްމީ ލިޔުމެއް ހުށަހެޅުމުންނެވެ.

އިތުރު މަޢުލޫމާތު:  

-          ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ ހުށަހެޅުންތަކާއި، އެޓޭޗްކުރަންޖެހޭ ލިރުންތައް ހަމަނުކޮށް ހުށަހަޅާ ހުށަހެޅުންތަކާއި، ފުރިހަމަނުކޮށް ހުށަހަޅާ ލިޔުންތައް ބާޠިލް ކުރެވޭނެއެވެ.

-          ލިޔުންތައް އޭގެ އަޞްލާ އެއްގޮތްކަން ކަށަވަރުކުރާނީ، އިންޓަރވިއުއަށް ހޮވޭ މީހުންގެ އެކަންޏެވެ. އެކަންކުރާނީ، އިންޓަރވިއު ޕެނަލުން އެ ލިޔުންތަކުގެ އަސްލުބަލައި ޗެކްކުރުމަށްފަހު، ސްކޫލް އޮފީހުންނެވެ.

-          މި 2 މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތެއް ހޮވުމަށް ޕްރެކްޓިކަލް ބާއްވަން ޖެހިއްޖެނަމަ އިންޓަރވިއުގެ ތެރޭގައި ހިމަނައިގެން މިކަން ކުރިއަށް ގެންދެވޭނެއެވެ.

-          މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި މިމަޤާމަށް ކުރިމަތިލައްވާ ބޭފުޅުންގެ ތެރެއިން ހޮވޭ ބޭފުޅެއްގެ މަޤާމު ހަމަޖައްސާނީ ތިރީގައިވާ ކަންތައްތަކަށް ބަލައިގެންނެވެ.

1. ތަޢުލީމާއި ތަމްރީނު

2. މަސައްކަތު ތަޖުރިބާ

3. މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމާއި، ސިފަތައް.

4. މަޤާމުގައިވާ ދާއިރާއަކުން ތަޢުލީމާއި ތަމްރީނު ލިބިފައިވުން.

5. ވަޒީފާ އަދާކުރައްވާ ފަރާތެއްނަމަ / ވަޒީފާ އަދާކޮށްފައިވާ ފަރާތެއްނަމަ ވަޒީފާ އަދާ ކުރެއްވިތަނުގެ ޙާޟިރީއަށް ބަލައިގެންނެވެ.

މި އިއުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން، ރަސްމީ ވަގުތުތަކުގައި މި ސްކޫލުގެ (ދުވާފަރު ޕްރައިމަރީ ސްކޫލުގެ) 6582703 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. 

02 އޭޕްރިލް 2017
ހޯދާ